ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި ބޭފުޅުންނަށް އެ ޕާޓީ ހިނގަމުންދާ ގޮތުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް، ޕީޕީއެމް މަޖިލިސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ރައްދު ދެއްވައިފި އެވެ.
01 އެޕްރީލް 2024
ޕީޕީއެމް ދޫކޮށް ވަޑައިގެންނެވި ބޭފުޅުންނަށް އެ ޕާޓީ ހިނގަމުންދާ ގޮތުގެ މައުލޫމާތު އެނގިވަޑައިނުގަންނަވާނެ ކަމަށް ވިދާޅުވެ، ކުރީގެ ރައީސް އަބްދުﷲ ޔާމީން ދައްކަވަމުން ގެންދަވާ ވާހަކަފުޅުތަކަށް، ޕީޕީއެމް މަޖިލިސް އިންތިހާބުގެ ތަރުޖަމާން ހީނާ ވަލީދު މިއަދު ރައްދު ދެއްވައިފި އެވެ.
ހީނާގެ އެ ފާޑުކިޔުންތައް އައީ މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމްގެ ބަދަލުގައި ޕީއެންސީގެ ކެންޑިޑޭޓުން ނެރެފައިވާއިރު، ޕީޕީއެމްގެ ކުލަ ވެސް މަގުމަތިން ނުފެންނަ ކަމަށް ވިދާޅުވެ، ޔާމީން ދައްކަވާ ވާހަކަފުޅުތަކާ ގުޅިގެންނެވެ.
ހީނާ ވިދާޅުވި ގޮތުގައި މަޖިލިސް އިންތިހާބަށް ހުރިހާ ކެންޑިޑޭޓުން ޕީއެންސީން ނެރުމަކީ ދެ ޕާޓީގެ ލީޑަޝިޕް ގުޅިގެން ކުރި މަޝްވަރާއާ އެކު ނިންމި ޖުމުލަ ނިންމުމެކެވެ.
"ޕީއެންސީއަކީ މި ވަގުތު ވެރިކަން ކުރާ ޕާޓީ، ދެން މަޖިލިސް އިންތިހާބުގައި ޕީއެންސީން ހުރިހާ ކެންޑިޑޭޓުން ވާދަކުރަން ނިންމުމަކީ ޕީޕީއެމް އަދި ޕީއެންސީގެ ލީޑަޝިޕްގެ ނިންމުމެއް،" ހީނާ ވިދާޅުވި އެވެ.
"ދެން ޕީޕީއެމްގެ ކަންތައް ކުރިއަށްދާ ގޮތް، ޕީއެންސީގެ މަސައްކަތްތައް ކުރިއަށް ދާ ގޮތް އެނގިވަޑައިގަންނަވާނީ އަޅުގަނޑުމެންނަށް. ދުރުގައި ތިއްބަވާ ބޭފުޅުންނަކަށް މަސައްކަތްތައް ކުރިއަށް ދާ ގޮތެއް އެނގިވަޑައެއް ނުގަންނަވާނެ. އަދި ޕާޓީ ދޫކުރައްވައި ވަޑައިގެންނެވި ބޭފުޅުންނަކަށް ވެސް މިވަގުތު ޕާޓީގެ ކަންކަން ދާގޮތެއް އެނގިވަޑައިނުގަންނަވާނެ."
ޕީޕީއެމްގެ މަޖިލިސް އިންތިހާބުގެ ކެމްޕެއިން ކުރިއަށް ގެންދާއިރު އެންމެ ބޮޑަށް ސަޕޯޓަރުން ކުރާ ޝަކުވާއަކީ ރަސްމީ ކެންޑިޑޭޓެއް ހުއްޓާ އެހެން ކެންޑިޑޭޓަކަށް ޕާޓީން ތާއީދުކުރަން ނިންމުމެވެ. ދެ ތިން ދާއިރާއެއްގައި އެ މައްސަލަ އެބަ އުޅެ އެވެ.
ޕީއެންސީން މިއަދު ބޭއްވި ޖަލްސާގައި ހީނާ ވާހަކަ ދައްކަވަނީ.-- ފޮޓޯ: ޕީއެންސީ
އެކަމަކު، އެ މައްސަލާގައި ސުވާލުކުރުމުން ވެސް ސީދާ ޖަވާބެއް ނުދެއްވައި ހީނާ ވިދާޅުވީ ޕީއެންސީގެ ބައެއް ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސް، އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމާފައިވާ ކަމަށެވެ. އެހެންވެ، އިންތިހާބު ޕީއެންސީ އަށް ކާމިޔާބު ކުރެވޭނެ ފޯމިއުލާއަކަށް ބަލައި އެހެން ކެންޑިޑޭޓަކަށް ތާއީދުކުރަން ނިންމަނީ ޕާޓީގެ ލީޑަޝިޕާއި ރައްޔިތުންގެ މަޝްވަރާއަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.
"ރައްޔިތުންނަށް ޕީޕީއެމް/ ޕީއެންސީގެ ކެންޑިޑޭޓުން ސާފުވޭ. ބައެއް ފަހަރު ކެންޑިޑޭޓުން ނަން އަނބުރާ ގެންގޮސް އެހެން ކެންޑިޑޭޓަކަށް ތާއީދުކޮށްފައި އެބަ ހުރި. އެހެންވީމާ، ކެންޑިޑޭޓުންނަށް ބަދަލު އައިސްފައި ހުރެދާނެ. އެއީ އެ ދާއިރާގެ މަޖިލިސް ގޮނޑި ޕީޕީއެމް/ ޕީއެންސީ އަށް ނެގޭނެ ފޯމިއުލާއަކަށް ބަލާފައި ކަމަށް އަޅުގަނޑު ގަބޫލުކުރަނީ،" ހީނާ ވިދާޅުވި އެވެ.
ޕީއެންސީގެ ލޯގޯގެ ބައެއް އަމިއްލަ ކެންޑިޑޭޓުން ބޭނުންކުރާ ކަމުގެ ޝަކުވާ އޮތަސް، އެފަދަ މައްސަލައެއް ޕާޓީއަށް ހުށަހެޅިފައިނުވާ ކަމަށް ވެސް ހީނާ ވިދާޅުވި އެވެ.
މަޖިލީހަށް ހޮވުނީ އެންމެ ތިން އަންހެން ބޭފުޅުން!
އާނަ: އެހީތެރިއެއް، "ކޮންމެ މީހަކު ވެސް މުހިންމު"
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
ޖޭޕީ ޓިކެޓް ދޫކޮށް، ނިޝާމާގެ ތާއީދު ފަޒީލަށް
ޕީއެންސީގެ ޓިކެޓް ލިބުނު ކޫކުގެ ތާއީދު ޒަމީރަށް
"ކާމިޔާބުކަމާއެކު ސަރުކާރު ހިންގަން މަޖިލިސް ބޭނުންވޭ"
މަޖިލިހުން ބޭނުންވީމަ ރައީސް ބަނދެވޭގޮތް ގަބޫލެއް ނޫން
ޕީއެންސީގެ ޕްރައިމަރީން ބަލިވުމުން ވަކިން ވާދަކުރަނީ
ޓިކެޓު އޮތަސް، އެހެން މީހުންނަށް ކެމްޕެއިންކުރާ ޝަކުވާ
ސަލީމާއި ދަރިފުޅު މަޖިލީހަށް ވާދަކުރައްވަނީ