ދަރަނީގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އިތުރު 35 މިލިއަން ރުފިޔާގެ ހުކުމެއް ކޮށްފި އެވެ.
28 ޖެނުއަރީ 2024
ދަރަނީގެ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް ސަރުކާރުގެ ކުންފުނި، ފެނަކަ ކޯޕަރޭޝަންގެ މައްޗަށް އިތުރު 35 މިލިއަން ރުފިޔާގެ ހުކުމެއް ކޮށްފި އެވެ.
ސިވިލް ކޯޓުން އިއްޔެ ހުކުމްކުރީ ޕަވާ އިންޖިނިއަރިން ކިޔާ ކުންފުންޏަކަށް ފެނަކަ އިން ދައްކަން ޖެހިފައިވާ ފައިސާތަކެއް ނުދައްކާ އޮތުމުގެ ސަބަބުން އެ ކުންފުނިން ދައުވާކުރުމުންނެވެ.
ދައުވާގައި އެ ކުންފުނިން އެދިފައިވަނީ ފެނަކައަށް ސަޕްލައިކޮށްދިން ޖަނަރޭޓަރުތަކާއި ކޭބަލްތަކަށް ދައްކަން ޖެހޭ 30.43 މިލިއަން ރުފިޔާ ނަގައިދިނުމަށާއި އެ ކުންފުނީގެ ފިހާރައިން ފެނަކައިން ނެގި މުދަލަށްވާ 4.8 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
މި މައްސަލައިގައި ސިވިލް ކޯޓުން ކަނޑައެޅީ ދައުވާގައި ޕަވާ އިންޖިނިއަރިން އިން ބުނާ ފައިސާތަކަކީ ފެނަކައިން ދައްކަން ޖެހޭ ފައިސާތަކެއްކަން ސާބިތުވާ ކަމަށެވެ. އެހެންވެ އެ ފައިސާ އެއް މަސް ތެރޭ އެކީ އެއް ފަހަރާ ދައްކާ ހަލާސްކުރަން ފެނަކައިގެ މައްޗަށް ކޯޓުން އަމުރުކުރި އެވެ.
މީގެ ކުރިން ވެސް ފެނަކައިގެ މައްޗަށް މިފަދަ ހުކުމްތައް ސިވިލް ކޯޓުން ކޮށްފައިވެ އެވެ.
ކުންފުނީގެ އޮޕަރޭޝަނަށް ބުރޫއަރާ މިންވަރަށް، 4.1 ބިލިއަން ރުފިޔާގެ ދަރަނި އޮތް ކަމަށް އެ ކުންފުނީގެ އާ މެނޭޖިން ޑިރެކްޓަރު މުއާޒް މުހައްމަދު ރަޝީދު ވެސް ވަނީ ވިދާޅުވެފަ އެވެ.
ކުންފުންނި ހިންގުމާ ހަވާލުވެވަޑައިގަތުމަށް ފަހު ފުރަތަމަ ފަހަރަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއާޒް ވިދާޅުވެފައިވަނީ 871 މިލިއަން ރުފިޔާގެ ލޯނުގެ އިތުރުން އެކި ފަރާތްތަކަށް ދައްކަންޖެހޭ ފައިސާގެ އަދަދު 3.2 ބިލިއަން ރުފިޔާއަށް އަރާ ކަމަށެވެ.
ފައިސާ ދެއްކުމުގެ ޕްލޭނެއް އެކުލަވާލައި، ވީހާ ވެސް ގިނަ ކުންފުނިތަކަށް ވީ އެންމެ އަވަހަކަށް ފައިސާ ދެވޭނެ ގޮތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަކަން އޭނާ ވިދާޅުވެފައިވެ އެވެ.
14މަސް ތެރޭ 44މިލިއަން ދައްކަން ފެނަކައަށް ހުކުމެއް
28 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް ހުކުމެއް
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް
ފެނަކައިގެ 6.7 މިލިއަން ހިފަހައްޓަން އަމުރު ނެރެފި
17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ
ފެނަކައަށް 17 މިލިއަން ދޭން ކުރި ހުކުމް ރަނގަޅު
ޝަރޫ އިން އިތުރު 3.8 މިލިއަން ދައްކަން ޖެހިއްޖެ
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި