Roadha Mihaaru
އިދިކޮޅު ބެނާތަކުން ވެސް ފެންނަނީ އެންޓި ކެމްޕޭނު

އިދިކޮޅު ބެނާތަކުން ވެސް ފެންނަނީ ސިޔާސަތެއް ނޫން، އެންޓި ކެމްޕޭނު: ހީނާ

14 އެޕްރީލް 2024

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މަގުތަކުގައި ދަމާފައިވާ ބެނާތަކާއި ޕޯސްޓަރުތަކުން ވެސް އެއްވެސް އަމާޒެއް ނޫނީ ސިޔާސަތެއް ނުފެންނަ ކަމަށާއި، އެ ޕާޓީން މުޅިން ވެސް ކުރަނީ އެންޓި ކެމްޕޭނު ކަމަށް އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

އިދިކޮޅު އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް މަގުތަކުގައި ދަމާފައިވާ ބެނާތަކާއި ޕޯސްޓަރުތަކުން ވެސް އެއްވެސް އަމާޒެއް ނޫނީ ސިޔާސަތެއް ނުފެންނަ ކަމަށާއި، އެ ޕާޓީން މުޅިން ވެސް ކުރަނީ އެންޓި ކެމްޕޭނު ކަމަށް އިންތިހާބަށް ޕީއެންސީން ކަނޑައަޅާފައިވާ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެ އެވެ.

ޕީއެންސީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހީނާ ވިދާޅުވީ އިންތިހާބެއް ކާމިޔާބު ކުރުމަށް އެމްޑީޕީގެ އެއްވެސް އަމާޒެއް އަދި ސިޔާސަތެއް ވެސް ނުފެންނަ ކަމަށާއި، އެ ކަން އެ ޕާޓީން މަގުމަތީގައި ދަމާފައިވާ ބެނާތަކާއި ޕޯސްޓަރުތަކުން ވެސް ސާފުވާ ކަމަށެވެ.

"[އެމްޑީޕީގެ ކެމްޕޭނު ބެނާތަކުގައި] އެ ބޭފުޅުންގެ ސިޔާސަތުތަކެއް ނެތް ފެންނާކަށް. އެހެން ނަމަވެސް އަޅުގަނޑުމެންނަށް ފެންނަން ހުރީ އެ ބޭފުޅުންގެ ވެރިކަން ގެއްލުމުން ނުވަތަ ވެރިކަން ބަދަލުވުމުން، އެ ލިބުނު އެއްޗެއް ގެއްލުނީމަ ވީ ތަދުން އެ ރިހުމުގައި އެންޓި ކެމްޕޭން ކުރަމުންދާތަން" އެންސްޕާގެ ސީއީއޯކަން ވެސް ކުރައްވާ ހީނާ ވިދާޅުވި އެވެ.

އެ ކަމާ ވަރަށް ބޮޑަށް ކަންބޮޑުވުންފާޅު ކުރައްވައި ހީނާ ވަނީ އެމްޑީޕީގެ ބެނާތަކާއި ޕޯސްޓަރުތައް ކަނޑައެޅިގެން އިލެކްޝަންސް ކޮމިޝަނުގެ ގާނޫނާ ހިލާފުވެފައިވާ އިރު، އެ ކަން އިލެކްޝަންސް ކޮމިޝަނަށް ނުފެންނަނީތޯ ސުވާލު ކުރައްވައިފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި ގާނޫނު ހަދާ މަޖިލީހަށް މެމްބަރުން އިންތިހާބު ކުރުމަށް ފޯކަސް ކުރުމުގެ ބަދަލުގައި އެމްޑީޕީގެ ބެނާތަކުން ވެސް ފެންނަނީ ބަދަލު ހިފުމުގެ ރާގަކަށް ހުރި އިބާރާތްތަކެކެވެ.

ޕީއެންސީން ވަނީ މި މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބާ ދިމާކޮށް އިދިކޮޅު ފަރާތްތައް އިސްވެ ދޮގު ހަބަރު ފަތުރައި އެންޓި ކެމްޕެއިން ކުރަމުންދާތީ އެ މައްސަލަ އީސީ އަށް ހުށަހަޅަން ނިންމައިފަ އެވެ.

ގެއްލުން ދިނުމުގެ ނިޔަތުގައި ވެސް ކެންޑިޑޭޓުން އަދި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި ރިޝްވަތުދިނުމާއި ވޯޓު ގަނެވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުން ދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް އެޗްއާރުސީއެމުން މިއަދު ވަނީ ބުނެފަ އެވެ.

އެހެންކަމުން، އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ހައްގުތަކަށް އުނިކަން ނާންނަގޮތަށް ކެމްޕެއިންކުރަން އެޗްއާރުސީއެމުން ވަނީ އެދިފަ އެވެ.