Roadha Mihaaru
އާރްޑީސީގެ ސީއެފްއޯ "މިހާރު"އަށް އަބުރުގެ ދައުވާކުރަނީ

އާރްޑީސީގެ ސީއެފްއޯ "މިހާރު" އަށް އަބުރުގެ ދައުވާކުރަނީ

19 ޖުލައި 2023

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެކައުންޓުން އެތަނުގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމުން ލިޔުނު ޚަބަރުތަކާ ގުޅިގެން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން "މިހާރު" އާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވައިފި އެވެ.

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އެކައުންޓުން އެތަނުގެ ބައެއް މުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް ޖަމާކޮށްފައި ހުރި އެތައް މިލިއަން ރުފިޔާއެއްގެ މައްސަލަ ފުލުހުން ތަހުގީގުކުރަން ފެށުމުން ލިޔުނު ޚަބަރުތަކާ ގުޅިގެން އެ ކުންފުނީގެ ޗީފް ފައިނޭންޝަލް އޮފިސަރު ޔާސިރު ހަސަން "މިހާރު" އާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވައިފި އެވެ.

ޔާސިރު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ އޭނާގެ އެކައުންޓަށް ކުންފުނީގެ ފައިސާ ޖަމާކޮށް ކޮރަޕްޝަން ހިންގާފައިވާ ކަމަށް ބުނާ ޚަބަރުތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަަކަތަކެއް ކަމަށެވެ. މިއީ އާރްޑީސީ އާއި އެ ކުންފުނީގެ މުވައްޒަފުންނާއި ކުންފުނީގެ ކްލަޔަންޓުންނާ މެދު އުފެދިފައިވާ އިތުބާރު ނަގާލައި ނުބައި ތަސައްވުރެއް ދިނުމަށް ފެތުރި ދޮގު ޚަބަރުތަކެއް ކަމަށް ވިދާޅުވެ "މިހާރު" ގެ އިތުރުން "ދިޔަރެސް" އަށް ވެސް އަބުރުގެ ދައުވާ ކޮށްފައިވާނެ ކަމަށް ޔާސިރު ވިދާޅުވި އެވެ.

ޔާސިރުގެ ބަޔާނުގައި ވިދާޅުވެފައި ވަނީ އޭނާގެ އެކައުންޓަށް މިދިޔަ ތިން އަހަރު ތެރޭ ކުންފުނީގެ އެކައުންޓަކުން ފައިސާ ޖަމާކޮށްފައި ނުވާނެ ކަމަށެވެ. ބަޔާނުގައި ޔާސިރު މިހެން ވިދާޅުވުމުގެ ކުރިން ވެސް "މިހާރު" އިން މި ތުހުމަތާ ބެހޭ ގޮތުން ޔާސިރުއާ ވާހަކަ ދެއްކުމުން ވަނީ އޭނާގެ އެކައުންޓަށް މުސާރަ ފިޔަވައި އެހެން އެއްވެސް ފައިސާއެއް ޖަމާކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އަދި އާރްޑީސީގެ އެމްޑީ މޫސާ އަލިމަނިކު (މޫކޭ) ގެ އެކައުންޓަށް ވެސް ޝައްކު ކުރެވޭ ފައިސާ ޖަމާވެފައިވާ ނުވާކަން އެންމެ ކުރިން ރިޕޯޓްކުރީ "މިހާރު" އިންނެވެ.

ތުހުމަތާ ގުޅޭ ގޮތުން ޔާސިރުގެ ބަސް ހޯދައިގެން މީޑިއާގައި ފުރަތަމަ ފަހަރަށް ޚަބަރެއް ޝާއިއުކުރީ ވެސް "މިހާރު" އިންނެވެ. އެ އިންޓަވިއުގައި ޔާސިރު ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތު ދޮގުކުރައްވައި، ކުންފުނީގެ އެކައުންޓުން ޖަމާވެފައިވާ ތުހުމަތުކުރެވޭ ފައިސާ އަކީ ޕެޓީ ކޭޝްގެ ގޮތުގައި، ކުންފުނީގެ އުސޫލުތަކުގެ ތެރެއިން ދޫކޮށްފައި ހުރި ފައިސާ ކަމަށް ވިދާޅުވެފަ އެވެ.

ޔާސިރުގެ ބަޔާނުގައި، ކުންފުނީގެ އެއްވެސް އޮޑިޓަކުން އުސޫލުާ ހިލާފް އެއްވެސް މައްސަލައެއް ފާހަގަވެފައި ނެތްކަން ވެސް ވަނީ ފާހަގަކުރައްވައިފަ އެވެ. އަދި ކުރިއަށް ތަނުގައި ވެސް އެގޮތުގައި އުސޫލުތައް ހިފަހައްޓާނެ ކަމަށް ވިދާޅުވެފައިވެ އެވެ.

ފުލުހުން ވަނީ އާރްޑީސީއާ ގުޅޭ ގޮތުން މަރުކަޒީ ބޭންކުގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިން ހުށަހަޅާފައިވާ މައްސަލަ އަދިވެސް ތަހުގީގުކުރަމުން އަންނަ ކަމަށް ބުނެފަ އެވެ.