ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފި އެވެ.
26 ފެބުރުއަރީ 2023
ހިޔާ ފްލެޓްގައި ދިރިއުޅޭ މީހުންނަށް ދޭ ހިދުމަތްތައް ހަރުދަނާކުރުމަށް ހިޔާލު ހޯދަން ސާވޭއެއް ކުރަން އެޗްޑީސީން ނިންމައިފި އެވެ.
އެޗްޑީސީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ ހިޔާ ފްލެޓްތަކުގައި ދިރިއުޅެމުން އަންނަ މީހުންނަށް ދޭ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅުކުރުމަށްޓަކާ، އެތަނުގައި ދިރިއުޅޭ މީހުން ހިޔާލު ހޯދަން ސާވޭކުރަން ނިންމާފައިވާ ކަމަށެވެ.
އެ ސާވޭ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާއިން ފެށިގެން ހަފުތާއަކަށެވެ.
އެ ކުންފުނިން ބުނިގޮތުގައި، މި ސާވޭއަށް މައުލޫމާތު އެއްކުރާނީ ފްލެޓްތަކަށް ޒިޔާރަތްކޮށް، އޮންލައިން ފޯމެއް ފުރައިގެންނެވެ.
މި ސާވޭގައި އެއްވެސް މީހެއްގެ އާމްދަނީ، ހަރަދު، ކޭޝް ކާޑް އަދި ބެންކް އެކައުންޓް ފަދަ މައުލޫމާތު ނާހާނެ ކަމަށް އެޗްޑީސީން ބުންޏެވެ. އަދި ބުނީ، ސާވޭގެ މަސައްކަތުގައި ބައިވެރިވާ އެ ކުންފުނީގެ މުވައްޒަފުން ތިބޭނީ އެތަނުގެ މުވައްޒަފެއްކަން އަންގައިދޭ ކާޑު އަޅައިގެން ކަމަށެވެ.
އެ ކުންފުނިން ބުނީ، ސާވޭއާ ގުޅޭ އިތުރު މައުލޫމާތު ބޭނުންވާ ނަމަ، ގުޅާނީ އެ ކުންފުނީގެ ރަސްމީ ނަންބަރަކުން ކަމަށެވެ. އަދި ސާވޭއާ ގުޅޭގޮތުން އެއްވެސް ޝަކުވާއެއް ހުށަހަޅަން ބޭނުންވާ ނަމަ، އެ ކުންފުނީގެ ކޯލް ސެންޓަރު 1516 އަށް ގުޅުމަށް ވަނީ ބުނެފަ އެވެ.
ހިޔާ ފްލެޓްތައް 2021 ވަނަ އަހަރު ހަވާލުކުރި ފަހުން މިހާރު އެތަނުގައި 30،000 އަށް ވުރެ ގިނަ މީހުން އަންނަނީ ދިރިއުޅެމުންނެވެ. އެތަނުގައި މީހުން ދިރިއުޅެން ފެށިއިރު އަސާސީ ގިނަ ހިދުމަތްތައް ނުލިބެ އެވެ. އެކަމަކު މިހާރު ގިނަ ހިދުމަތްތައް ލިބޭނެ އިންތިޒާމު ހުރީ ހަމަޖައްސައިދީފަ އެވެ.
ހިޔާގެ އެއްބަސްވުން/އަގުގެ ބަދަލު ފެންނާނެގޮތް ހަދައިފި
ކުލީގެ އަދަދު ބިލިއަނުން ގުނަން ތިބެގެން ހައްލެއް ނެތް
4،000 ފްލެޓުގެ އެއްބަސްވުން ހަދަނީ 25 އަހަރަށް
ފާރުތަޅާލި ދެ ފްލެޓްގެ ޖޫރިމަނާގެ ލުޔެއް ނެތް
އެއްކޮށްލި ދެ އެޕާޓްމަންޓު ރާނާތީ އަތުނުލާން ނިންމައިފި
މުއްދަތު ހަމަވިއިރު ވެސް ދެ އެޕާޓްމެންޓް ހުސްނުކުރި!
އެއްކޮށްލި ދެ ފްލެޓް އަތުލުން ހުއްޓުވަން އަމުރު ނުދިން
އެއްބަސްވުން ބާތިލްކޮށް، ތަން ހުސްކުރަން 14 ދުވަސް!
ހިޔާއަށް މަހަކު 6،300ރ. ދައްކާ ގޮތަށް ހަަދައިފި
ސީލައިފާއި ގުޅިފަޅު ފްލެޓް ލިބުނު މީހުން ލިސްޓަކު ނެތް