މި ސަރުކާރުގައި މިހާތަނަށް މިފްކޯ އަށް 395 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
20 ފެބުރުއަރީ 2024
މި ސަރުކާރުގައި މިހާތަނަށް މިފްކޯ އަށް 395 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށާއި މަސްވެރިންނަށް 435 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގައި މިއަދު މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު މަގާމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން (ނޮވެމްބަރު 17، 2023) މިހާތަނަށް މިފްކޯ އިން ހަތް ޝިޕްމަންޓެއް އެކްސްޕޯޓް ކޮށްފައިވާ ކަމަށާއި އެއީ 18،987 ޓަނުގެ މަސް ކަމަށެވެ.
އެ މަހަށް އާމްދަނީގެ ގޮތުގައި 395 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މަސްވެރިންނަށް އެ މުއްދަތުގައި ކްރެޑިޓަށް ދޫކޮށްފައި ހުރި ތެލާއި އައިސް ހިމެނޭ ގޮތަށް 435 މިލިއަން ރުފިޔާ ދީފައިވާ ކަމަށް ވެސް ޝިޔާމް ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ސަރުކާރުން މި ވަގުތު މަސް ގަންނަނީ 6ރ. ގެ ގެއްލުމުގައި ކަމަށެވެ. މިހާރު މަސްވެރިންގެ އަތުން 20ރ. އަށް މަސް ގަންނަން ނިންމާފައިވާ އިރު މިފްކޯ އިން ކުރާ ހަރަދާއި ލިބޭ އާމްދަނީ އެއްވަރު ވާނީ ވެސް އެ ކުންފުނި ވަރަށް ބޮޑަށް ހިންގުން ހަރުދަނާ ކޮށްގެން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މިފްކޯ އެފިޝަންޓުކޮށް ކޫއްޑު އާއި ފެލިވަރުގެ ހިންގުމަށް ބޮޑު ބަދަލުތަކެއް ގެންނަން ޖެހޭ،" ޝިޔާމް ވިދާޅުވި އެވެ.
މި ސަރުކާރުން މިހާތަނަށް 435 މިލިއަން ރުފިޔާ މަސްވެރިންނަށް ދީފައިވާއިރު އިތުރު 280 މިލިއަން ރުފިޔާ ދޭން އެބައޮތެވެ.
ސަރުކާރުން ނިންމާފައި ވަނީ މި މަހުގެ 26 ގެ ކުރިން އޭގެ ތެރެއިން 100 މިލިއަން ރުފިޔާ ދިނުމަށެވެ. އަދި ބާކީ އަންނަ މަހުގެ ފަހެއްގެ ކުރިން މަސްވެރިންނަށް ދޫކުރާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ.
ވައުދާ އެއްގޮތަށް ދައުރުގެ ކުރީކޮޅު ފައިސާ ދޫކުރަނީ!
މިފްކޯއަށް 1.6 ބިލިއަންގެ ގެއްލުން ވެއްޖެ: ޝިޔާމް
އެޖެންޑާގެ އެންމެ ކުރީގައި މަސްވެރިންނަށް ފައިސާ ދިނުން
މަސްވެރިންގެ ބެކްލޮގް އެއްކޮށް ކްލިއާ ކުރެވިއްޖެ:ރައީސް
ދައުލަތަށް ބުރަ ބޮޑު ވާތީ، މަހުގެ އަގު 20ރ. އަށް
ސަރުކާރުން މަސް ގަތުން ހުއްޓާލަންޖެހޭ: ނަޝީދު
އައިސްޕްލާންޓްތައް މިފްކޯގެ ދަށަށް ބަދަލުކުރަނީ
ހޯނޑެއްދޫ އައިސްޕްލާންޓް މިއަހަރު އޮޕަރޭޝަނަށް ގެންނަނީ
މިފްކޯގެ ކޮރަޕްޝަން މުލުން ލުހެލާނަން: ރައީސް
ކޯލްޑް ސްޓޯރޭޖު 25،000 ޓަނަށް އިތުރު ކުރަނީ