މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލު ގޮޅިތަކުގެ ކެމެރާ މޮނިޓަ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
02 ސެޕްޓެމްބަރ 2024
މާލޭގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަޅިން ބިރު ދައްކައި އަންހެނަކު ރަހީނުކުރި މައްސަލައިގައި ފުލުހުން ހައްޔަރުކުރި އާދަމް އަތުހަރު ދޫނިދޫ ޖަލު ގޮޅީގައި ދަންޖެހިފައި ހުއްޓާ ފެނުނީ ޖަލު ގޮޅިތަކުގެ ކެމެރާ މޮނިޓަ ކުރަމުން ދަނިކޮށް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ޝަރީއަތް ނިމެންދެން ބަންދުކުރި އަތުހަރު މަރުވާން މަސައްކަތްކުރުމުން ހާލު ބޮޑުވެ، މިހާރު ފަރުވާ ދެމުން ގެންދަނީ އައިޖީއެމްއެޗްގެ އައިސީޔޫގަ އެވެ. ހާލު ސީރިއަސްކަމުން އޮތީ ވެންޓިލޭޓަރު ގުޅާފައި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
އަތުހަރު ދަންޖެހުނު ހާދިސާއާ ގުޅޭ ގޮތުން ފުލުހުން މިއަދު އާންމުކުރި ޓައިމްލައިންގައިވާ ގޮތުން އޭނާ ދަންޖެހިފައި ހުއްޓާ ފެނުނީ އިއްޔެ އިރު އޮއްސި 7:02 ގަ އެވެ. ހަމަ އެ ވަގުތު ގޮޅިއަށް ވަދެ އަތުހަރު ނަގައި ބިންމަތީ ބޭއްވި ކަމަށާއި އޭގެ ތިން މިނެޓް ފަހުން ސްޓްރެޗަރުގައި އޭނާ ނެރެގެން އެއް މިނެޓް ތެރޭ ދޫނިދޫ ކްލިނިކަށް ގެންދިޔަ ކަމަށް ވެސް އެ ޓައިމްލައިނުން ދައްކަ އެވެ.
އޭގެ އަށް މިނެޓް ފަހުން 7:14 ވީއިރު އަތުހަތު ލޯންޗެއްގައި މާލެ ގެނައި ކަމަށާއި 7:17 ގައި އެމްބިއުލާންސަށް އަރުވައި 7:25 ވީއިރު އައިޖީއެމްއެޗްގެ އިމަޖެންސީއަށް ގެންދިޔަ ކަމަށް ވެސް ޓައިމްލައިންގައިވެ އެވެ.
ފުލުހުން އާންމުކުރި ޓައިމްލައިން
އެހެންވެ އަތުހަރު ދަންޖެހިފައި ހުއްޓާ ފެނުމާއި އޭނާ ހޮސްޕިޓަލަށް ގެންދިއުމާ ދެމެދު ހޭދަވީ 23 މިނެޓެވެ.
އެކަމަކު، ފުލުހުން އާންމުކުރި ޓައިމްލައިންގައި، އަތުހަރު އެންމެ ފަހުން ސަލާމަތުން ހުއްޓާ ފެނުނު ވަގުތެއް ބުނެފައެއް ނުވެ އެވެ.
އަތުހަރު އޭނާގެ ލޯބިވެރިޔާ ރަހީނުކުރީ އޭނާގެ ލޯބިވެރިޔާއާ އެކު އުޅޭ ގޭގެ ކުލީގެ މައްސަލައިގައި އުފެދުނު ދެބަސްވުމެއްގައި ވަޅިން ބިރު ދައްކާ ހަމަނުޖެހުން ހިންގަން ފެށުމުން އެތަނަށް ފުލުހުން ދިއުމާ އެކުގަ އެވެ. އަތުހަރުގެ ލޯބިވެރިޔާ އަކީ ޕޮލިސް ރެކްރޫޓެއް ކަމަށް ވާއިރު އޭނާ ވަނީ ފުލުހުން ދިއުމާ އެކު ލޯބިވެރިޔާގެ ކަރުގައި ވަޅި ޖައްސައި މަރުގެ އިންޒާރު ދީފަ އެވެ.
ކަރުގައި ވަޅި ޖައްސައިގެން ހުރެ ލޯބިވެރިޔާ ސައިކަލަށް އަރުވައި، އަތުހަރު އޭގެ ފަހަތުގައި އިނދެގެން ދަނިކޮށް ސަލާމަތްކުރީ ފުލުހުން އަތުހަރުގެ ބޮލުގައި މުގުރުން ޖަހައި ވައްޓާލައިގެންނެވެ. އޭނާ ޖަލަށް ގެންދިޔައީ ހައްޔަރުކުރަން އުޅުމުގެ ތެރޭގައި ލިބުނު އަނިޔާތަކަށް އޭޑީކޭ ހޮސްޕިޓަލާއި އައިޖީއެޗްގައި ފަރުވާ ދިނުމަށް ފަހުގަ އެވެ. ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ކުރިން ބުނެފައިވާ ގޮތުގައި އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާއިން ސީރިއަސް މައްސަލައެއް ފާހަގައެއް ނުވެ އެވެ.
އަތުހަރު މަރުވެއްޖެ, ތަހުގީގަށް އޮޓޮޕްސީ ހަދަނީ
އަތުހަރުގެ ގޮޅީގެ ވީޑިއޯއިން ގިނަ ސުވާލުތަކެއް!
އަތުހަރު މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ
އަތުހަރު ގޮޅީގައި އުޅުނު ގޮތް ފެންނަ ވީޑިއޯ ދައްކައިފި
އަތުހަރު އިނީ އަމިއްލަ ކަރުގައި ވެސް ވަޅި ޖައްސައިގެން
އަތުހަރު އަމިއްލައަށް މަރުވާން އުޅެގެން ފަރުވާ ދެނީ
އަތުހަރު ޝަރީއަތް ނިމެންދެން ބަންދުކޮށްފި
އަތުހަރުގެ ޓެސްޓުތަކުގެ ނަތީޖާ ނޯމަލް: ފުލުހުން
ހޮސްޕިޓަލުން ދޫކޮށްލުމުން އަތުހަރު ފުލުހުންގެ ހައްޔަރަށް
އަތުހަރުގެ ހާލު ގޯސްވެގެން އަނެއްކާވެސް އެޑްމިޓުކޮށްފި