ދަނޑުވެރިންގެ ސަބްސިޑީ އިޔާދަ ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
05 އެޕްރީލް 2023
ދަނޑުވެރިންގެ ސަބްސިޑީ އިޔާދަ ކުރުމަށް ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ތޮއްޑޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަންގެ ހަސަން ޝިޔާން ހުށަހެޅުއްވި ގަރާރުގައި ވިދާޅުވީ 2018 ގެ ރިޔާސީ ކެމްޕެއިންގައި އެމްޑީޕީގެ އޭރުގެ ރިޔާސީ ކެންޑިޑޭޓު އަދި މިހާރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ރަށަށް ވަޑައިގެން، އެމްޑީޕީގެ ފުރަތަމަ ވެރިކަމުގައި ދޭން ފެށި ސަބްސިޑީ އަލުން އިއާދަކޮށްދޭނެ ކަމުގެ ވައުދުވެވަޑައިގެންނެވި ކަމަށެވެ.
ނަމަވެސް، މި ވެރިކަމުގެ ފަހު ދުވަސްކޮޅު ގުނަމުންދާއިރު ވެސް ދަނޑުވެރިންނަށް ލިބުނު ލުޔެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.
އެކަމަކު، ދަނޑުވެރިން އެތެރެކުރާ ތަކެތިން ޑިއުޓީ މާފުކުރުމަށް އިމްޕޯޓް، އެކްސްޕޯޓްގެ ގާނޫނަށް ގެނައި އިސްލާހާ ގުޅިގެން ދަނޑުވެރިކަމަށް އެތެރެކުރާ ތަކެތިން ވަނީ ޑިއުޓީ އެއްކޮށް މާފުކޮށްފައިވާ ކަމަށް ޝިޔާން ވިދާޅުވި އެވެ.
"ހިތާމައަކީ، ގާނޫނުން ކަނޑާލި ޑިއުޓީގެ ލުއި ކަމެއް ދަނޑުވެރިންނަށް ފެންނާކަށް ނެތެވެ. ދަނޑުވެރިކަމުގެ އާލަތްތައް ވިއްކާ ފިހާރަތަކުން އަދި ވެސް މުދާ ގަންނަން ލިބެން ހުރީ ޑިއުޓީ ކަނޑާލުމުގެ ކުރިން ވެސް ލިބެން ހުރި އަގަށް ނޫނީ އެ އަށް ވުރެ ވެސް ބޮޑު އަގުގަ އެވެ،" ގަރާރުގައި ޝިޔާން ވިދާޅުވި އެވެ.
"މިކަމުގެ ސަބަބުން ދުވަހެއް ދުވަހަކަށް ދަނޑުވެރިން ކުރާ މަސައްކަތުން ދެކޮޅު ނުޖެހި، ދަރަމުންދާ ކަމުގެ ޝަކުވާތައް އެކި ފޯރަމްތަކުގައި ހިއްސާކުރަމުންނެވެ."
ޝިޔާން ވިދާޅުވިގޮތުގައި، ސަރުކާރުން ދަނޑުވެރިންނަށް ހަމަ އަގު ހޯދައިދޭނެ ކަމަށް ބުނެ ސީދާ ދަނޑު ހެއްދުމުގެ ތެރެއަށް އަތްބާނާފައިވާ ކަމުގެ ޝަކުވާތައް މިހާރު ލިބެ އެވެ. އަދި ދަނޑުވެރިންނަށް ހަމަ އަގު ލިބޭ ތަނެއް ނުފެންނަ ކަމަށް ވެސް ގަރާރުގައި ވެ އެވެ.
އެމްޑީޕީގެ "ޖަޒީރާ" މެނިފެސްޓޯގައި ދަނޑުވެރިންނަށް ވައުދުވެފައި ވަނީ ހެއްދި އެތިކޮޅު ފީނުވަނީސް ގަނެ، އެ ތަކެތި ވިއްކައި ހުސްކޮށް، ވަގުތުން ތަކެއްޗަށް ފައިސާ ލިބޭނެ ދަނޑުގޮވާން ވެރިކަމެވެ.
އެ ގަރާރުގައި ބުނީ، އެ ސިޔާސަތުގެ ދަށުން އެގްރި ދަނޑުތަކާއި ގޯތިގޯތީގައި ހެއްދޭ ދަނޑު ގޮވާމުންނާއި ހައިޑްރޯފޯނިކްސް ސިސްޓަމްތަކުން އުފައްދާ ފެހިކަން މުޅި ރާއްޖޭގެ ހުރިހާ ހިސާބަކަށް އެގްރި ބޯޓު މެދުވެރިކޮށް ފޯރުވައި ވިއްކޭނެ ފަދަ އެގްރި ސެންޓަރު ގާއިމްކުރާނެ ކަމަށް ވެސް މެނިފެސްޓޯގައި ވެ އެވެ.
ހައްދާ ތަކެތި ގިނަކޮށް، އެ ވިއްކުމަށް ފަހު އެއިން ފައިދާ ލިބޭނެ ކަމުގެ ކަށަވަރުކަން ދިވެހި ދަނޑުވެރިންނަށް ލިބޭނެ ކަމަށާއި މި މަސައްކަތުގައި ގިނައިން އުޅެނީ އަންހެނުންނަށް ވާތީ އެ މީހުންނަށް ހާއްސަ އިނާޔަތްތަކެއް ތައާރަފު ކުރުމަށް ވެސް މެނިފެސްޓޯގައި ހިމަނާފައިވާކަން ގަރާރުގައި ފާހަގަކުރި އެވެ.
ނަމަވެސް، މި ވެރިކަން ނިމޭއިރު ވެސް އެ އިން އެއްވެސް ބަދަލެއް ނުފެންނާތީ، ޝިޔާން ގޮވާލެއްވީ 2008 ގައި އެމްޑީޕީގެ ސަރުކާރުން ދަނޑުވެރިންނަށް ދޫކުރަން ފެށި ސަބްސިޑީ އަލުން އިއާދަކޮށްދިނުމަށެވެ.
އިތުރު މެމްބަރުންނާ މިދަނީ ވާހަކަ ދައްކަމުން: ރައީސް
މި ބަދަލުވީ ގިނަ ރައްޔިތުންގެ ވިންދާ އެއްގޮތަށް:ޝިޔާން
ފަޅުރަށްތަކުގެ ބާރު ދޭންޖެހޭނީ ކައުންސިލްތަކަށް
ވެލިގަނޑު ރިސޯޓުން ފަޅު ހިއްކުމަކީ ބޮޑު ނުރައްކަލެއް
މިނިމަމް ވޭޖާއެކު، ވަޒީފާއާ ބެހޭ ގާނޫނު އިސްލާހުކޮށްފި
ޒުވާބަށް ފަހު، ޒަހާ ހާޒިރުކުރާކަށް ފާހެއް ނުވި
ދަނޑުވެރިކަން ނުކުރާ ރަށްތައް އަތުލަން ހުށަހަޅައިފި
ޕެސްޓިސައިޑް ބިލް ރައީސް ތަސްދީގު ކުރައްވައިފި
ޕެސްޓިސައިޑްގެ ބިލް މަޖިލިހުން ފާސްކޮށްފި
"އެންމެ ރަނގަޅުވާނީ އޯގަނިކް ފާމްގެ ވާހަކަ ދެއްކުން"