20 މެއި 2024
ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ޝަރީއަތް ނިމެންދެން ދަމަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
ހިޔާނާތާއި މަނީ ލޯންޑަރިންގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ، ބައްސާމް އަދީލް ޖަލީލްގެ ޕާސްޕޯޓް ހިފަހައްޓާފައި އޮތް އޮތުން ޝަރީއަތް ނިމެންދެން ދަމަހައްޓަން ކްރިމިނަލް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.
އެފްއޭއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ބައްސާމްގެ ޕާސްޕޯޓް ދައުލަތުން އެދިގެން، ހިފެހެއްޓީ ޑިސެމްބަރު މަހު ކުރީކޮޅުގަ އެވެ. އެ މުއްދަތު ހަމަވާނީ އަންނަ މަހުގެ ކުރީކޮޅަށެވެ.
އެ މުއްދަތު ހަމަވާން، ކައިރިވެފައި ވުމުން ދައުލަތުން މިއަދު ވަނީ ބައްސާމްގެ ޕާސްޕޯޓް ޝަރީއަތް ނިމެންދެން ހިފަހައްޓައި ދިނުމަށް ކޯޓުގައި އެދިފަ އެވެ.
ކޯޓުން ވަނީ އެ އަމުރު ނެރެފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހާއި ހުކުރު ދުވަހު ތައިލެންޑްގައި ބޭއްވި އޭއެފްސީ އާއި ފީފާގެ ކޮންގްރެސް އަށް ވަޑައިގަތުމަށް ބައްސާމް، ރަޖިސްޓަރީ ކުރެއްވި އެވެ.
އެކަމަކު ޕާސްޕޯޓް ހިފަހައްޓާފައިވުމުން އޭނާ އަށް ދަތުރުނުކުރެވޭތީ، ކޮންގްރެސްގައި ބައިވެރިނުވެވި ބައްސާމް ހުންނަވަން ޖެހުނީ ރާއްޖޭގަ އެވެ.
އެފްއޭއެމްގެ އަނެއް ދެ މަންދޫބުން ކަމަށްވާ، އެ އެސޯސިއޭޝަނުގެ ނައިބު ރައީސް އަލީ އުމަރާއި ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، ތައިލެންޑަށް ވަޑައިގެން އޭއެފްސީ އާއި ފީފާގެ ކޮންގްރެސްގައި އެފްއޭއެމް ތަމްސީލު ކުރެއްވި އެވެ.
މިދިޔަ އަންގާރަ ދުވަހު، ސްޕޯޓްސް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން ބޭއްވި ޕްރެސް ކޮންފަރެންސްގައި ސްޕޯޓްސް ކޮމިޝަނާ މުހައްމަދު ތޮލާލް ވިދާޅުވީ، ރާއްޖޭގެ ގާނޫނު ހުރަސްނާޅާނަމަ، ފީފާގެ ކޮންގްރެސްގައި އެފްއޭއެމްގެ ކޮންމެ މަންދޫބަކު ތަމްސީލު ކުރައްވަން ވަޑައިގަތަސް، އެކަމާ އިއުތިރާޒު ނުކުރައްވާނެ ކަމަށެވެ.
ގަތަރުގައި މީގެ ކުރިން އޮތް އޭއެފްސީގެ އެހެން ބައްދަލުވުމަކަށް ދާން ކަމަށް ބުނެ، ޕާސްޕޯޓް ދޫކޮށް ދިނުމަށް އެދި ކްރިމިނަލް ކޯޓަށް ބައްސާމް މައްސަލަ ހުށަހެޅި އެވެ. ފެބްރުއަރީ މަހު އެ ކޯޓުން ނިންމީ އޭނާގެ ޕާސްޕޯޓް ދޫ ނުކުރުމަށެވެ.
އެފްއޭއެމްގެ ފައިސާ އަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި ދައުލަތުން ވަނީ ބައްސާމަށް ދައުވާކޮށްފަ އެވެ. އަދި ވެސް އިތުރު މައްސަލަތައް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ޕްރޮސިކިއުޓާ ޖެނަރަލް ހުސައިން ޝަމީމް އަންގަވައިގެން ފުލުހުން ފެށި ތަހުގީގުގައި މިދިޔަ އޮކްޓޯބަރު މަހު އެފްއޭއެމްގެ އޮފީސް ވެސް ރެއިޑް ކުރި އެވެ.
ބައްސާމްގެ މައްސަލާގައި ބައެއް ހެކި ސިއްރުކުރަން އެދެފި
ބައްސާމްގެ ފްލެޓް އަތުލުން ފަސްކުރުމުން ފާޑުކިޔުން
ބައްސާމަކީ ކުށްވެރިއެކޭ ބުނުމަކީ ކޯޓުގެހުރުމަތް ކެނޑުން
އޭއެފްސީގެ ބައްދަލުވުމަށްދާން ބައްސާމަށް ހުއްދަ ނުދިން
ބައްސާމްގެ އެޕާޓްމެންޓްމައްސަލަ ފަނޑިޔާރުންގެ ރިވިއުއަށް
މޯލްޑިވިއަނަށް އެފްއޭއެމް 7.4 މިލިއަން ދަރާފައި
އެފްއޭގެ ދަރަނި 150 މިލިއަން ރުފިޔާ އަށް އަރައިފި
ބައްސާމްގެ ދެ ޕެންޓްހައުސްގެ މައްސަލަ ހައި ކޯޓަށް
ބައްސާމްގެ ދެ އެޕާޓްމަންޓް ފުލުހުންނާ ހަވާލުކޮށްފި
ނިންމުން ބަދަލުކޮށް ބައްސާމްގެ އެޕާޓްމަންޓް އަތުލަނީ