މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ފައިސާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2024
މަސްވެރިންގެ އަތުން ގަންނަ މަހަށް 48 ގަޑިއިރުގެ ފައިސާ ދެއްކުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދު މި ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
އޭނާ އެހެން ވިދާޅުވީ، ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގައި ދުވާފަރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިސްމާއިލް އަހުމަދު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ. އިސްމާއިލް ސުވާލު ކުރެއްވީ، މަސް ކިރާތާ 48 ގަޑިއިރުގެ ތެރޭގައި މަހުގެ ހަމަ އަގު މަސްވެރިންނަށް ދޭނެ ކަމަށް ކެމްޕެއިންގައި ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ނަމަވެސް 48 ދުވަސް ފަހަނައަޅައި ދިޔައިރު ވެސް ފައިސާ ދައްކާފައި ނުވާ ކަމަށް ވިދާޅުވެ އެވެ.
މަސްވެރިންނަށް ދަތި ނުވާ ގޮތަށް 48 ގަޑިއިރު ތެރޭގައި ފައިސާ ދެވޭނެ އުސޫލު އެކުލަވާލައި ދާއިމީ ހައްލެއް ގެނައުމަށް ގެންގުޅުއްވާ ވިސްނުމަކީ ކޮބައިތޯ އޭނާ ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ، ކުރީގެ ސަރުކާރުތަކުން ވައުދުތައް ފުއްދަމުން އައީ ދައުރުގެ ފަހުކޮޅު ނުވަތަ އިންތިހާބުގެ ފުރަތަމަ ބުރު ނިމުމުން ކަމަށެވެ.
ނަމަވެސް ވަކިން ހާއްސަކޮށް މަސްވެރިންނާ ގުޅޭ ވައުދުތައް މި ސަރުކާރުން ދައުރުގެ ކުރީކޮޅު ފުއްދަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"އިރާދަކުރެއްވިއްޔާ ދައުރުގެ ކުރީކޮޅު 48 ގަޑިއިރު ތެރޭގައި [މަސްވެރިންނަށް] ފައިސާ ދެވޭ ގޮތަށް މަސައްކަތް ގެންދާނަން،" މިނިސްޓަރު ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ދިނުމުގައި މި ފަހަރު ދިމާވި އެންމެ ބޮޑު މައްސަލައަކީ މަހުގެ އަގަށް ކުރީ ސަރުކާރުން ގެނައި ބަދަލު ކަމަށާއި އޭގެ އިތުރުން ސަރުކާރަށް މާލީ ގޮތުން ބޮޑެތި އުނދަގޫތަކެއް އެބަހުރި ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މަސްވެރިންނަށް ފައިސާ ނުލިބިގެން ކޫއްޑު އާއި އައްޑޫގައި މުޒާހަރާ ކުރަމުންދާތާ ދެ ދުވަސް ވެއްޖެ އެވެ.
އެ މައްސަލަ ހައްލު ކުރުމަށް މިނިސްޓަރު ވިދާޅުވީ، މި މަހުގެ 26 ކުރިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ދީ ނިންމާނެ ކަމަށެވެ. އަދި އަންނަ މަހުގެ ފަހެއްގެ ކުރިން ހުރިހާ ފައިސާއެއް މަސްވެރިންނަށް ދޫކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް 400 މިލިއަނާ ގާތްކުރާ އަދަދަކަށް މަސްވެރިންނަށް ފައިސާ ދޫކޮށްފައިވާއިރު، ބާކީ ދޭން ޖެހެނީ 300 މިލިއަނެއްހާ ރުފިޔާ އެވެ.
މިފްކޯއަށް 395 މިލިއަން، މަސްވެރިންނަށް 435
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ