Roadha Mihaaru
ދުބާއީގެ ޕްރޮމޯޝަނަކުން ދިވެއްސަކަށް އެއްމިލިއަން ޑޮލަރު

ދުބާއީގެ ޕްރޮމޯޝަނަކުން ދިވެއްސަކަށް އެއް މިލިއަން ޑޮލަރު

06 ޑިސެމްބަރ 2023

ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކުން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ލިބޭ މީހެއްގެ ގޮތުގައި ދިވެއްސަކު ގުރުއަތުން ހޮވިއްޖެ އެވެ.

ދުބާއީގެ އިންޓަނޭޝަނަލް އެއާޕޯޓުގައި ކުރިއަށް ގެންދިޔަ ޕްރޮމޯޝަނަކުން އެއް މިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ލިބޭ މީހެއްގެ ގޮތުގައި ދިވެއްސަކު ގުރުއަތުން ހޮވިއްޖެ އެވެ.

ބޭރުގެ މީޑިއާތަކުގައިވާ ގޮތުން ދުބާއީގެ އެއާޕޯޓުގެ ޑިއުޓީ ފްރީއިން ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި އެއް މިލިއަން ޑޮލަރު ލިބޭ މީހެއް ގޮތުގައި ހޮވިފައިވަނީ އަހުމަދު ނާސިރު ކިޔާ ދިވެއްސެކެވެ. އޭނާ ޓިކެޓް ގަނެފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު އޮންލައިންކޮށް ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.

މިއީ އެ ޕްރޮމޯޝަންގައި ދިވެއްސަކު ގުރުއަތުން ހޮވުނު ފުރަތަމަ ފަހަރު ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.

ނަމަވެސް އެ މީހާއާ މިހާތަނަށް ވެސް ގުޅިފައިނުވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.

އެ ޕްރޮމޯޝަންގައި ފައިސާގެ އިނާމުގެ އިތުރުން ލަގްޒަރީ ދެ ސައިކަލު އެހެން ދެ މީހަކަށް ވެސް ލިބިފައިވާ ކަމަށް ބޭރުގެ މީޑިއާތަކުގައިވެ އެވެ.