Roadha Mihaaru
ނައިބު ރައީސް ކަމަށް ޖާބިރުގެ ނަން ވެސް ހުށަހަޅައިފި

ސަލީމްގެ ނަން ހުށަހަޅާފައިވަނިކޮށް، އެމްޑީޕީ މެންބަރަކު ޖާބިރުގެ ނަން ވެސް ހުށަހަޅައިފި

03 ޑިސެމްބަރ 2023

ރައްޔިތުންގެ މަޖިލީހުގެ ހުސްވެފައިވާ ނައިބު ރައީސް ކަމުގެ މަގާމަށް މަޖިލީހުގެ މެޖޯރިޓީ އޮންނަ އެމްޑީޕީގެ ފަރާތުން ހޯރަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމް ވާދަކުރައްވާ ގޮތަށް އެ ޕާޓީގެ ޕާލަމެންޓްރީ ގުރޫޕުން ފާސްކޮށްފައިވަނިކޮށް، އެ ޕާޓީގެ މެންބަރެއް ކަމަށްވާ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރުގެ ނަން ހުށަހަޅުއްވައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ސަލީމް ނައިބު ރައީސަކަށް ނެރުމަށް ނެގި ސިއްރު ވޯޓު ކާމިޔާބު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމާއި ޖާބިރާ ވާދަކުރައްވަ އެވެ.

މިހާރު ކުރިއަށްދާ ޖަލްސާގައި ސަލީމްގެ ނަން އެ ޕީޖީ ގުރޫޕުން ހުށަހަޅައި ތާއީދު ކުރައްވާފައިވަނިކޮށް، ޖާބިރުގެ ނަން ހުށަހެޅުއްވީ ތޮއްޑޫ ދާއިރާގެ މެންބަރު ހަސަން ޝިޔާނެވެ. ތާއިދުކުރެއްވީ ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރެވެ.

ނައިބު ރައީސް އައްޔަންކުރާނީ މަޖިލީހުގައި ނަގާ ސިއްރު ވޯޓަކުންނެވެ. އެ ވޯޓު ކުރިއަށް ގެންދަން ފަސް މެމްބަރުންގެ ކޮމިޓީއެއް މިހާރު ވަނީ ނަގައިފަ އެވެ.

މަޖިލީހުގެ ނައިބު ރައީސް ކަމުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އީވާ އިސްތިއުފާ ދެއްވީ އޭނާ އެ މަގާމުން ވަކިކުރުމުގެ ގަރާރު ކުރިއަށް ގެންދަނިކޮށް، ގަރާރަށް ޖަވާބުދާރީވެވަޑައިގަތުމަށް ފަހު އެވެ.