ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
21 އޮކްޓޯބަރ 2023
ރާއްޖެއަށް ބޭނުންވާ ބޭސް ގެންނަން އެސްޓީއޯއިން އިންޑިއާގެ ކުންފުންޏަކާ އެކު އެއްބަސްވުމެއްގައި ސޮއިކުރަން އުޅޭތީ އެކަން މަޑުޖައްސާލަން އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފި އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން ބޭއްވި ނިއުސް ކޮންފަރެންސްގައި، އެ މަނިކުފާނުގެ ތަރުޖަމާނު ފިރުޒުލް މުހައްމަދު ވިދާޅުވީ ރާއްޖެއަށް ބޭނުންވާ ބޭހާއި އެހެނިހެން ސާމާނު ގެންނަން ޓެމިލްނާޑޫގެ ކުންފުންޏަކާ އެކު އެއްބަސްވުމެއް ގާއިމްކުރަމުން އަންނަ ކަމަށް އިންތިގާލީ ކޮމިޓީން ކުރަމުން އަންނަ މަސައްކަތްތަކުގައި ފާހަގަވެފައިވާ ކަމަށެވެ.
ނަމަވެސް، ވެރިކަން ބަދަލުވުމުގެ މި މަރުހަލާގައި އެ ފަދަ އެއްބަސްވުމެއް ގާއިމްކުރުމަކީ އިންތިހާބީ ރައީސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ މަނިކުފާނުގެ އޮފީހުން ބުންޏެވެ.
"މި މަރުހަލާއަށް އެ މަސައްކަތް އެގޮތަށް ނުގެންގޮސް، މަޑުޖައްސާލަ ދެއްވަން އެ މަނިކުފާނު އެދިވަޑައިގަންނަވާ،" ފިރުޒުލް ވިދާޅުވި އެވެ.
އެ އެއްބަސްވުމުގައި ސޮއިކުރުން މަޑުޖައްސާލަން އެދުނުއިރު، ސިއްހީ ހިދުމަތް ފޯރުކޮށްދޭ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގެ ބައެއް ހިދުމަތްތައް އެއްކޮށް ހުއްޓާލަން ޖެހިދާނެ ކަމުގެ ބިރު އެބައޮތް ކަމަށް ވެސް އެ އޮފީހުން ވަނީ ކުރިން ބުނެފަ އެވެ.
އިންތިހާބީ ރައީސްގެ އޮފީހުން މިދިޔަ ހޯމަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ފިރުޒުލް ވިދާޅުވީ ލެބޯޓްރީގައި ބޭނުންކުރާ ކެމިކަލާއި ސިރިންޖު ފަދަ އެއް ފަހަރު ބޭނުންކޮށްފައި އުކާލަންޖެހޭ ސާމަނަކީ ވަކި އުސޫލަކުން އޯޑަރުކޮށް، ސްޓޮކް ބަލަހައްޓަމުން ގެންދަންޖެހޭ ތަކެއްޗައް ވިޔަސް މި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ނުދާ ކަމަށެވެ.
"ކޮންމެ އަހަރަކު ދެ ފަހަރު ޕީއޯ ރެއިޒް ކުރަމުން މިދަނީ މިފަދަ ސާމަނަށް. އެހެން ނަމަވެސް މި އަހަރުގެ މިހާތަނަށް އައި އިރު ވެސް މި އަހަރުގެ ދެވަނަ ހަ މަސް ދުވަހަށް ބޭނުންވާ ސާމާނަށް ޕީއޯ ނުވަތަ އޯޑާ ރެއިސް ކޮށްފައެއް ނުވޭ. އޭގެ ސަބަބުން ފާހަގަ ކުރެވޭ ހޮސްޕިޓަލްތަކާއި ހެލްތު ސެންޓަރުތަކުގައި ހިދުމަތްތައް ހުއްޓެމުންދާ ތަން،" އޭނާ ވިދާޅުވި އެވެ. އެކަމަކު، އެ ވާހަކަތައް ސަރުކާރުން ދޮގުކުރި އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވީ ކޮވިޑުގެ ދަތި ދުވަސްވަރު ވެސް މެދުކެނޑުމެއް ނެތި ސިއްހީ ސާމާނު ލިބުނު ކަމަށެވެ.
ހަމަ އެގޮތަށް އެ ދާއިރާއަށް ބޭނުންވާ ސާމާނު ހުއްޓުމެއްނެތި ލިބޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.
ފިރުޒުލް ވިދާޅުވީ އިންގިގާލީ ކޮމިޓީތަކުގެ މަސައްކަތް އިއްޔެގެ ނިޔަލަށް ނިންމާލަން ކަނޑައެޅި ކަމަށެވެ. މިހާރު ގިނަ ޓީމްތަކުން މުއައްސަސާތަކާ ބައްދަލުކޮށް މައުލޫމާތު އެއްކުރުމަށްފަހު ރިޕޯޓުތައް ތައްޔާރުކުރަމުން އަންނަ ކަމަށެވެ.
ބައެއް ޓީމްތަކުގެ މަސައްކަތް ނިންމާފައިވާ ކަމަށް ވެސް ފިރުޒުލް ވިދާޅުވި އެވެ.
ބޭސް ގަންނަ އެއްބަސްވުމެއްގެ ވާހަކަ ދޮގުކޮށްފި
އަގު ތިރިކުރުމުން ބޭހަށް ދަތިކުރީ މެޑިކަލް މާފިއާއިން
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ބޭސް ލިބުމުގެ ދަތިކަން ހައްލު ކުރަން ހާއްސަ ކޮމިޓީއެއް
އާންމު ބޭސްތައް ލިބޭތޯ ކަށަވަރު ކުރާނަން: ޝިމާދު
ބޭހުގެ ބިލަށް އެސްޓީއޯއަށް 1 ބިލިއަން ނުލިބި އެބަހުރި
ބަލްކުކޮށް ބޭސް ގެނައުމުން 300 މިލިއަން ސަލާމަތްވާނެ
ޔޫރަޕް ކޮލިޓީގެ ބޭސް ހެޔޮ އަގުގައި ވިއްކަން ފަށައިފި
ސޮފްޓްވެއާ އަޕްޑޭޓްކުރަން މާދަމާ އެސްޓީއޯ ފާމަސީތައް ބަންދު
ފެތުރޭ ރޯގާގެ ބޭހުގެ ސްޓޮކް އެބަހުރި: ހެލްތު