ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދޭން ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 850 މީހުން ބައިވެރިވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
12 އޮކްޓޯބަރ 2023
ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާ މާފުކޮށްދޭން ބާއްވާ ތަމްރީނު ޕްރޮގްރާމްގައި މިހާތަނަށް 850 މީހުން ބައިވެރިވެފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަލީ ސޯލިހު ވިދާޅުވީ އެ މިނިސްޓްރީ އާއި ފުލުހުން ގުޅިގެން ހިންގާ މި ޕްރޮގްރާމްގެ ކުލާސްތައް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް މިހާރު ވަމުން އަންނަ ކަމަށެވެ. އާންމުންގެ ފަރާތުން އެ ޕްރޮގްރާމަށް ލިބޭ ތަރުހީބު ރަނގަޅު ކަމަށާއި މިހާތަނަށް 850 މީހުން ފޯމު ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިހާރު ޕްލޭން ކޮށްފައި އޮތީ ކޮންމެ ކުލާހެއްގައި 65 މީހުން ބައިވެރިކޮށްގެން ފަށަން. އެއީ 20 ގަޑިއިރުގެ ޓްރެއިނިން ޕްރޮގްރާމެއް،" އޭނާ ވިދާޅުވި އެވެ.
އަލީ ސޯލިހު ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި އެ ޕްރޮގްރާމާ ގުޅޭ އިތުރު ތަފުސީލު މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ.
ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވަނީ އެ މަނިކުފާނުގެ ރިޔާސީ ކެމްޕެއިނާ ދިމާކޮށް، މިދިޔަ ފަސް އަހަރުގެ ހުރިހާ ޕާކިން ސްޓިކާތަކުގެ ޖޫރިމަނާތައް މާފުކޮށްދެއްވައިފަ އެވެ. މާފުކޮށް ދިނީ ނޮވެމްބަރު 17، 2018 އިން ފެށިގެން މި މަހުގެ 5 އާ ހަމައަށް ކޮށްފައިވާ ޕާކިން ޖޫރިމަނާތަކެވެ. ނަމަވެސް، ޓްރެފިކްގެ އުސޫލުތަކާ ހިލާފުވެގެން ކޮށްފައިވާ ޖޫރިމަނާތައް މާފުކޮށްދޭން ނިންމީ އެކަމަށް ހާއްސަކޮށްފައިވާ ތަމްރީނު ޕްރޮގްރާމެއްގައި ބައިވެރިވާ މީހުންނަށެވެ.
އެހެންވެ، ގަވައިދާ ހިލާފަށް ޕާކުކޮށްގަން ޖަހާފައިވާ ސްޓިކާތަކުގެ ޖޫރިމަނާ މާފު ވިޔަސް ގަވައިދާ ހިލާފަށް ވެހިކަލް ދުއްވުން ފަދަ ކަންކަމާ ގުޅިގެން ކޮށްފައިވާ ޖޫރިމަނާތައް މާފުވާނީ އެ ތަމްރީނު ޕްރޮގްރާމް ފުރިހަމަ ކުރުމުންނެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ ސިމްސް ޕޯޓަލްގައިވާ ގޮތުގައި، އެ ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މި މަހު 25 ގެ ނިޔަލަށް އޮންނާނެ އެވެ. އެއީ ޓްރެފިކާ ގުޅޭ ގަވާއިދުތަކާއި އިޖުތިމާއީ އެހެން މައްސަލަތަކަށް ހޭލުންތެރިކުރުމަށް ފުލުހުން ފަރުމާކޮށް، ކަނޑައަޅާފައިވާ 20 ގަޑިއިރުގެ ތަމްރީނު ޕްރޮގްރާމެކެވެ.
އެ ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހަޅަން ޖެހެނީ ވެސް ސިމްސް ޕޯޓަލް މެދުވެރިކޮށެވެ.
ބާރަށް ދުއްވި 41 މީހަކު މިދިޔަހަފުތާގައި ހިފެހެއްޓި
ޓްރެފިކް ގަވާއިދާ ހިލާފުވި ވާހަކަ ބާދުޝާ ދޮގުކޮށްފި
ޕާކު ކުރަންވީ ވެހިކަލް ދުއްވުމުގެ މުސްކުޅި ގަވައިދު
ކުއްޖަކަށް ހުންގާނު ދީގެން ދުއްވީ ސިފައިންގެ މީީހެއް
ހައިވޭގައި ސައިކަލްގެ ހުންގާނު ކުޑަ ކުއްޖެއްގެ އަތަށް!
"ފުރާނައަކީ އަގުހުރި އެއްޗެއް، ރައްކާތެރިކޮށް ދުއްވާ"
އެހެން ޒޯނުތަކުގެ އުޅަނދު ރަޖިސްޓަރީ ކުރަން 6 މަސް
ޕާކިން ބިލްޑިންގްތަކުގައި 4،000ވެހިކަލް ޕާކްކުރެވޭނެ
ރަޖިސްޓްރީ ނުކުރާ 1،000 އަށް ވުރެ ގިނަ ވެހިކަލް!
ޓްރެފިކް ތޮއްޖެހުން ކުޑަކުރަން ދުބާއީގެ އެހީ ހޯދަނީ