Roadha Mihaaru
ބުޅަލެއްގައި ސައިކަލުންޖެހި އެކްސިޑެންޓްވެ އައިސީޔޫގައި

ބުޅަލެއްގައި ސައިކަލުންޖެހި އެކްސިޑެންޓްވި އަންހެނަކު އައިސީޔޫގައި

13 ޖޫން 2023

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ފުވައްމުލަކުގައި ރޭ ހިނގި އެކްސިޑެންޓެއްގައި އަންހެނަކަށް އަނިޔާވެ އައިސީޔޫގައި ފަރުވާ ދޭން ފަށައިފި އެވެ.

އެނގިފައިވާ ގޮތުގައި ފުވައްމުލަކު ދަނޑިމަގު އަވަށުގައި އެ އެކްސިޑެންޓް ހިނގާފައި ވަނީ އަންހެން މީހާ ދުއްވި ސައިކަލް ކޮންޓްރޯލް ނުވެ، އޭގެ ކުރިމަތިން ހުރަސްކުރި ބުޅަލެއްގެ ގައިމައްޗަށް ސައިކަލު އަރައި ވެއްޓުމުންނެވެ.

ފުވައްމުލަކު ހޮސްޕިޓަލުގެ އޮފިޝަލަކު ވިދާޅުވީ އެ ހާދިސާ ހިނގީ ކިހިނެއްކަން އަދި ސާފު ނުވާ ކަމަށެވެ. ނަމަވެސް ރޭ ހިނގި އެ އެކްސިޑެންޓްގައި އަނިޔާވި 36 އަހަރުގެ އަންހެނަކަށް އައިސީޔޫގައި ފަރުވާ ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އޭނާގެ ބޮލަށް އަނިޔާވެފައި ހުރީ. މިހާރު ހާލު ސްޓޭބަލް. މެންދުރު މާލެ ފޮނުވާލެވޭތޯ އަޅުގަނޑުމެން މަސައްކަތް ކުރަމުން މި އަންނަނީ."

އެކްސިޑެންޓްވީއިރު ސައިކަލު ފަހަތުގައި އޭނާގެ 12 އަހަރުގެ ދަރިފުޅު ވެސް އިނެވެ. އެ ކުއްޖާ އަށް އެހާ ބޮޑު އަނިޔާއެއް ލިބިފައި ނުވާ ކަމަށް ވެސް ހޮސްޕިޓަލުން ބުންޏެވެ.