Roadha Mihaaru
ޗަމްޕާއިން ކާއްޓާއި ކަރާ އަދި ފިޔާ ހަދިޔާކުރަނީ

ޗަމްޕާ ބްރަދާސް އިން 50،000 ކާށި، 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާ ކުރަނީ

06 މާޗް 2024

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ދިވެހިންނަށް 50،000 ކާއްޓާއި 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރާއްޖޭގައި އެންމެ ގިނަ ރިސޯޓުތައް ހިންގާ އެއް ކުންފުނި، ޗަމްޕާ ބްރަދާސް އިން ކުރިއަށް އޮތް ރޯދަމަހަށް ހާއްސަކޮށް ދިވެހިންނަށް 50،000 ކާއްޓާއި 50 ޓަނު ކަރާ އަދި 10 ޓަނު ފިޔާ ހަދިޔާކުރަން ނިންމައިފި އެވެ.

އެ ކުންފުނީގެ ފަރާތުން ވާހަކަ ދެއްކެވި އޮފިޝަލަކު މިއަދު ވިދާޅުވީ، ލޯކަލް ގަވަމެންޓް މިނިސްޓްރީއާ މިއަދު 10 ޓަނު ފިޔާ ހަވާލުކުރާނެ ކަމަށެވެ. އަދި ރޯދަމަސް ފެށުމުގެ ކުރިން ނުވަތަ ރޯދަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ކާއްޓާއި ކަރާ ވެސް އެ މިނިސްޓްރީއާ ހަވާލު ކުރާނެ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

"އެއީ އެ ބޭފުޅުން މެދުވެރިކޮށް ބަހަން،" އޭނާ ވިދާޅުވި އެވެ.

ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މިދިޔަ އަހަރު ހަދިޔާކުރި ކާށިތައް ބެހުމަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ އިމާރާތުގައި ތައްޔާރު ކުރަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މިދިޔަ އަހަރު ހަދިޔާކުރި ކާށިތައް ބެހުމަށް ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ އިމާރާތުގައި ތައްޔާރު ކުރަނީ .-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިދިޔަ އަހަރުގެ ރޯދަ މަހު ވެސް ޗަމްޕާ ބްރަދާސް އިން ވަނީ ކާއްޓާއި ކަރާ ދިވެހިންނަށް ބަހައިފަ އެވެ. އޭރު ބަހަން ހަވާލުކުރީ ސިޓީ ކައުންސިލާ އެވެ.

ނަމަވެސް މި ފަހަރު ލޯކަލް ގަވަނެންސް މިނިސްޓްރީއާ ހަވާލުކުރީ ރަށްރަށަށް ވެސް އެ ތަކެތި ގެންދިއުމަށް ފަސޭހަވާނެތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މިދިޔަ އަހަރު ހަދިޔާކުރި ކަރަލާއި ކާށި ލިބުނު ބަޔަކު ސައިކަލެއްގައި ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ދިވެހިންނަށް ބެހުމަށް ޗަމްޕާ ބްރަދާސްގެ ފަރާތުން މިދިޔަ އަހަރު ހަދިޔާކުރި ކަރަލާއި ކާށި ލިބުނު ބަޔަކު ސައިކަލެއްގައި ދަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބެހުމުގެ ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތާ ގުޅޭގޮތުން ސުވާލު ކުރުމުން ލޯކަލް ގަވަނެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ މާލެ އަށް އެ ތަކެތި ބަހާނީ މިދިޔަ އަހަރު ވެސް ބެހި ގޮތަށް ކަމަށެވެ.

"އަދި އަޅުގަނޑުމެންނަކަށް ނުލިބޭ، ލިބުނީމާ އެނގޭނީ ދެން ބަހާނީ ކޮންކޮން ގޮތަކަށް ކަން. މަޝްވަރާ ކުރަނީ ހަމަ މާލެ ސިޓީ ކައުންސިލުން ކުރިން ވެސް ބެހި ގޮތަށް ބަހަން،" މިނިސްޓަރު ވިދާޅުވި އެވެ.

ސިޓީ ކައުންސިލުން މިދިޔަ އަހަރު ބެހީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހިފައިގެން، ސިޓީ ކައުންސިލުގެ އާންމު ހިދުމަތްތަކާ ބެހޭ ބަޔަށް ދިއުމުން އެ ތަކެތި ލިބޭ ގޮތަށެވެ. ކޮންމެ މީހަކަށް ކަރަ އާއި ފަސް ކާށީގެ ރޭޓުންނެވެ.

ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ރޯދަމަސް ފެށޭނީ އަންނަ ހޯމަ ދުވަހު އެވެ.