24 ޑިސެމްބަރ 2023
ހަފުތާއެއްގެ ތެރޭގައި ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ހަފުތާއެއްގެ ތެރޭގައި ފުށިދިއްގަރުފަޅުން 10 ހެކްޓަރުގެ ބިން ހިއްކައިފި އެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެންމެ އުއްމީދީ މަޝްރޫއު ކަމަށްވާ މާލޭގެ ދެކުނަށް އޮންނަ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރާ "ރަސްމާލެ"ގެ މަސައްކަތް ފެށީ މިދިޔަ ހޯމަ ދުވަހު އެވެ.
ފުރަތަމަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާއިރު، ހޯމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް 10 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. ބިން ހިއްކާފައިވާ ސަރަހައްދަކީ ރަސްމާލޭގެ އަތިރިމައްޗެވެ.
ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)އާ ހަވާލުކޮށްގެން ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދަނީ އަށް މަސް ދުވަހަށެވެ. އެ ފަޅުން ޖުމްލަ 1،153 ހެކްޓަރު ބިން ހިއްކާނެ އެވެ.
މިއީ ރާއްޖޭގައި މިހާތަނަށް ހިއްކާނެ އެންމެ ބޮޑު ބިމެވެ. ހުޅުމާލެ ދެ ފިޔަވަހި އެއްކޮށްލައި، އޭގެ ތިން ގުނަ ކުރުމުން އުފެދޭ ވަރުގެ ބޮޑު ބިމެކެވެ.
ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް މިއަދު ކުރަނީ
މި ބިން ހިއްކުމުގެ މަޝްރޫއު ސީއެމްސީސީއާ ހަވާލުކޮށްފައިވަނީ ދައުލަތުގެ ބަޖެޓުން އަދި އާބަންކޯ އިން އެއްވެސް ހަރަދެއް ނުކޮށް، އެ ކުންފުންޏަށް ހުޅުމާލެ އިން 10 ހެކްޓަރު އަދި ރަސްމާލެ އިން 60 ހެކްޓަރުގެ ބިން ދޭ ގޮތަށެވެ.
ބިން ހިއްކުމުގެ މަސައްކަތަށް ބޭނުން ކުރަނީ "ފިލީޕޯ ބްރޫނެލޭޝީ" ކިޔާ ޑްރެޗަރެވެ. މިއީ އެމްޓީސީސީން މި އަހަރުގެ ޖުލައި މަހު ރާއްޖެ ގެނައި ޑްރެޖަރެކެވެ. ދިގުމިނުގައި 142.5 މީޓަރު (467 ފޫޓް) އަދި ފުޅާމިނުގައި 27.5 މީޓަރު (90 ފޫޓް) ހުންނަ މި އުޅަނދަކީ 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ (އެއްފަހަރާ ލޯޑްކުރުމުގެ ގާބިލްކަން) ލިބިފައިވާ އެއްޗެކެވެ.
"70 ހެކްޓަރު ދޫކުރީ ކޮންޓްރޯލް ނުގެއްލޭ ގޮތަށް"
ފުށިދިއްގަރު ހިއްކަނީ 70ހެކްޓަރު ސީއެމްސީސީއަށް ދީގެން
މާލެ އިން 17 މިނިޓް: މުސްތަގުބަލުގެ ސިޓީގެ މަލަމަތި
ބިޔަ މަޝްރޫއަށް ފުށިދިއްގަރު މިއަދު ހިއްކަން ފަށަނީ
ގޯތިތައް ފުށިދިއްގަރުފަޅަށް ބަދަލުކުރި ވާހަކަ ދޮގުކޮށްފި
"ރަސްމާލެ ޓަނަލަކީ ރައީސްގެ އާދަޔާޚިލާފު ވިޝަނެއް"
ކޮންޓްރެކްޓަރަށް ބިންތައް ނުދީ، ރަސްމާލެ ހިއްކަނީ
ރަސްމާލެ ކުރިއަށް ގެންދާނީ އެހެން މޮޑެލްއަކަށް
ރަސްމާލެ މަޝްރޫއާ ގުޅޭ މައްސަލައެއް އޭސީސީން ބަލަނީ
ރަސްމާލެ ހަވާލުކުރި ގޮތް ނުބަލާތީ އޭސީސީއަށް ފާޑުކިޔުން