Roadha Mihaaru
މިއީ ލިބުނު ނަސްރެއް، ބޮޑު ކާމިޔާބީއެއް: މައުމޫން

މިއީ ރައްޔިތުންނަށް ލިބުނު ނަސްރެއް، ބޮޑު ކާމިޔާބީއެއް: މައުމޫން

07 މެއި 2017

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

އިއްޔެ އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އިދިކޮޅު ފަރާތްތަކަށް ލިބުނު ކާމިޔާބީއަކީ ރައްޔިތުންނަށް ލިބުނު މަތިވެރި ނަސްރެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިހާބުގެ މެޖޯރިޓީ އިދިކޮޅު ޕާޓީތަކަށް ލިބުމާ ގުޅިގެން މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ހަތަރު ސިޔާސީ ޕާޓީ ގުޅިގެން އިންތިހާބުގައި ހޯދާފައި ވަނީ ބޮޑު ކާމިޔާބީއެއް ކަމަށެވެ.

"އިއްޔެ ދިވެހި ރައްޔިތުންނަށް ދެއްވި މަތިވެރި ނަސްރަށް މާތް ﷲ އަށް ޝުކުރު ދަންނަވަން،" މި ވަގުތު އިންޑިއާގައި ހުންނެވި މައުމޫން ވިދާޅުވި އެވެ.

ލޯކަލް ކައުންސިލް އިނތިްހާބުގައި ވޯޓު ގުނަނީ  ފޮޓޯ: ނިޝާން އަލީ /މިހާރު

ލޯކަލް ކައުންސިލް އިނތިްހާބުގައި ވޯޓު ގުނަނީ ފޮޓޯ: ނިޝާން އަލީ /މިހާރު

މައުމޫން ކުރެއްވި ޓުވީޓު.

މައުމޫން ކުރެއްވި ޓުވީޓު.

މައުމޫން ކުރެއްވި ޓުވީޓު.

މައުމޫން ކުރެއްވި ޓުވީޓު.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކުރިއަށް އޮތް ތަނުގައި ހަތަރު ޕާޓީން ވެސް މަސައްކަތް ކުރާނީ ގައުމުގެ ކަންކަން އިސްލާހު ކުރުމަށެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމާއި އަދާލަތު ޕާޓީގެ ރައީސް އިމްރާންގެ އަބްދުﷲގެ ފަރާތްޕުޅުން ލިބިވަޑައިގެންނެވި އެއްބާރުލުމަށް މައުމޫން ޝުކުރު ވެސް ދެންނެވި އެވެ.

ލޯކަލް ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާ ގޮތުން މާލޭ ސިޓީ ކައުންސިލްގެ 13 މެމްބަރުންގެ ތެރެއިން އެންމެ މެމްބަރެއް ފިޔަވައި ހުރިހާ ގޮނޑިތަކެއް ވެސް ލިބުނީ އެމްޑީޕީއަށެވެ. އައްޑޫ ސިޓީ ކައުންސިލްގެ ހުރިހާ ގޮނޑިއެއްގެ އިތުރުން ފުވައްމުލަކު ސިޓީގެ ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި ވެސް ކާމިޔާބުކުރީ އެމްޑީޕީންނެވެ.

މީގެ އިތުރުން އަތޮޅު ކައުންސިލާއި ރަށު ކައުންސިލްގެ ގިނަ ގޮނޑިތަކެއް ވެސް އިދިކޮޅު އިއްތިހާދު ނިސްބަތްވާ އެމްޑީޕީން ނެގި އެވެ.