ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަނުން 14 މަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
12 ފެބުރުއަރީ 2025
ދަރަނީގެ މައްސަލަ ބޮޑުވެފައިވާ ފެނަކަ ކޯޕަރޭޝަނުން 14 މަސް ދުވަހުގެ ތެރޭގައި 44 މިލިއަން ރުފިޔާ އަމިއްލަ ކުންފުންޏަކަށް ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ކްލެސިކޯ ލިމިޓެޑް ކިޔާ ކުންފުންޏަކުން ފެނަކައާ ދެކޮޅަށް ކޯޓުގައި ދައުވާކުރީ އެ ކުންފުނިން ފެނަކައަށް ފޯރުކޮށްދީފައިވާ މުދަލަށްވާ 44 މިލިއަން ރުފިޔާ ދައްކާފައި ނުވާތީ އެވެ.
އަގުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހަ މިލިއަން ރުފިޔާ ހޯދަން ވެސް ހުށަހަޅާފައިވެ އެވެ. ކޯޓަށް މައްސަލަ ހުށަހެޅި ފަހުން ކްލެސިކޯ އާއި ފެނަކައިން ވަނީ ގެއްލުމުގެ ބަދަލުގެ ބައި ދޫކޮށްލައި މުދަލުގެ އަގަށްވާ ފައިސާ މަހުން މަހަށް ދައްކާ ގޮތަށް އެއްބަސްވެފަ އެވެ.
އެހެންވެ، ސިވިލް ކޯޓުން މައްސަލަ ނިންމާފައިވަނީ ދެ ފަރާތުން އެއްބަސްވި ގޮތަށް 14 މަސް ތެރޭގައި 44 މިލިއަން ރުފިޔާ ކްލެސިކޯ އަށް ފެނަކަ އިން ދައްކައި ހަލާސް ކުރަންޖެހޭ ގޮތަށެވެ.
ފެނަކައިގެ މައްޗަށް މީގެ ކުރިން ވެސް މިފަދަ ގިނަ ހުކުމްތަކެއް އައިސްފައިވެ އެވެ. އެ ކުންފުނިން އަންނަނީ އެ ހުކުމްތަކާ އެއްގޮތަށް ފައިސާ ދެއްކުމުގެ މަސައްކަތް ވެސް ކުރަމުންނެވެ.
މުދަލަށްވާ ފައިސާ ހޯދަން ގިނަ ކުންފުނިތަތަކުން ފެނަކައާ ދެކޮޅަށް ދައުވާ ކޮށްފައިވާއިރު، ފެނަކައިން ގެންދަނީ އެ ދައުވާތަކަށް އެއްބަސްވެ، މަހުން މަހަށް ފައިސާ ދައްކާ ގޮތަށް ކުންފުނިތަކާ އެކު ކޯޓުން ބޭރުން މައްސަލަ ހައްލުކުރަމުންނެވެ.
28 މިލިއަން ރުފިޔާ ދައްކަން ފެނަކައަށް ހުކުމެއް
ފެނަކައިގެ މައްޗަށް 27 މިލިއަން ރުފިޔާގެ ހުކުމެއް
ކުންފުންޏަކަށް 13 މިލިއަން ދޭން ފެނަކައަށް ހުކުމެއް
ފެނަކައިގެ 6.7 މިލިއަން ހިފަހައްޓަން އަމުރު ނެރެފި
ފެނަކައިން 35 މިލިއަން ދައްކަން މަސް ދުވަސް
17 މިލިއަނަށް ޝަރޫގެ ޑިރެކްޓަރުން ޒިންމާވާން ޖެހޭނެ
ފެނަކައަށް 17 މިލިއަން ދޭން ކުރި ހުކުމް ރަނގަޅު
ޝަރޫ އިން އިތުރު 3.8 މިލިއަން ދައްކަން ޖެހިއްޖެ
ޝަރޫގެ މައްޗަށް އިތުރު 29 މިލިއަންގެ ދަރަންޏެއް
ޝަރޫއިން މޮރިޝަސް ބޭންކަށް ކުރި ދައުވާ ނަގައިފި