Roadha Mihaaru
ޝާހްރުކްގެ އާ ފިލްމުގައި ދީޕިކާ އާއި ކެޓުރީނާ

ޝާހްރުކްގެ އާ ފިލްމުގެ ބަތަލާއިންނަކީ ދީޕިކާ އާއި ކެޓުރީނާ

28 ފެބުރުއަރީ 2017

ޝާހްރުކް ޚާން ފަށަން އުޅޭ އާނަންދް އެލް. ރާއީގެ، ޑްވޯފެއް އުޅޭ ފިލްމުގެ މަސައްކަތް އަންނަ މަހު ފަށާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ފިލްމުގައި ދެ ބަތަލާއިން އުޅޭނެ ކަމަށް ޑައިރެކްޓަރު މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. އެ

ފާތުމަތު އަނީސާ ފާތުމަތު އަނީސާ

ޝާހްރުކް ޚާން ފަށަން އުޅޭ އާނަންދް އެލް. ރާއީގެ، ޑްވޯފެއް އުޅޭ ފިލްމުގެ މަސައްކަތް އަންނަ މަހު ފަށާ ގޮތަށް މިހާރު ވަނީ ހަމަޖެހިފަ އެވެ. ފިލްމުގައި ދެ ބަތަލާއިން އުޅޭނެ ކަމަށް ޑައިރެކްޓަރު މިދިޔަ އަހަރު ވަނީ ބުނެފަ އެވެ. އެ

އެއްބަޔަކު އޭރު ބުނީ ފިލްމުގެ ބަތަލާއިންނަކީ އާލިއާ ބަޓް އާއި ސޯނަމް ކަޕޫރު ކަމަށެވެ. ނަމަވެސް އަނެއް ބަޔަކު ބުނީ ކެޓުރީނާ ކައިފް ކަމަށެވެ. ނަމަވެސް އެންމެ ފަހުގެ ޚަބަރުތައް ބުނާ ގޮތުގައި ދީޕިކާ ޕަދުކޯން އާއި ކެޓުރީނާ ކައިފް މި ފިލްމުގެ ބަތަލާއިންނަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

މި ދެ އެކްޓަރުންގެ މާޒީއަށް ބަލާއިރު އެކުގައި ފިލްމެއް ކުޅުމަކީ ވަރަށް ބޮޑު ކަމެކެވެ. ސަބަބަކީ ދެ މީހުންނަކީ ވެސް ރަންބީރު ކަޕޫރުގެ ކުރީގެ ލޯބިވެރިންނަށް ވުމެވެ. މީގެ ކުރިން މިފަދަ ފިލްމަކަށް ފެނުނީ ރޭކާ އާއި ޖާޔާ ބައްޗަން ބަތަލާގެ ރޯލު އަދާކުރި "ސިލްސިލާ" އެވެ.

ފިލްމުގެ މަސައްކަތުގައި އުޅޭ މީހަކު މައުލޫމާތު ދީފައިވާ ގޮތުގައި އެހެން ބައެއް ބަތަލާއިންނާ އެކު ވެސް އާނަންދް ރާއީ މަޝްވަރާތައް ކުރި އެވެ. ނަމަވެސް އެންމެ ފަހުން ކެޓުރީނާ އާއި ދީޕިކާ އަށް ފިލްމު ދޭން ނިންމީ އެވެ. ކެޓުރީނާގެ ބަދަލުގައި ދީޕިކާ ފިލްމަށް ނެގި ކަމުގެ ޚަބަރުތައް ފެތުރުނު ނަމަވެސް މިއީ ދެ ބަތަލާއިން އުޅޭ ފިލްމަކަށް ވާތީ މި ދެ ތަރިން ވެސް ފިލްމުގައި ހިމަނާފައިވާ ކަމަށްވެ އެވެ.

މި ފިލްމު ކުޅެން ކެޓުރީނާ އާއި ދީޕިކާ ސޮއިކޮށްފި ނަމަ މިއީ ފިލްމަކުން މި ދެ އެކްޓަރުން ފެންނަ ފުރަތަމަ ފަހަރަށް ވާނެ އެވެ. ނަމަވެސް މި ދެ އެކްޓަރުން އެއް ފިލްމެއްގައި ބައިވެރިކޮށްގެން މަސައްކަތްކުރާކަށް ފިލްމު އުފައްދާ ފަރާތަކަށް ފަސޭހައެއް ނުވާނެ އެވެ. ސަބަބަކީ ދީޕިކާ އާއި ކެޓުރީނާ އެކަކު އަނެކަކާ ވާހަކަ ނުދައްކާތީ އެވެ. އެހެންވެ މި ފިލްމުގައި އެމީހުން އެކުގައި މަސައްކަތްކުރާތަން ބަލަން ގިނަ ބަޔަކު ޝައުގުވެރި އެވެ.

މި ދެ ތަރިން ފިލްމު ގަބޫލުކުރި މައިގަނޑު ސަބަބަކަށް ވަނީ ޝާހްރުކް އުޅޭ ފިލްމަކަށް ވެފައި އާނަންދް ރާއީ ޑައިރެކްޓްކުރާތީ އެވެ. އާނަންދު ރާއީގެ ފިލްމުތަކުގައި ބަތަލާއިންނަށް ވަރަށް ވަރުގަދަ ރޯލުތައް ކުޅެން ލިބެ އެވެ.