Roadha Mihaaru
ހެޕީ މާކެޓުން އާ ފިހާރައެއް ހުޅުވައިފި

ހެޕީ މާކެޓަށް 25 އަހަރުފުރުން ފާހަގަކުރަން އާ ފިހާރައެއް ހުޅުވައިފި

20 އޮކްޓޯބަރ 2017

ހެޕީ މާކެޓަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ހެޕީ މާކެޓް ޝޮޕް 5"ގެ ނަމުގައި މިއަދު އާ ފިހާރައެއް ހުޅުވައިފި އެވެ.

އަލީ ޝިނާން އަލީ ޝިނާން

ހެޕީ މާކެޓަށް 25 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން، "ހެޕީ މާކެޓް ޝޮޕް 5"ގެ ނަމުގައި މިއަދު އާ ފިހާރައެއް ހުޅުވައިފި އެވެ.

މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ހެޕީ މާކެޓުގެ ސީއީއޯ އަދި އެމްއެންޑީއެފްގެ ކުރީގެ ކެޕްޓަން އަލީ އިހުސާން ހުޅުއްވައިދެއްވި ފިހާރަ އަކީ އެ ކުންފުނީގެ ހަތް ވަނަ ފިހާރަ އެވެ. މި ފިހާރަ ހުންނާނީ މެދުޒިޔާރަތް މަގުގައި، ދަރުމަވަންތަ ސްކޫލްގެ ވަގުތީ އިމާރާތުގެ ކުރިމައްޗަށްވާ ގޮތަށެވެ.

އަަލަށް ހުޅުވި "ހެޕީ މާކެޓް ޝޮޕް 5".-- ފޮޓޯ: މިހާރު/ނިޝާން އަލީ

އަަލަށް ހުޅުވި "ހެޕީ މާކެޓް ޝޮޕް 5".-- ފޮޓޯ: މިހާރު/ނިޝާން އަލީ

ބޮޑުބެރުގެ ފޯރިގަދަ ހަރަކާތްތަކާ އެކު، ފިހާރަ ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ޗޮކްލެޓް ސާންޕަލިންގެ އިތުރުން ޑިސްކައުންޓް ވައުޗާ އަދި ތަފާތު ހަދިޔާތައް ވެސް ބެހި އެވެ.

"ހެޕީ މާކެޓް ޝޮޕް 5" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

"ހެޕީ މާކެޓް ޝޮޕް 5" ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން.-- ފޮޓޯ: މިހާރު/ނިޝާން އަލީ

ފިހާރަ ހުޅުއްވައި ދެއްވުމަށް ފަހު އިހުސާން ވިދާޅުވީ، އާ ފިހާރައިން އެ ކުންފުނިން ގެންނަ އެކި ބްރޭންޑްތަކުގެ ކާނާގެ ބާވަތްތައް، ތަޖުރިބާކުރުމުގެ ފުރުސަތު ލިބޭނެ ކަމަށެވެ. އޭނާ ވިދާޅުވީ އެ ފިހާރަ ހިންގާނީ އެކްސްޕީރިއަންސް ޒޯނެއްގެ ގޮތުގައި ކަމަށެވެ.

އިހުސާން ވިދާޅުވީ އެ ކުންފުނީގެ އަމާޒަކީ، ކޮލިޓީ ރަނގަޅު ޕްރޮޑަކްޓްތައް ވިޔަފާރިވެރިންނާ ވީހާ ވެސް ގާތަށް ގެނެސްދިނުން ކަމަށެވެ. އަދި އާ ފިހާރައިން ކާނާގެ ބާވަތްތައް ތަޖުރިބާ ކުރުމުގެ ފުރުސަތާ އެކު، ހޯލްސޭލް އަދި ރީޓެއިލް ހިދުމަތް ވެސް ދޭނެ އެވެ.

އަަލަށް ހުޅުވި "ހެޕީ މާކެޓް ޝޮޕް 5".-- ފޮޓޯ: މިހާރު/ނިޝާން އަލީ

އަަލަށް ހުޅުވި "ހެޕީ މާކެޓް ޝޮޕް 5".-- ފޮޓޯ: މިހާރު/ނިޝާން އަލީ

ފިނިކުރި ކާނާގެ ބާވަތްތައް ނުވަތަ ފްރޯޒަން ގުޑްސް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ކުންފުނިން ބުނީ، މިހާރުގެ އަމާޒަކީ ހިކި ކާނާގެ ބާވަތްތައް ނުވަތަ ޑްރައި ގުޑްސްގެ ވިޔަފާރި ވެސް ފުޅާކުރަން ކަމަށެވެ.