Roadha Mihaaru
އެންޑީއޭގެ ޗެއާމަނަކަށް ލުބްނާ

އެންޑީއޭގެ ޗެއާމަނަކަށް ލުބްނާ

25 ޖޫން 2024

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު އަލުން އެކުލަވާލައި، ޗެއާމަން އަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން އައްޔަންކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޭޝަނަލް ޑްރަގް އެޖެންސީގެ ބޯޑު އަލުން އެކުލަވާލައި، ޗެއާމަން އަކަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލުބްނާ ޒާހިރު ހުސެއިން އައްޔަންކުރައްވައިފި އެވެ.

ރައީސް އޮފީހުން މި މަހުގެ 13 ވަނަ ދުވަހު އެ އެޖެންސީއަށް ފޮނުވި ސިޓީގައި ވަނީ، މަސްތުވާތަކެއްޗާ ބެހޭ ގާނޫނުގެ ދަށުން އުފައްދާފައިވާ 10 މެމްބަރުންގެ ބޯޑަށް ބަދަލު ގެނެސްފަ އެވެ.

އެ ތަނުގެ އިސްވެރިއަކަށް ހަމަޖައްސަވާފައިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ވެސް އެ މަގާމު ފުރުއްވި ލުބްނާ އެވެ. އޭގެ އިތުރުން ދެން ހިމެނިވަޑައިގަންނަވަނީ؛

- ޝިބާނާ އަބްދުﷲ ދީދީ (ރައީސް އޮފީހުގެ ޑެޕިއުޓީ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ)

- އިސްމާއިލް ޒާހިރު (ހެލްތު މިނިސްޓްރީގެ ނައިބު)

- އިސްމާއިލް ރަޝީދު (ޔޫތު މިނިސްޓްރީގެ ނައިބު)

- ފާތިމަތު އައްޒަ (އެޑިއުކޭޝަން މިނިސްޓްރީގެ ޑިރެކްޓާ ޖެނެރަލް)

- ލެފްޓެނަންޓް ކާނަލް ޑރ. އާމިނަތު ޝުމްރާ (އެމްއެންޑީއެފް)

- ޗީފް ސުޕްރިޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝާކިރު (ޕޮލިސް)

- ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެންޓް އަހުމަދު ސިމާހް (ކަސްޓަމްސް)

- ސީނީޒު އަލީ (ޗީފް ޕްރިންސިޕަލް އިމިގްރޭޝަން އޮފިސަރު)

- އަހުމަދު އަބްދުއްސައްތާރު (ޖާނީ ޖަމިއްޔާ)

ނޭޝަނަލް ޑްރަގް އެޖެންސީ ހިންގަނީ، އެ އެޖެންސީގެ ބޯޑުގެ ލަފާއާއި އިރުޝާދާ އެއްގޮތަށް އެތަނަށް އައްޔަންކުރާ ސީއީއޯ އެވެ. އެންޑީއޭގެ ސީއީއޯއަކީ އިމާދު ސޯލިހެވެ.