ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު މިދިޔަ ބުރާސްފަތި ދުވަހު ފައިބާފައިވާ ކަމަށާއި އެންމެ ފަހު ބެޗު ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ ދޫކޮށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންގެ ދެ ވަނަ ބެޗު މިދިޔަ ބުރާސްފަތި ދުވަހު ފައިބާފައިވާ ކަމަށާއި އެންމެ ފަހު ބެޗު ދެ ގައުމުން އެއްބަސްވެފައިވާ ގޮތަށް އަންނަ މަހުގެ 10 ގެ ނިޔަލަށް ރާއްޖެ ދޫކޮށް ދާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އެ މަނިކުފާނު އެހެން ވިދާޅުވީ، މި މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕެއިނަށް އައްޑޫ ހިތަދު އަށް ވަޑައިގެން އެ ރަށުގެ ސަޕޯޓަރުންނާ އެކު ބޭއްވެވި ބައްދަލުވުމުގަ އެވެ.
"ބާކީ އޮތީ އެންމެ ޕްލެޓްފޯމެއް. ހަމަ ކުރީގައި ވެސް [ދެ ގައުމުން] ސޮއިކޮށްފައި އޮތް ގޮތަށް 10 މޭ ގެ ކުރިން އެ މީހުން ވެސް [އިންޑިއާގެ ބާކީ ސިފައިން] ގެންދާނެ. ފައިބާނެ،" ރައީސް ވިދާޅުވި އެވެ.
"އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން."
ރާއްޖެ އަށް އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ދުއްވަން ގެނެސްފައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ ރައީސް މުއިއްޒުގެ ރިޔާސީ ވައުދެކެވެ. ދެ ގައުމުން އެކަމާ މެދު ފުޅާދާއިރާއެއްގައި މަޝްވަރާކޮށް، އެއްބަސްވުމެއްގައި ސޮއިކޮށްފައި ވަނީ އިންޑިއާގެ ސިފައިންގެ ބަދަލުގައި އެ ތިން އުޅަނދު ދުއްވަން ތިބޭނީ އެ ގައުމުގެ ސިވިލިއަނުން ކަމަށެވެ. އެހެންވެ، ބާލަމުންދާ އިންޑިއާ ސިފައިންގެ ބަދަލުގައި މިހާރު ގެނެސްފައި ވަނީ އިންޑިއާގެ ސިވިލިއަނުންނެވެ.
ރައީސް މުއިއްޒު ވިދާޅުވެފައި ވަނީ، އިންޑިއާ އިން ހަދިޔާ ކޮށްފައިވާ ތިން އުޅަނދު ދުއްވަން އެ ގައުމުގެ ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް ކަމަށާއި އެއީ ދާއިމީ ބައެއް ނޫން ކަމަށެވެ.
"އެގްރީމަންޓެއް ކުރެވިގެން ވަކި މުއްދަތަކަށް އެ ތަކެތި އޮޕަރޭޓްކުރަން. އެއްގޮތަކަށް ވެސް ޕާޕެޗުއަލްޓީ އަށް، އުމުރު ދުވަހަށް ކުރާ ކަމެއް ނޫން،" ރައީސް ވިދާޅުވެފައި ވެ އެވެ.
އިންޑިއާ ސިފައިންގެ ފުރަތަމަ ބެޗު ރާއްޖެ ދޫކޮށް ދިޔައީ މިދިޔަ މާޗު މަހުގެ ކުރީކޮޅެވެ. މާޗު މަހުން ފެށިގެން ކޮންމެ މަހަކު ފަހަރަކު ބެޗެއް ރާއްޖެ ދޫކުރަމުން ގޮސް ފަހު ބެޗު ރާއްޖެ ދޫކޮށް ދާން ޖެހެނީ އަންނަ މަހުގެ 10 ގެ ނިޔަލަށެވެ.
ރައީސް ރޭ ވިދާޅުވީ، ރާއްޖޭގެ މިނިވަންކަން ޔަގީންކުރަން އަދިވެސް ކުރަންޖެހޭ ކަންކަން އެބަހުރި ކަމަށާއި އެ ކަމަށްޓަކައި ރައްޔިތުންގެ މަޖިލިހުގެ އެއްބާރުލުން ބޭނުންވާ ކަމަށެވެ. އެއީ އެކި ގައުމުތަކާ އެކު ހަދާފައިވާ އެއްބަސްވުންތަކަށް ބަދަލު ގެނައުމާއި ގާނޫނުތަކަށް ބަދަލު ގެނައުމާއި އަލަން ގާނޫނުތައް ހަދަން ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް މުއިއްޒު އިއްޔެ ހަވީރު އައްޑު އަށް ވަޑައިގަތުމުން ގަން އެއާޕޯޓުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ނުކުތް މީހުންނާ ސަލާން ކުރައްވަނީ.
"މި ހުރިހާ ކަމެއް ކުރެވެން މި އޮތީ މަޖިލިހުގެ ތެރެއިން އަމިއްލަ މިނިވަންކަމުގެ އިހުސާސް ރައްޔިތުންނަށް ކޮށްދޭން ބޭނުންވާ ފިކުރުގެ މީހުން ހޮވިގެން. އެއީ ދިވެހީންގެ ރާއްޖޭގެ ފިކުރު. ދިވެހީންގެ ރާއްޖެއެކޭ މި ކިޔަނީ. ބޭރު މީހުންގެ ރާއްޖެއެކޭ ނޫން. އެހެންވީމާ ދިވެހީންގެ ރާއްޖެއެއްގައި ދިވެހިންނަށް އިސްކަން ދޭނީ. ޕްރޯ މޯލްޑިވްސް އަޅުގަނޑުމެންގެ ސިޔާސަތަކީ،" ސަރުކާރު ހިންގާ ކޯލިޝަންގެ މައި ޕާޓީ ޕީއެންސީގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ރައީސް މުއިއްޒު ވިދާޅުވި އެވެ.
އެހެންވީމާ އެ ވައުދު ފުއްދުނީ ނޫންތޯ؟ މިތާ ތިބި ބޭރުގެ ހުރިހާ ސިފައިން 10 މޭ ގެ ކުރިން ފައިބާނެ. އެހެންވީމާ އަޅުގަނޑު ވާ ވައުދެއް ވިއްޔާ އިރާދަކުރެއްވިއްޔާ މަސައްކަތް ކުރާނީ ހަމަ އެންމެ ފުރިހަމައަކަށް އެ ކަމެއް ކޮށްދޭން."--- ރައީސް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު މިހާތަނަށް ކޮންމެ ސަރުކާރަކުން ވެސް ބަލަހައްޓަމުން އައީ އިންޑިއާގެ އެހީތެރިކަމާ އެކު ކަމަށް ވިޔަސް މި ސަރުކާރުން ވަނީ ތުރުކީ އިން މިހާތަނަށް އަސްކަރީ ތިން ޑްރޯން ގަނެ، ރާއްޖޭގެ އިގުތިސާދީ ސަރަހައްދު އަމިއްލަ އަށް ބަލަހައްޓަން ފަށައިފަ އެވެ. އެ ޑްރޯންތައް އޮޕަރޭޓް ކުރަން ތިބެނީ ވެސް ތުރުކީ އިން ތަމްރީނު ހޯދާފައިވާ ދިވެހި ސިފައިންނެވެ.
ކުރިމަގުގައި އިތުރު ޑްރޯންތައް ވެސް ރާއްޖެ ގެންނަން ދިވެހި ސަރުކާރުން ވަނީ ނިންމައިފަ އެވެ.
ދިވެހި ސިފައިން ޑޯނިއާ ނުދުއްވާ ސަބަބު ހާމަކުރަނީ
ސިވިލިއަނުން ގެންނަނީ ވަކި މުއްދަތަކަށް: ރައީސް
ރައީސް ބޭނުންވަނީ އިންޑިއާ އިން ލުއި ގޮތްތަކެއް!
ސިފައިން ބާލަން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައި
ސިފައިން ނެތި އެއާކްރާފްޓް އޮޕަރޭޓްކުރެވޭނެ ގޮތް ހޯދަނީ
ބަލަނީ ހެލިކޮޕްޓަރާއި ޑޯނިއާ އަދިވެސް ބޭނުންކުރަން
ޑޯނިއާ ދުއްވޭނެ ސިފައިންގެ ޕައިލެޓެއް ނެތް: ޑިފެންސް
"އިންޑިއާއާ މައްސަލައެއް ނެތް، ސިފައިން ތިބެން ނޭދޭ"
އިންޑިއާއިން ހަދިޔާކުރި ޑޯނިއާ އާއި ހެލިކޮޕްޓަރު ބޭނުންކުރަން ފަށައިފި
ސިފައިންނަށް ނޭނގި އިންޑިއާ ހެލިކޮޕްޓަރު ދަތުރެއް ކުރި