ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުމާއި އިސްކަން ވަރަށް މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
29 އެޕްރީލް 2024
ފުލުހުންގެ ހިދުމަތުގައި އަންހެނުންގެ ބައިވެރިވުމާއި އިސްކަން ވަރަށް މުހިންމު ކަމަށް ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެ ވަނަ ދައުރު އިފްތިތާހު ކުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ސާޖިދާ ވިދާޅުވީ، ދިވެހި ފުލުހުންގެ މުހިންމު ދައުރުގެ ތެރެއިން އަންހެން ފުލުހުންގެ ދައުރު ފާހަގަކޮށްލެވޭ ކަމަށެވެ.
ސާޖިދާ ވިދާޅުވީ، ފުލުހުންގެ ހިދުމަތުގެ ތެރޭގައި އަންހެނުންގެ ބާރު ހަރުދަނާވެ، އަންހެނުންގެ ދައުރު ފުޅާވުމުން އެ މުއައްސަސާގެ މަސްއޫލިއްޔަތު އަދާކުރުމުގައި ހެޔޮ ނަތީޖާ ފެންނާނެ ކަމަށެވެ.
"މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" ގެ ދެ ވަނަ ދައުރުގެ މެންބަރުންނާއެކު މެޑަމް ސާޖިދާ -- ފޮޓޯ: ރައީސް އޮފީސް
ފުލުހުންގެ މުއައްސަސާގެ އެކި ހިދުމަތްތަކާއި އެކި ދާއިރާތަކުގައި އަންހެން ފުލުހުންގެ ބަހާއި ބައިވެރިވުމާއި އިސްކަން މުހިންމު ކަން ތަކުރާރުކޮށް ސާޖިދާ ފާހަގަކުރެއްވި އެވެ.
ރާއްޖޭގެ އަމްނު ބެލެހެއްޓުމުގައި ދިވެހި އަންހެން ފުލުހުން އަދާކުރާ މުހިންމު ދައުރަށްޓަކައި އެކަމަނާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށާއި އެގޮތުގައި ކުރިއަށް ދިއުމަށް ސާޖިދާ ގޮވައިލެއްވި އެވެ.
ސާޖިދާ ވިދާޅުވީ، އަންހެނުންގެ ބާރުވެރިކަން އިތުރުކުރެވޭނެ މަގެއް ހޯދުން މުހިންމު ކަމަށާއި އަންހެނުންގެ ގާބިލްކަން އިތުރުވަމުންދާ ވަރަކަށް މުޖުތަމައުގައި ހުރި އަންހެނުންނާ ގުޅޭ މައްސަލަތައް ހައްލުކުރުމަށް މަގުފަހިވާނެ ކަމަށެވެ.
'މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓާ' ފޮތް ސާޖިދާ ނެރުއްވައިދެއްވަނީ -- ފޮޓޯ: ރައީސް އޮފީސް
ރޭގެ ރަސްމިއްޔާތުގައި ފަސްޓް ލޭޑީ ވަނީ "މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީ" އިން އެކުލަވާލައި ޝާއިއުކުރަމުން އަންނަ "މޯލްޑިވްސް ވިމެން އިން ޕޮލިސިން މަންތްލީ ނިއުސް ލެޓާ' ފޮތް ވެސް އިފްތިތާހު ކޮށްދެއްވައިފަ އެވެ.
ސަންފަ، ފުލުހުންގެ ފުރަތަމަ އަންހެން ކައްޕި، ޝަރަފެއް
ފުލުހުންގެ މޮޓޯކޭޑުގައި ފުރަތަމަ ފަހަރަށް އަންހެނެއް!
ގޮތްދޫނުކޮށް ކުރީ ސަފަށް ނުކުތް އަންހެން ފުލުސް
މާލޭގެ އަންހެނުންގެ ހާލަތު ބަލަން ނިކުންނަނީ
އާއިލާއިން މީހަކަށް އަނިޔާކުރާ ކަމަށްބުނާ މައްސަލައެއް
ނަޝްވާ: 28 އަހަރުގެ ހިދުމަތަށް ސެލިއުޓް ހައްގު
33 ޕަސެންޓު އަންހެނުންނަށް ހާއްސަ ކުރުމަށް ބިލެއް
މަޖިލީހަށް ކުރިމަތިލީ އެންމެ 10 ޕަސެންޓު އަންހެނުން!
32 އަންހެނުން: ކާމިޔާބުވީ އެންމެ ކެންޑިޑޭޓަކަށް!
ޓޫރިޒަމަށް އަންހެނުން ނެރެން ހާއްސަ ޕްރޮގްރާމެއް