10 ޖޫން 2023
ސަރުކާރުން މެޑިކަލް އިންޓާނުންނަށް އެލަވަންސް ދޭއިރު އިންޓާނުންނަށް ވަކި މަގާމެއް ހަމަނުޖައްސައި ސިވިލް ސާވިސްގެ އުސޫލުތައް އެ މީހުންގެ މައްޗަށް ނުހިނގާ ގޮތަށް ހެދުން ފަދަ އެތައް ކަމަކާ އެކު ވެސް އައިޖީއެމްއެޗުން ދެ އަހަރުގެ ބޮންޑެއް ލާޒިމުކުރާތީ އިންޓާނުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކޮށްފި އެވެ.
ސަރުކާރުން މެޑިކަލް އިންޓާނުންނަށް އެލަވަންސް ދޭއިރު އިންޓާނުންނަށް ވަކި މަގާމެއް ހަމަނުޖައްސައި ސިވިލް ސާވިސްގެ އުސޫލުތައް އެ މީހުންގެ މައްޗަށް ނުހިނގާ ގޮތަށް ހެދުން ފަދަ އެތައް ކަމަކާ އެކު ވެސް އައިޖީއެމްއެޗުން ދެ އަހަރުގެ ބޮންޑެއް ލާޒިމުކުރާތީ އިންޓާނުން އެކަމުގެ އެއްބަސްވުމުގައި ސޮއިކުރަން އިންކާރުކޮށްފި އެވެ.
"ސިއްހީ ދާއިރާ އިން ދިވެހިން ބިނާކުރަން ބާރު އެޅުމަށް" މެޑިކަލް އަދި ޑެންޓަލް އިންޓާންޝިޕް ފުރިހަމަކުރާ މީހުންނަށް އެލަވަންސެއް ވެސް ދޭން ނިންމިކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއުލާނުކުރެއްވީ އޭޕްރީލް މަހު އެވެ. މިދިޔަ މަހުން ފެށިގެން ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ބަދަލުތައް ގެނައި އިރު މި އެލަވަންސް ދޭން ނިންމި ނަމަވެސް އައިޖީއެމްއެޗުން އިންޓާނުންނަށް އަދި އެލަވަންސެއް ނުދެ އެވެ.
މަސައްކަތަށް ނުކުންނަ ކޮންމެ ދުވަހަކަށް ދޭ 400ރ. ގެ އެލަވަންސް ދޭން ފެށުމަށް އެ ހޮސްޕިޓަލުން އިންޓާނުންނާ އެކު އެއްބަސްވުމެއް ހަދަން ނިންމައި އޭގައި ސޮއިކުރުވަން މިދިޔަ ހަފްތާގައި މަސައްކަތްކުރި އެވެ.
ނަމަވެސް އެއްބަސްވުން އޮތް ގޮތުން މިހާރު އިންޓާން ޑޮކްޓަރަކުން ދުވާލަކު 8-12 ގައިރު އަދި ހަފުތާގެ ދެ ދުވަހު 32 ގަޑިއިރުގެ ޝިފްޓެއްގައި ވެސް މަސައްކަތްކުރިޔަސް 400ރ. ގެ އިތުރުން އެއްވެސް އެއްޗެއް ނުލިބެ އެވެ. އިންޓާނުން އެއްބަސްވުމުގައި ސޮއިކުރަން ދެކޮޅުހެދި އެންމެ ބޮޑު އެއް ސަބަކަކީ އެ މީހުންނަށް ދެނީ މުސާރައަކަށް ނުވެފައި އަދި ސިވިލް ސާވިސްގެ އޮނިގަނޑުގެ ދަށުން އެއްވެސް މަގާމެއް ވެސް ނޯންނަ އިރު އެލަވަންސްގެ ބަދަލުގައި ދެ އަހަރުގެ ބޮންޑެއް ލާޒިމްކުރުމާއި އެއްވެސް ސަބަބަކާ ހުރެ އިންޓާންޝިޕާ ވަކިވެއްޖެ ނަމަ ފައިސާ އަނބުރާ ދައްކަންޖެހޭތީ އެވެ.
އައިޖީއެމްއެޗްގައި މިދިޔަ މާޗު މަހު ފެށި އިންޓާން ބެޗުގައި 35 ޑޮކްޓަރުން އެބަތިއްބެވެ. އެކަމަކު، އެނގިފައިވާ ގޮތުގައި، އެލަވަންސް ދިނުމަށް ހެދި އެއްބަސްވުމުގައި ހުރި ކަންބޮޑުވުންތަކާ ގުޅިގެން އޭގައި އެއްވެސް މީހަކު ސޮއެއް ނުކުރެ އެވެ.
އެލަވަންސްގެ އެގްރިމެންޓުގައި މިއަދުގެ ނިޔަލަށް ސޮއިކުރަން ބުނާއިރު އެގްރިމެންޓާ ގުޅޭ މައުލޫމާތު ދޭނީ މާދަމާ ކަމަށް އިންޓާން ޑޮކްޓަރުންނަށް ވަނީ އަންގައިފަ އެވެ.
"މި އެލަވެންސަކީ ސަރުކާރުން ދޭ އިނާޔާތަކަށް ވާއިރު މި އެއްބަސްވުން އުވާލަން ޖެހިއްޖެ ނަމަ އިންޓާންގެ ފަރާތުން އައިޖީއެމްއެޗަށް އެބަޖެހޭ ފައިސާ އަނބުރާ ދައްކަން. އޭގެ އަނެއްކޮޅުން، އެއްބަސްވުމުގެ މުއްދަތަކީ ދެ އަހަރު ދުވަސް ކަމަށް ވިޔަސް ބަޔާންކޮށްފައިވާ މުއްދަތު ނިމުމުގެ ކުރިން އިތުރަށް ކިޔަވަން ދާން ބޭނުންވެއްޖެ ހާލަތެއްގައި ބޮންޑަށް ވާނެ ގޮތް ތަފްސީލުކޮށްފައެއް ވެސް ނެތް." އިންޓާން ޑޮކްޓަރަކު ބުންޏެވެ.
އޭނާ ބުނީ ސިވިލް ސާވިސްގެ އޮނިގަނޑުގެ ތެރެއަށް ނުފެތޭ ކަމަށް ބުނެ އެ މީހުންނަށް އެއްވެސް މަގާމެއް ވެސް ހަމަޖައްސާފައި ނޯންނަ ކަމަށެވެ. އެހެންވެ އެއްވެސް ކަމެއް ސިވިލް ސާވިސް ވަޒީފާގެ އޮނިގަނޑުގެ ތެރެއަށް ނުވަންނަ ކަމަށް އައިޖީއެމްއެޗުން ބުންޏަސް އެއްބަސްވުމުގައި އޮންނަނީ ބޮޑު މުސާރައެއް ދީގެން ވަކި ވަގުތެއް ކަނޑައަޅައިގެން މަސައްކަތްކުރުވާ މީހަކަށް ކަނޑައަޅާ ފަދަ ހަރުކަށި އުސޫލުތަކެއް ކަމަށް ބައެއް އިންޓާނުން ބުންޏެވެ.
"މަސައްކަތްކުރަންޖެހޭ ވަގުތުގެ ދިގުމިނެއް ނޯވޭ. ކިތަންމެ އިރަކު ވެސް މަސައްކަތްކުރަން ޖެހިދާނެ. އެކަމަކު ލިބޭނީ 400ރ. މިހާރު ވެސް ސަރުކާރުގެ ބޮންޑު އޮތް ކުދިން ވެސް އެބަ އުޅޭ. އެ ކުދިންނަށް ވެސް މި އެލަވަންސާ އެކު އަނެއްކާ އިތުރު ދެ އަހަރުގެ ބޮންޑެއް އައުން ވެސް މިއީ މައްސަލައެއް،"
އެއްބަސްވުމުގައި ބުނާ ގޮތުން، ސަރުކާރަށް ހިދުމަތްކުރަން އެދިފައިވަނިކޮށް، ސަރުކާރުން ކަނޑައަޅާ ތަނެއްގައި މަސައްކަތް ނުކޮށް ޕްރައިވެޓް ޕްރެކްޓިސް ކުރުމަކީ މަނާކަމެކެވެ. އަދި ޕްރައިވެޓް ޕްރެކްޓިސް ކުރަން ވާނީ ސަރުކާރަށް ހިދުމަތް ކުރަންޖެހޭ ހާލަތެއްގައި އެ ހިދުމަތަށް އެއްވެސް ހުރަހެއް ނޭޅޭ ގޮތަށް ކަމަށް ވެސް ބުންޏެވެ. އެކަމަކު އިންޓާނުންގެ ތެރޭގައި ލޯނު ނަގައިގެން އަމިއްލަ ހަރަދުގައި ކިޔެވި މީހުން ވެސް ހިމެނޭއިރު މިއީ އިންސާފެއް ނޫން ކަމަށް "މިހާރު" އާ ވާހަކަ ދެއްކި އިންޓާނަކު ބުންޏެވެ.
މަސައްކަތްކުރަންޖެހޭ ވަގުތުގެ ދިގުމިނެއް ނޯވޭ. ކިތަންމެ އިރަކު ވެސް މަސައްކަތްކުރަން ޖެހިދާނެ. އެކަމަކު ލިބޭނީ 400ރ. މިހާރު ވެސް ސަރުކާރުގެ ބޮންޑު އޮތް ކުދިން ވެސް އެބަ އުޅޭ. އެ ކުދިންނަށް ވެސް މި އެލަވަންސާ އެކު އަނެއްކާ އިތުރު ދެ އަހަރުގެ ބޮންޑެއް އައުން ވެސް މިއީ މައްސަލައެއް
އޭގެ އިތުރުން، މަގުބޫލު އުޒުރަކާ ނުލައި ނުވަތަ އިންޓާންޝިޕުން ފާސް ނުވުމުގެ ސަބަބުން އެ ޓްރެއިނިން ހުއްޓާލަން ޖެހިއްޖެ ނަމަ، އައިޖީއެމްއެޗުން އެހާތަނަށް ހަރަދުކުރި ފައިސާ، އިތުރު ފަސް ޕަސެންޓާ އެކު އެކީ އެއްފަހަރާ ދައްކަންޖެހޭނެ ކަމަށް ވެސް ބުނެ އެވެ.
އިންޓާންޝިޕް ފުރިހަމަކުރުމަށް ފަހު ސަރުކާރަށް ހިދުމަތް ކޮށްދިނުމަށް އެދިފައިވަނިކޮށް އެކަމަށް އަމަލުނުކޮށް ނުވަތަ އެއްބަސްވެފައިވާ މުއްދަތުގެ ދެބައިކުޅަ އެއްބައި ފާއިތުނުވަނީސް އިންޓާންގެ ފަރާތުން އެއްބަސްވުން އުވާލައިފި ނަމަ ހޮސްޕިޓަލުން ހަރަދުކުރި ފައިސާ އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި އިތުރު 25 ޕަސެންޓް އެކީ އެއްފަހަރާ ދައްކަންޖެހެ އެވެ.
ޕްރޮގްރާމްގެ އެއްވެސް ހިސާބަކުން ނުވަތަ އިންޓާންޝިޕް ނިންމާ ފަހުން ދިމާވާ އަމިއްލަ ބާރު ނުފޯރުވޭ ބޮޑު ކަމެއްގައި ހޮސްޕިޓަލަށް ގަބޫލުކުރެވޭ މަގުބޫލު އުޒުރަކާ ލައިގެން އެއްބަސްވުން އުވާލާ ނަމަ ވެސް އެހާތަނަށް ހޮސްޕިޓަލުން ހަރަދު ކުރި ފައިސާ، ދެ ފަރާތުން އެއްބަސްވާ ތާވަލަކާ އެއްގޮތަކަށް އަނބުރާ ދައްކަންޖެހެ އެވެ.
އައިޖީއެމްއެޗްގައި މެޑިކަލް އިންޓާންޝިޕް ފެށީ 2018 ވަނަ އަހަރު އެވެ. މެޑިސިން ކިޔަވާ ކުދިންނަށް ޑޮކްޓަރު ކަމުގެ ފާސް ލިބެނީ މެޑިކަލް އިންޓާންޝިޕް ފުރިހަމަ ކުރުމުންނެވެ. އެއީ ފަހެއް ނުވަތަ ހަ އަހަރު ޑޮކްޓަރުކަން ކިޔެވުމަށް ފަހު، ތަމްރީނު ހޯދުމުގެ އެއް އަހަރުގެ ޕްރޮގްރާމެކެވެ.
ދިވެހި ޑޮކްޓަރުން ކާޑިއެކް ސެންޓަރު ހިންގަން ފަށަނީ
އަސަދު: ދުވަސްވީ ތަދުތަކަށް ހާއްސަ ފުރަތަމަ ޑޮކްޓަރު
ތަޖުރިބާކާރު ނިއުރޯސާޖަން ޑރ. ނިޔާފް އައިޖީއެމްއެޗަށް
މެޑިސިން ކެމްޕަސް ބަދަލު ނުކުރަން ރައީސް ނިންމަވައިފި
ޑޮކްޓަރުންގެ އަގުވެއްޓޭ ގޮތަށް ވާހަކަފަތުރާތީ ކަންބޮޑުވޭ
ދިވެހި ޑޮކްޓަރުންގެ ފުރަތަމަ ކޮންފަރެންސް ބާއްވައިފި
އިންޓާން ޑޮކްޓަރުންނަށް ބޮންޑު ނޯންނަ ގޮތަށް ހަދައިފި
ބޭރު ޑޮކްޓަރުންގެ އިތުރު ގަޑީގެ އިނާޔަތުގައި ލިމިޓެއް ނެތް
އިންޓާންޝިޕް އެގްރިމެންޓްގައި ސޮއިކުރުން މަޑުޖައްސާލައިފި
ސިއްހީ ދާއިރާގެ އެންމެންގެ މުސާރަ ބޮޑުވާނެ: ފިނޭންސް