އިހުލާސްތެރިކަމާ މެދު ސުވާލެއް ނުކުރެވޭނެ ކަމަށާއި ކުރެވޭނެ ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
02 ޖެނުއަރީ 2024
އިހުލާސްތެރިކަމާ މެދު ސުވާލެއް ނުކުރެވޭނެ ކަމަށާއި ކުރެވޭނެ ޖާގަ ނުދެއްވާނެ ކަމަށް ކުރީގެ ބަންޑާރަ ނައިބު އަދި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން އާޒިމާ ވިދާޅުވީ، މިހާތަނަށް އޭނާ ކުރެއްވި ކޮންމެ މަސައްކަތަކީ ވަރަށް ގާބިލުކަމާއި އިހުލާސްތެރިކަމާއެކު ސަރުކާރަށް ކޮށްދީފައިވާ މަސައްކަތެއް ކަމަށެވެ.
"އަޅުގަނޑަކީ ތިން ސަރުކާރުގައި ވަޒީރުކަން ކުރުމަށްފަހު ހަތަރުވަނަ ސަރުކާރާއެކު މަސައްކަތް ކުރަން މި ފަށަނީ އަޅުގަނޑުގެ އިހުލާސްތެރިކަމަކަށް ލޯޔަލިޓީއަކަށް މަސައްކަތުގެ ގާބިލުކަމަކަށް ސުވާލެއް ނުކުރެވޭނެ. ކުރެވޭނެ ޖާގައެއް ނުދޭނަން. ކުރެވޭނެ ޖާގައެއް އަޅުގަނޑު މިހާ ހިސާބަށް ދީފައެއް ނޯންނާނެ،" އާޒިމާ ވިދާޅުވި އެވެ.
މާލެ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލައްވަން ނިންމެވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި އެކުލަވާލާފައިވާ ކަންކަން ތަންފީޒު ކުރަން ކަމަށް އާޒިމް ވިދާޅުވި އެވެ.
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި އާޒިމާ ޝުކޫރު ވާހަކަ ދައްކަވަނީ.-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މި ސަރުކާރުން ރާއްޖެއަށް ގެންނަން ނިންމާފައިވާ ބަދަލާއި ކުރިއެރުން ރައްޔިތުންނަށް ދެއްކުމަށް ކުރެވޭ މަސައްކަތެއް ކަމަށާއި އެ ކޯލިޝަން ކުރިޔަށްދާނީ ވަރުގަދަ އަޒުމަކާ އެކީގައި ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އެ ކޯލިޝަން ބައިބައިކޮށް ގުނޑުވާލުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
"އަޅުގަނޑާ ދިމާ އެންމެ ބޮޑު ކަމަކީ އަޅުގަނޑަކީ އަޅުގަނޑު ހުންނަ ގޮތެއްގައި ހުންނަ މީހަކަށް ވާކަން. ވަރަށް ސާބިތުކޮށް މި ދަންނަވަނީ އަޅުގަނޑު މި ހުރީ ރައީސް މުއިއްޒުއާއެކު، އެ ބަދަލެއް ނުކުރެވޭނެ. ކިތަންމެ ވަރަކަށް މަސައްކަތް ކުރިޔަސް ނުކުރެވޭނެ،" އޭނާ ވިދާޅުވި އެވެ.
"އެކަމުގެ ސަބަބުން އަޅުގަނޑަށް، އަޅުގަނޑުގެ ދަރިފުޅަށް ކިތަންމެ ހަމަލާއެއް ދިނަސް ގުޑުވައެއް ނުލެވޭނެ. އަޅުގަނޑަކީ އަޅުގަނޑުގެ އިހުލާސްތެރިކަން ސާބިތުކަމާއެެކު މި ގައުމަށް ދެއްކި މީހެއް. އެ ބަދަލު ކުރަން ނޫޅުއްވާތި. އަޅުގަނޑާ ޒާތީގޮތުން ބެހުނު ވަރަކަށް އަޅުގަނޑު ވާނީ ބޯ ހަރު. ހުރިހާ ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެ، އަޅުގަނޑު ވާނީ ބޯ ހަރު. އަޑު ވާނީ ގަދަ. އަޅުގަނޑުގެ އަޒުމް ވާނީ ވަރުގަދަ."
ޕީޕީއެމް ޕީއެންސީ ކޯލިޝަނުން މިރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ނައިބް ރައީސް ހުސެއިން މުހައްމަދު ލަތީފާއި ރައީސްގެ ހާއްސަ އެޑްވައިޒަރު އަބްދުއްރަހްމާން އަބްދުﷲގެ އިތުރުން އާޒިމާ ޝުކޫރާއި ސިޓީ ކައުންސިލްގެ މެންބަރުކަމަށް ކުރިމަތިލެއްވި ތިން ބޭފުޅުން-- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
އާޒިމާ ވިދާޅުވީ މިއަދު މާލޭގެ ރައްޔިތުންނަށް އޮތް ގޮތަކީ މާލެ ސިޓީގެ ތަރައްގީއަށް ވިސްނުމަށްފަހު އެކަމަށް ގާބިލް ކެނޑިޑޭޓަކު މޭޔަރަކަށް އައްޔަން ކުރުން ކަމަށެވެ.
މާލޭގެ މޭޔަރުގެ މަގާމު ހުސްވީ އެ މަގާމުގައި ކުރިން ހުންނެވި ހުންނެވި ޑރ. މުހައްމަދު މުއިއްޒު ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައި ރައީސްކަމާ ހަވާލުވެވަޑައިގަތުމުންނެވެ. ކައުންސިލްގެ އެހެން ބައެއް ގޮނޑިތައް ހުސްވީ އާ ސަރުކާރުގެ އެކި މަގާމުތަކަށް ކައުންސިލްގެ ބައެއް މެމްބަރުން ވަޑައިގަތުމުންނެވެ. މޭޔަރުކަމަށް އާ ބޭފުޅަކު އިންތިހާބުކުރުމަށް ބައި އިލެކްޝަން ބާއްވަން އީސީން ނިންމާފައި ވަނީ އަންނަ މަހުގެ 13 ގަ އެވެ. އެ ގޮނޑިއަށް މި ފަހަރު ފަސް ކެންޑިޑޭޓުން ވާދަކުރައްވަ އެވެ.
މިހުރީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން: އާޒިމާ
ހަބަރެއްގެ މައްސަލައިގައި އާޒިމާ ކޯޓަށާއި ޕޮލިހަށް
ތަފާތު ދައްކާނަން، ހިތާމައެއް ނޯންނާނެ: އާޒިމާ
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
މާލޭގެ 2 ގޮނޑި ޕީއެންސީއަށް، 1ގޮނޑި އެމްޑީޕީއަށް
މާލޭގެ މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވައިފި
މާލޭގެ ތަރައްގީއަށް ޕީއެންސީ ކެންޑިޑޭޓުން ހޮވައިދީ
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް
"ވައުދުތައް ތަންފީޒުކޮށްދެވޭނެ ކެންޑިޑޭޓަކީ އާޒިމާ"