ގއ. ކަނޑުހުޅުދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
08 ޖެނުއަރީ 2025
ގއ. ކަނޑުހުޅުދޫގެ ތަރައްގީއަށް ގިނަ ކަންތައްތަކެއް ކޮށްދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވައުދުވެވަޑައިގެންފި އެވެ.
ދެކުނުގެ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުގައި، ގއ. އަތޮޅުގެ ފުރަތަމަ ރަށް، ކަނޑުހުޅުދޫގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ އެރަށުގައި ބަނދަރުގެ ޖާގައިގެ ދަތިކަން އެބައޮތް ކަމަށެވެ. އަދި އެކަމުގައި ކައުންސިލާއި ސަރުކާރާ ދެމެދު މަޝްވަރާކޮށް، ކައުންސިލުން ބޭނުންވާ ގޮތަށް ބަނދަރު ބޮޑުކުރަން މަސައްކަތް ކުރާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ސްކޫލުގެ މަލްޓިޕާޕަސް ހޯލް އެޅުން ލަސްވުމުގެ މައްސަލަ ހައްލުކޮށް، އިތުރު ކްލާސްތަކާއެކު ސްކޫލުގެ ޖާގައިގެ ދަތިކަން ހައްލުކޮށް ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"މިހާރު މަސައްކަތް ކުރެވެމުންދާ މަޝްރޫއުގެ ސްކޯޕްގައި އިތުރު ކްލާސް ރޫމްތައް ވެސް ހިމަނައިގެން މި ރަށުގައި ކްލާސް ރޫމާއި މަލްޓިޕާޕަސް ހޯލް ނިންމައިދޭނެ ވާހަކަ އަޅުގަނޑު ދަންނަވަން،" ރައީސް ވިދާޅުވި އެވެ.
ހައުސިންގެ މައްސަލަ ހައްލުކުރުމަށް ބިން ހިއްކައިގެން އަންނަ އަހަރު ރޯހައުސް އަޅައިދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މި އަހަރު އެންމެ އިސްކަން ދޭނީ ސިއްހަތާއި ތައުލީމީ ދާއިރާ ތަރައްގީ ކުރުމަށް ކަމަށެވެ. އަދި އެ ރަށު ސިއްހީ މަރުކަޒުން އެދިފައިވާ ގޮތަށް 24 ގަޑިއިރު ހިދުމަތް ދޭ ތަނަކަށް އެތަން ބަދަލުކޮށް ދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޅިވަރު ތަރައްގީކުރަން ފުޓްސަލް ދަނޑުގައި ފެންސް ޖެހުމާއި ރޮސްޓްރަމް ޖާގަ އިތުރު ކުރުމާ އެކު، ދަނޑުގެ ޓާފު ބަދަލުކޮށް އެތްލެޓިކްސްއަށް އެތަން ވެސް ބޭނުން ކުރެވޭނެ ގޮތް ހަދައި ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އެ ރަސްމިއްޔާތަށްފަހު ބީއެމްއެލް އިން ވަނީ އެރަށުގައި ބަހައްޓާފައިވާ އޭޓީއެމް، ކައުންސިލާ ހަވާލުކޮށްފަ އެވެ.
މާއެނބޫދޫން 30 ހެކްޓަރުގެ ބިން ހިއްކާނަން: ރައީސް
ތިލަމާލެ ބްރިޖުގެ 50 ޕަސެންޓް މަސައްކަތް ނިމިއްޖެ
ހުއްޓިފައި ހުރި މަޝްރޫއުތައް މި މަހު ފަށަނީ
ހުއްޓިފައި ހުރި މަޝްރޫއުތައް އެހެން ބަޔަކާ ހަވާލުކުރަނީ
ތަރައްގީގައި ހުރިހާ ރައްޔިތުން ހަމަހަމަ: ރައީސް
ވައުދު ފުއްދާނީ ރައްޔިތުން ބޭނުންވާ ގޮތަށް: ރައީސް
"ރަށްރަށަށް ވަޒީރުން ގެންދަނީ އަވަހަށް ނަތީޖާ ނެރެން"
ތަރައްގީގެ މަޝްރޫއުތައް މި އަހަރު ފަަށައި ނިންމައިދޭނަން
ޗައިނާގެ މަޝްރޫއުތައް އަވަސް ކުރާނެ ކަމުގެ ޔަގީންކަން
ދިއްކޮށްލި ނޯޓުކޮޅުން ބައްޕައާ ބައްދަލުކުރުމުގެ ފުރުސަތު