Roadha Mihaaru
ސީޒަން ބްރޭކެއް ނެގި މަޖިލީހަށް ކުރިމަތިލާން

ސީޒަން ބްރޭކެއް ނެގި ރީޒަން އަކީ މަޖިލީހަށް ކުރިމަތިލުން

22 އޮކްޓޯބަރ 2023

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން އޭނާގެ ފިލްމީ ކެރިއަރުން ބްރޭކެއް ނަގައި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

މަޝްހޫރު ފިލްމީ ތަރި އަލީ ސީޒަން އޭނާގެ ފިލްމީ ކެރިއަރުން ބްރޭކެއް ނަގައި، އަންނަ އަހަރު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ނިންމައިފި އެވެ.

ސީޒަން މަޖިލީހަށް ކުރިމަތިލާން ނިންމިކަން އިއުލާންކުރީ މިއަދެވެ. ފިލްމީ ކެރިއަރުން ބްރޭކެއް ނަގަން ނިންމި ކަމަށް އޭނާ ބުނީ މި މަހު ކުރީކޮޅުގަ އެވެ. ނަމަވެސް، ބްރޭކެއް ނަގަން ނިންމި ސަބަބު އޭރު ނުބުނެ އެވެ.

ފިލްމީ ކެރިއަރުން ބްރޭކެއް ނަގަން ނިންމި ސަބަބަކީ މަޖިލީހަށް ކުރިމަތިލުން ކަމަށް ސީޒަން ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.

ޕީޕީއެމް/ޕީއެންސީގެ ފަރާތުން އޭނާ ކުރިމަތިލަނީ ތުލުސްދޫ ދާއިރާއަށެވެ.

ސީޒަން ބުނީ ފިލްމީ ދާއިރާގައި އޭނާ މަސައްކަތް ކުރި އިރުގައި ވެސް އާންމުންނާއި އަމިއްލަ ޖަމިއްޔާތަކަށް ވެސް އަބަދުވެސް އެހީވާ ކަމަށެވެ. މަޖިލީހަކީ ހަމައެކަނި ސިޔާސީ ތަނަކަށް ވުރެ ބޮޑަށް، ރައްޔިތުންނަށް ބޭނުންވާ ހުރިހާ ކަމެއް ފަހިކޮށްދިނުމުގެ އެންމެ ބޮޑު ޒިންމާއެއް އަދާކުރާ ތަން ކަމަށް އޭނާ ގަބޫލުކުރާ ކަމަށް ސީޒަން ބުންޏެވެ.

"އަޅުގަނޑު ބޮޑަށް މަސައްކަތް ކުރަން މި ބަލަނީ ރައްޔިތުންނަށް ދަތިކޮށް ހުރި ކަންކަން ފަސޭހަކޮށްދިނުން. އެއީ ތުލުސްދޫ އާއި ދިއްފުށި ހިމެނޭ ގޮތަށް ތުލުސްދޫ ދާއިރާއަށް. އެ ދެ ރަށުގެ ރައްޔިތުންނާ އަޅުގަނޑާ މިހާރު ވަރަށް ގާތް ގުޅުމެއް އޮވޭ،" ސީޒަން ބުންޏެވެ.

ފިލްމީ ތަރި އަލީ ސީޒަން: ސީޒަން ވަނީ މަޖިލީހަށް ކުރިމަތިލާން ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ފިލްމީ ތަރި އަލީ ސީޒަން: ސީޒަން ވަނީ މަޖިލީހަށް ކުރިމަތިލާން ނިންމައިފައި.-- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ސީޒަން ބުނީ އެ ދާއިރާއަށް އޭނާ ހޮވިއްޖެ ނަމަ، ތުލުސްދު އާއި ދިއްފުށީގައި ހުއްޓިފައި ހުރި މަސައްކަތްތައް ނިންމުމަށާއި އެ ދެ ރަށު ރައްޔިތުން ބޭނުންވާ އެހެން މަސައްކަތްތައް ފެށުމަށް ދޭން ޖެހޭ ފުރިހަމަ އެއްބާރުލުން ވެސް ދޭނެ ކަމަށެވެ.

"މަޖިލީހަށް އަސްލު ބޭނުންވަނީ، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާ ފުއްނާބުއުސް، ބޮޑެތި ވިޔަފާރިކުރާ މީހުންނެއް ނޫން. މަޖިލީހަށް ބޭނުންވަނީ ކޮންމެ ކަމެއް ކުރާ ދާއިރާއެއްގެ މީހެއް ވިޔަސް، ރައްޔިތުންނާ ގާތުން، އެމީހުންގެ ދިރިއުޅުމުގެ ހާލަތު އަންޑަސްޓޭންޑުވާ މީހެއް،" އޭނާ ބުންޏެވެ.

ސީޒަން ވަނީ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރޭގައި ވެސް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ކެމްޕެއިން ކޮށްދިނުމުގައި އަމަލީ ގޮތުން އުޅެފަ އެވެ. ކެމްޕެއިނަށް ބައެއް ރަށްރަށަށް ގޮސް މުއިއްޒަށް ތާއީދު ހޯދައިދިނުމަށް އޭނާ މަސައްކަތް ކުރި އެވެ.