ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާއެއް އޮތް ކަމަށް ބުނެ މީޑިއާގައި ފެތުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ އަބުރުގެ ދައުވާކުރަން އޭނާ ނިންމަވައިފި އެވެ.
ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭގެ މޭޔަރު ކަމަށް ވާދަކުރައްވާ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ސިވިލް ކޯޓުގައި ދައުވާއެއް އޮތް ކަމަށް ބުނެ މީޑިއާގައި ފެތުރީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށް ވިދާޅުވެ އަބުރުގެ ދައުވާކުރަން އޭނާ ނިންމަވައިފި އެވެ.
އިސްލާމިކް ބޭންކުން އާޒިމާ ނަންގަވާފައިވާ ގެދޮރުވެރިކަމުގެ ލޯނެއް ނުދައްކާ އޮތް މައްސަލާގައި ހަތަރު މިލިއަން ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން މިދިޔަ ހަފުތާގައި ވަނީ އޭނާގެ ޣައިރު ހާޒިރުގައި ހުކުމްކޮށްފަ އެވެ. އެކަމާ ގުޅިގެން އާޒިމާ ނެރުއްވި ބަޔާނެއްގައި ވަނީ އެ ހުކުމް އެގޮތަށް ކޮށްފައިވަނީ ލޯނު ރީސްޓްރަކްޗާކުރުމަށް ވާހަކަ ދައްކަން ފަށައި ފައިސާ ދައްކާނެ ގޮތުގެ ޝެޑިއުލެއް ބޭންކަށް ހުށަހަޅާފައިވަނިކޮށް ކަމަށެވެ.
އަދި ބޭންކުން ވަނީ ލޯނު ރީސްޓްރަކްޗާކުރުމާ މެދު ވަކި ގޮތެއް ނިމެންދެން ކޯޓުގައި ހިނގަމުންދިޔަ މައްސަލަ މަޑުޖައްސާލަން ކޯޓަށް ލިޔުމުން އަންގާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ކަމަށް ބަޔާނުގައި ބުންޏެވެ. ނަމަވެސް، އޭނާގެ ޣައިރު ހާޒިރުގައި ސިވިލް ކޯޓުން މައްސަލާގައި ހުކުމް ކުރީ އެކަމަށް ބޭންކުން އެދުމުން ކަަމަށް ބަޔާނުގައިވެ އެވެ.
"މިއީ އަޅުގަނޑު ކުރިމަތިލާފައިވާ މާލެ ސިޓީގެ މޭޔަރު އިންތިހާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންއަށް ނުފޫޒު ފޯރުވަން ބޭންކިންގެ ގާނޫނުތަކާއި އުސޫލުތަކާ ހިލާފަށް ބޭންކުގެ ވަކި މުވައްޒަފަކު ކޮށްފައިވާ ކަމެއް ކަމަށް އަޅުގަނޑަށް ގަބޫލު ކުރެވޭ ވަރުގެ މައުލޫމާތު ވަނީ ލިބިފައި،" އާޒިމާގެ ބަޔާނުގައިވެ އެވެ.
އެހެންވެ އާޒިމާ ވަނީ އިސްލާމިކް ބޭންކްގެ މައްސަލަ ބަލައިދިނުމަށް އެމްއެމްއޭއަށް ހުށަހަޅަން ވެސް ނިންމަވައިފަ އެވެ.
އެ ހުކުމްކޮށްފައި ވަނިކޮށް، ފައިސާގެ އެހެން މައްސަލައެއްގައި އާޒިމާގެ މައްޗަށް އިތުރު ދައުވާއެއް ކޮށްފައިވާ ކަމާއި އެ މައްސަލާގެ ހުކުމަށް ތައްޔާރުވެފައިވާ ކަމަށް ބުނެ ނޫހެއްގައި ހަބަރެއް ޝާއިއުކޮށްފައިވެ އެވެ. އެ ހަބަރާ ގުޅިގެން އާޒިމާގެ ބަޔާނުގައި ބުނީ އޭނާގެ މައްޗަށް އެފަދަ ދައުވާއެއް އޮތްކަން އޭނާއަށް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަން ސާފުކުރުމަށް ސިވިލް ކޯޓަށް ހުށަހެޅުމުން އެފަދަ ދައުވާއެއް ނެތް ކަމަށް ލިޔުމުން އެ ކޯޓުން ޖަވާބުދީފައިވާ ކަމަށެވެ. އެހެންވެ އެ ނޫހާ ދެކޮޅަށް އަބުރުގެ ދައުވާކުރައްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
އެހެންވެ ނޫހުގައި ހަބަރު ލިޔެފައިވަނީ އޭނާގެ މައްޗަށް ލިޔުންތަކެއް އުފައްދައި ފެބްރިކޭޓްކޮށްގެން ކަމަށް ގަބޫލު ކުރެވޭތީ އެ މައްސަލަ ތަހުގީގުކޮށްދޭން ފުލުހަށް ވަނީ މައްސަލަ ހުށަހަޅައިފަ އެވެ. މިއީ އޭނާގެ އިންތިހާބީ ހައްގަށް އަރައިގަތުން ކަމަށާއި އެހެންވެ އެ މައްސަލަ އިލެކްޝަން ކޮމިޝަނަށް ވެސް ހުށަހަޅުއްވާނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.
ބަޔާނުގައި ބުނީ މި ދެ މައްސަލައަކީ ވެސް އިންތިހާބަށް ނުފޫޒު ފޯރުވައި، އިންތިހާބުގައި އޭނާ އަށް ގެއްލުން ދިނުމުގެ ނިޔަތުގައި ބަޔަކު ރާވައިގެން ހިންގާ ކަންތައްތަކެއް ކަމަށެވެ.
މިހުރީ ރައީސްގެ މެނިފެސްޓޯ ތަންފީޒުކުރަން: އާޒިމާ
ތަފާތު ދައްކާނަން، ހިތާމައެއް ނޯންނާނެ: އާޒިމާ
އިހުލާސްތެރިކަމާ މެދު ސުވާލު ކުރާނެ ޖާގައެއް ނުދޭނަން
މޭޔަރުކަމަށް ވާދަކުރައްވަަން އާޒިމާ ފޯމް ހުށަހަޅުއްވައިފި
ޕީޕީއެމް/ޕީއެންސީގެ މާލޭ މޭޔަރުކަމުގެ ޓިކެޓް އާޒިމާއަށް
މާލޭގެ 2 ގޮނޑި ޕީއެންސީއަށް، 1ގޮނޑި އެމްޑީޕީއަށް
މާލޭގެ މޭޔަރު އިންތިހާބު އާޒިމް ކާމިޔާބު ކުރައްވައިފި
މާލޭގެ ތަރައްގީއަށް ޕީއެންސީ ކެންޑިޑޭޓުން ހޮވައިދީ
އާޒިމާގެ މައްޗަށް ކުރި ހުކުމް އިސްތިއުނާފަށް
"ވައުދުތައް ތަންފީޒުކޮށްދެވޭނެ ކެންޑިޑޭޓަކީ އާޒިމާ"