Roadha Mihaaru
ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން!

ދިރިއުޅެން އެކަށީގެން ނުވާ ތަނެއްގައި 100 ބިދޭސީން ގެންގުޅުނު މީހަކު ހައްޔަރުކޮށްފި

01 ޑިސެމްބަރ 2019

މާލޭގައި ގަވާއިދާ ޚިލާފަށް ގެސްޓު ހައުސްއެއް ހިންގައި އެތަނުގައި 100 އަށް ވުރެން ގިނަ ބިދޭސީން ތޮއްޖައްސައިގެން ގެންގުޅުނު މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މާލޭގައި ގަވާއިދާ ޚިލާފަށް ގެސްޓު ހައުސްއެއް ހިންގައި އެތަނުގައި 100 އަށް ވުރެން ގިނަ ބިދޭސީން ތޮއްޖައްސައިގެން ގެންގުޅުނު މައްސަލައިގައި ބަންގްލަދޭޝް މީހަކު ހައްޔަރުކޮށްފި އެވެ.

އިމިގްރޭޝަނުން ބުނީ މަންނާން މިއާ، 29، ހައްޔަރުކުރީ މިދިޔަ މަހުގެ 21 ގައި ފުލުހުންނާ އެކު ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ. އިމިގްރޭޝަންގެ ގާނޫނާ ޚިލާފު އަމަލުތަކެއް އޭނާ ހިންގާފައިވާ ކަމަށް ތުހުމަތު ކުރެ އެވެ.

އިމިގްރޭޝަނުން އާއްމުކޮށްފައިވާ އެ އޮޕަރޭޝަންގެ ވީޑިއޯ އިން ފެންނަ ގޮތުގައި ބިދޭސީމީހާ ހިންގި ގެސްޓު ހައުސްއަކީ އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ތަނެކެވެ. އިމާރާތުގެ ބޮޑު ބައި ހަދާފައި ހުރީ ޓިނު ޖަހައިގެންނެވެ.

އޮޕަރޭޝަނާ ގުޅޭ ގޮތުން އިމިގްރޭޝަނުން އާއްމުކޮށްފައިވާ ވީޑިއޯ.

އެތަނުގެ ތެރޭގައި 90 އަކަފޫޓުގެ 11 ކޮޓަރި ހުރި އިރު، ހުރިހާ ތަނެއްގައި ވެސް ވަނީ ބިދޭސީން ނިދަން އަށިތައް ހަދައިފަ އެވެ. މިތަންތަން ހަދާފައި ހުރީ ދަގަނޑު ހޮޅި އާއި ލަކުޑި ބޭނުންކޮށްގެންނެވެ. އެތަނުގައި ސާފުތާހިރުކަން ކުޑަ އިރު، ވައިދައުރުވާ ގޮތެއް ވެސް ނެތެވެ. ފާޚާނާތަކުގެ ހާލަތު ދަށެވެ.

އިމިގްރޭޝަނުން މި އޮޕަރޭޝަންގައި އަތުލައިގަތީ އެންމެ މީހެކެވެ. މިފަދަ ގިނަ ގެސްޓު ހައުސްތައް ބިދޭސީން މާލޭގައި ހިންގަ އެވެ. ބައެއް ތަންތަނުގައި ބިދޭސީން ނިދަނީ، ދަންފަޅި ބަހައިގެންނެވެ.

އިމިގްރޭޝަނުން ބުނިގޮތުގައި ގަވާއިދާ ޚިލާފަށް ހިންގި ގެސްޓް ހައުސްގައި ތިބި އެންމެން ގާނޫނީ އިމުގެ ތެރެއަށް ވަންނަން މިހާރު ވަނީ ފުރުސަތު ދީފަ އެވެ.