މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގައި މާލޭ ރަށްވެހިންނަށް ވެފައިވާ ތިން ބިދޭސީއެއްގެ ނަން އޮތް ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އިސްލާހުކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
29 ޖޫން 2023
މާލޭގެ ރައްޔިތުންނަށް ސަރުކާރުން ހިލޭ ދޫކުރާ ގޯތި ލިބޭ މީހުންގެ ލިސްޓުގައި މާލޭ ރަށްވެހިންނަށް ވެފައިވާ ތިން ބިދޭސީއެއްގެ ނަން އޮތް ކަން ފާހަގަކުރެވިފައިވާ ކަމަށާއި އެކަން އިސްލާހުކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެފި އެވެ.
ސަރުކާރުން އިއުލާން ކުރި "ބިންވެރިޔާ" ލިސްޓުގައި ރާއްޖޭގެ ރަށްވެހިކަން ހޯދި އިންޑިއާ ދެ މީހެއްގެ ނަން އޮތް މައްސަލަ ފެންމަތިވެފައި ވަނިކޮށް، ގޯތި ދޭން އެކުލަވާލި ކޮމިޓީގެ ޗެއާ، ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ ތިން މީހެއްގެ މައްސަލަކޮމިޓީއަށް ފާހަގަވެފައިވާ ކަމަށެވެ.
އޭނާ މިހެން ވިދާޅުވީ ބިދޭސީ 10 މީހަކަށް ގޯތި ދީފައިވާ ކަމަށް ބުނެ ކޮށްފައިވާ ސޯޝަލް މީޑިއާ ޕޯސްޓަކަށް ޖަވާބު ދިނުމުގެ ގޮތުންނެވެ. ސޯޝަލްމީޑިއާގައި ދައުރުކުރާ ލިސްޓެއްގެ ފޮޓޯއާ އެކު އަކްރަމް ވިދާޅުވީ އެ ލިސްޓުގައި ހިމެނޭ މީހުންނަށް ގޯތި ލިބުނު ކަމަށް ހަދަނީ ދޮގެއް ކަމަށެވެ.
އޭނާ ވިދާޅުވީ ވަގުތީ ލިސްޓެއް ނެރުމުގެ ބޭނުމަކީ މައްސަލައެއް އޮތް ނަމަ އެ ކަމެއް ދެނެގަނެ އިސްލާހު ކުރުން ކަމަށެވެ. ދާއިމީ ލިސްޓް ނުކުންނާނީ އެކަންކަން ބެލި ރަނގަޅު ކޮށްފައި ކަމަށް އަކްރަމް ވިދާޅުވި އެވެ.
ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް "މިހާރު" އަށް ވިދާޅުވީ ފުރަތަމަ ފާހަގަކުރެވުނު އިންޑިއާ މީހާއަކީ މީގެ ކުރިން އެހެން ގައުމެއްގައި ރެޖިސްޓަރީވެފައި އޮތް މީހަކަށް ވާތީ އެކަން ސިސްޓަމުން ދެނެގަނެވިފައި ނުވާ ކަމަށެވެ. އެކަން ސަމާލު ކަމަށް އައުމުން އިސްލާހު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އަސްލަމް ވިދާޅުވި އެވެ. ބިންވެރިޔާ ސްކީމްގެ ދަށުން މާލެ ސަރަހައްދުން ބަންޑާރަ ގޯތި ދިނުމުގެ އުސޫލުގައި ބުނާ ގޮތުން ގޯތި ހޯދުމަށް އެދޭ މީހުންގެ ޝަރުތުތަކުގެ ތެރޭގައި މާލެ ރައްޔިތަކަށްވާން ޖެހެ އެވެ.
މާލެ ރައްޔިތެއް މާނަ ކުރާ ގޮތަށް މިދިޔަ އަހަރު ސެޕްޓެމްބަރު މަހު އެ އުސޫލަށް ގެނައި އިސްލާހުގައި ބުނާ ގޮތުން މާލެ ރައްޔިތެއް ކަމުގައި ބަލާނީ އެއްވެސް އިރެއްގައި މާލެ ފިޔަވައި އެހެން އެއްވެސް ތަނެއްގައި ރަޖިސްޓާވެފައި ނުވާ މީހުންނެވެ. އެކަމަކު މައްސަލަ ދިމާވި ތިން މީހުން މި ޝަރުތަށް ނުފެތެ އެވެ.
ބިންވެރިޔާ މަޝްރޫއުގެ ދަށުން ގޯތި ލިބޭ ހޯދުމަށް 15،164 ފޯމް ހުށަހެޅި އެވެ. އޭގެ ތެރޭގައި ސިންގަލް އެޕްލިކަންޓް އާއި އެކި މީހުން ގުޅިގެން ޖުމްލަ 23،088 މީހުން ހިމެނޭ ގޮތަށް ފޯމް ހުށަހެޅި އެވެ. އެތަނުން ޝަރުތު ހަމަވީ 12،794 ފޯމެވެ. އެއީ 19،857 މީހުންނެވެ.
އެ 19،858 މީހުންގެ ތެރެއިން ގޯތި ލިބޭ މީހުންގެ ލިސްޓް ގެޒެޓް ކޮށްފައިވާއިރު އެއީ ޖުމްލަ 10،314 މީހުންނެވެ. ފުރަތަމަ ބުރުގައި 10،314 މީހުންނަށް ގޯތި ލިބުނު ކަމުގައިވީ ނަމަވެސް، މި ސްކީމަށް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް ވެސް ކުރިއަށް އޮތް ތަނުގައި ގޯތި ލިބިގެންދާނެ ކަމަށް ސަރުކާރުން ބުނެ އެވެ.
އެގޮތުން، ގޯތި ދޫކުރުމަށް ހުޅުމާލެ އިތުރަށް ހިއްކުމާއި ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކުމުގެ މަސައްކަތް ވެސް ކުރިއަށްދާކަމަށް ސަރުކާރުން ބުނެ އެވެ.
ކޮމިޓީއަށް އަސްލަމް ހާޒިރުނުކުރުމުން ކަންބޮޑުވުން
އަނދުން ހުސައިންގެ ނުރުހުން އެމްޑީޕީގެ ސަރުކާރަށް!
ފުރަތަމަ ބުރުގައި ގޯތި ލިބެނީ 10،314 މީހުންނަށް
މި ދެނީ މާލޭ މީހުން ނޭވާލާނެ ޖާގަ: އަސްލަމް
"ސަރުކާރުން ހައުސިން ޕްރޮޖެކްޓްތައް ހިންގާކަށް ނުޖެހޭ"
ގޯތި ދޭން މާލޭ މީހުން ކަމުގައި ބަލާ އުސޫލަށް ލުޔެއް
މާލޭން ގޯތި ލިބޭ މީހުންނަށް އޮތީ ހަތަރު ޝަރުތެއް
ހިޔާފްލެޓުން ފެންނަނީ ގޯސް ނިންމުމެއްގެ ނަތީޖާ:އަސްލަމް
ރަށްގިރުމުގެ މައްސަލައަށް އަވަސްހައްލެއް ނެތް: އަސްލަމް
މީހުން އުޅޭ ރަށްތައް މަދުކުރުމެއް ނެތް: އަސްލަމް