25 ޖެނުއަރީ 2017
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް އިންތިހާބު ކާމިޔާބު ކުރަން ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާނެ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
އަންނަ އޭޕްރީލް މަހު އޮންނަ ލޯކަލް އިންތިހާބު ކާމިޔާބު ކުރަން ނުފުރޮޅާނެ އެންމެ ގަލެއް ވެސް ނޯންނާނެ ކަމަށް ޕީޕީއެމްގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީންގެ ފެކްޝަނުން މިއަދު ބުނެފި އެވެ.
ރައީސް ޔާމީންގެ ފެކްޝަނުން ޕާޓީގެ އޮފީސް ހިންގާ ހ. ހުރަފާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް، ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޚަލީލް ވިދާޅުވީ ޕީޕީއެމުން ހިންގާ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރި އަށް ދާ ކަމަށެވެ.
އެ ގޮތުން ޕީޕީއެމްގެ ޓީމުތައް ގއ. އަތޮޅާއި ޅ. އަތޮޅުގައި ހަރަކާތްތެރިވެ، ލޯކަލް އިންތިހާބަށް ކެމްޕެއިން ކުރަމުން އަންނަ ކަމަށް ޚަލީލް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ދުވަސްތަކުގައި އދ. އަތޮޅަށާއި ލ. އަތޮޅަށާއި ގދ. އަތޮޅުގެ ރަށްތަކުގެ ޓީމުތައް ޒިޔާރަތްކޮށް ރައްޔިތުން އޮޅުން ފިލުވައި، ރައީސް ޔާމީން ސަރުކާރުން ގެންނަމުން އަންނަ ތަރައްގީގެ އެކި މައުލޫމާތުތައް ހިއްސާ ކުރާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ޕީޕީއެމަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން ހިދުމަތް ކުރަން ބޭނުންވާ ޓީމެއް،" ޚަލީލް ވިދާޅުވި އެވެ.
ޚަލީލް ވިދާޅުވި ގޮތުގައި ލޯކަލް ކައުންސިލް އިންތިހާބު ވަރަށް ބޮޑަށް ފޯރިގަދަވެގެން ދާނެ އެވެ. އެކަމަކު އިންތިހާބުގެ ސުޕަ މެޖޯރިޓީ ޕީޕީއެމް، އެމްޑީއޭ އަދި ޑީއާރުޕީ ކޯލިޝަނުން ނަގާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޕީޕީއެމުން ވަނީ ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިނަށް އޮނިގަނޑެއް އެކުލަވާލައިފަ އެވެ. އަދި ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ކެމްޕެއިން މެނޭޖަރުން ކަނޑައަޅައިފަ އެވެ.
އެ ގޮތުން ކެމްޕެއިން މެނޭޖަރަކަށް ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ނިމާލް ހަމަޖެއްސި އިރު، ޑެޕިއުޓީ މެނޭޖަރަކަށް ހަމަޖެއްސީ އިންތިޚާބު ކޮމެޓީގެ ރައީސް މުހައްމަދު ރާބިތެވެ. ޕީޕީއެމުން ބުނީ ކެމްޕެއިން ހަރަކާތްތައް ކުރިއަށް ދާނީ ދެ ބޭފުޅުންގެ ބެލުމުގެ ދަށުން ކަމަށެވެ.
މީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓުންނާ ޓިކެޓު ހަވާލު ކުރަން ފެބްރުއަރީ މަހުގެ ކުރީކޮޅު މާލޭގައި ބޮޑު ޖަލްސާއެއް އޮންނާނެ ކަން ޕީޕީއެމުން ވަނީ އިއުލާންކޮށްފަ އެވެ.
ޕީޕީއެމުން ބުނީ އެ ޕާޓީގެ އިންތިހާބު ކޮމެޓީން އިލެކްޝަންސް ކޮމިޝަނަށް ފޯމުތައް ހުށަހަޅަމުން އަންނަ ކަމަށެވެ. އެ ގޮތުން އިއްޔެ އެކަނި ވެސް 99 ކެންޑިޑޭޓު ފޯމް ހުށަހެޅިއިރު، މިއަދުގެ ނިޔަލަށް 200 އެއްހާ ކެންޑިޑޭޓު ފޯމް އިލެކްޝަނަށް ހުށަހަޅާނެ ކަމަށް އެ ޕާޓީން ބުންޏެވެ.
ލޯކަލް އިންތިހާބަށް ޕީޕީއެމްގެ ޕްރައިމަރީ އޮންނާނީ އަންނަ ހުކުރު ދުވަހު އެވެ. ކެންޑިޑޭޓުން ކުރިމަތިލާފައިވާ ދާއިރާތަކުގެ ތެރެއިން 64 ދާއިރާގެ ޕްރައިމަރީ ބާއްވަން ޖެހޭ އިރު، ޕްރައިމަރީއާ ނުލައި 212 ދާއިރާ އަށް ކެންޑިޑޭޓުން ވަނީ ހޮވިފަ އެވެ.
މި މަހުގެ 14 ގައި ކައުންސިލްތަކުގެ އިންތިޚާބު ބާއްވަން ހަމަޖައްސާފައި ވަނިކޮށް، އެ އިންތިޚާބު އިތުރު ދެ ދެ މަހަށް ފަސް ކުރަން ކޯޓުން އަމުރުކުރީ ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާ ހެދި، އިންތިޚާބަށް ތައްޔާރު ނުވެވުމުންނެވެ. ޕީޕީއެމްގެ ތެރޭގައި މައްސަލަ ބޮޑުވީ ރައީސް އަބްދުﷲ ޔާމީނާއި ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާ ދެމެދު ޚިޔާލު ތަފާތުވެ، ޕާޓީ ދެބައި ވުމުންނެވެ.
މައުމޫނަށް ރައްދު: ހިންގުމާ ގުޅޭ ވާހަކަ ނުދެއްކޭނެ
މިއީ ލިބުނު ނަސްރެއް، ބޮޑު ކާމިޔާބީއެއް: މައުމޫން
"ޕީޕީއެމް ކެންޑިޑޭޓުންނަށް ވޯޓު ދިނުމަކީ ވާޖިބެއް"
ޕީޕީއެމަށް ފޯމު ފުރަން މަޖުބޫރުކުރާ ކަމުގެ ޝަކުވާތަކެއް
ވަކި ބަޔަކަށް ފުރުސަތު ގެއްލުވައެއް ނުލަން: ޕީޕީއެމް
ބައެއް ކެންޑިޑޭޓުންނަށް ޓިކެޓް ދިނީ ބައެއްގެ ނުފޫޒުން
ޕީޕީއެމްގެ ޕްރައިމަރީ މި މަހު 27 ގައި ބާއްވަނީ
ކަންބޮޑުވުން ހުއްޓަސް ޕީޕީއެމް ދޫކޮށެއް ނުލަން: ޚަލީލް
"ޕާޓީ ވަރުގަދަވީ ރައީސް ވެވަޑައިގެންނެވި ގުރުބާނީން"
ވައުދުތައް އިއުލާންކުރަން ޕީޕީއެމްގެ ބޮޑު ޖަލްސާއެއް