Roadha Mihaaru
އީރާނުގެ މިސައިލް ޓެސްްޓް ގަބޫލެއް ނުކުރެވޭނެ: އެމެރިކާ

އީރާނުން ކުރި މިސައިލް ޓެސްްޓް ގަބޫލެއް ނުކުރެވޭނެ: އެމެރިކާ

01 ފެބުރުއަރީ 2017

ވޮޝިންޓަން (ފެބްރުއަރީ 1) - އީރާނުން މެދު ރާސްތާ ބެލެސްޓިކް މިސައިލެއް ޓެސްޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައެޅި އާ ސަފީރު ނިކީ ހާލޭ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ވޮޝިންޓަން (ފެބްރުއަރީ 1) - އީރާނުން މެދު ރާސްތާ ބެލެސްޓިކް މިސައިލެއް ޓެސްޓް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެމެރިކާ އިން އދ. އަށް ކަނޑައެޅި އާ ސަފީރު ނިކީ ހާލޭ ވިދާޅުވެއްޖެ އެވެ.

އީރާނުން އާދިއްތަ ދުވަހު ކުރި ޓެސްޓާ ގުޅިގެން އެމެރިކާ އިން ވަނީ ސަލާމަތީ މަޖިލީހުގައި އެކަމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ގޮވާލައިފަ އެވެ. މިއީ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ސަރުކާރުން އައްޔަން ކުރި މަންދޫބުގެ ފުރަތަމަ އިސްނެގުމެވެ.

"އީރާނުން އާދިއްތަ ދުވަހު ވަނީ މެދު ރާސްތާ މިސައިލެއް ޓެސްޓްކޮށްފައި. އެއީ އެއްގޮތަކަށް ވެސް ގަބޫލް ކުރެވޭނެ ކަމެއް ނޫން،" ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހާލޭ ވިދާޅުވި އެވެ.

އީރާނުން ބުނެފައި ވަނީ އެ ގައުމުން މިސައިލެއް ޓެސްޓް ކުރުމަކީ ނިއުކްލިއާ އެއްބަސްވުމާ އަދި އދ.ގެ ގަރާރާ ޚިލާފުވުން ނޫން ކަމަށެވެ. ސަބަބަކީ އެއީ ނިއުކްލިއާ ޓެސްޓެއް ނޫން ކަމަށާއި އަދި މިސައިލް ޓެސްޓްކޮށްފައި ވަނީ ދިފާއީ ބޭނުމަކަށްޓަކައި ކަމަށްވާތީ އެވެ.

ހާލޭ ވިދާޅުވީ އީރާނުގެ މިސައިލް ޓެސްޓަކީ އެއްވެސް ހާލެއްގައި ގަބޫލް ކުރެވޭނެ ކަމެއް ނޫން ކަމަށް އީރާނަށް ވިސްނައިދޭނެ ކަމަށެވެ.

އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް ހުއްޓާލުމަށް ދުނިޔޭގެ ފަސް ބާރާ އެކު 2015 ވަނަ އަހަރު ވަނީ އެއްބަސްވުމެއް ގާއިމްކޮށްފަ އެވެ. އެމެރިކާގެ އާ ސަރުކާރުން ދަނީ މި އެއްބަސްވުމާ ދެކޮޅު ހަދަމުންނެވެ.