Roadha Mihaaru

ރިޔަލުގައި ދުއްވާ އެންމެ ދިގު ކާގޯ ބޯޓު ބަނދެފި!

ރިޔަލުގައި ދުއްވާ ގޮތަށް މިހާތަނަށް ބަން އެންމެ ދިގު ކާގޯ ބޯޓު ތުރުކީގައި ބަނދެ ހުކުރު ދުވަހު މޫދަށް ބާލައިފި އެވެ.

ރިޔަލުގައި ދުއްވާ އެންމެ ދިގު ކާގޯ ބޯޓު ބަނދެފި!

ރިޔަލުގައި ދުއްވާ ގޮތަށް މިހާތަނަށް ބަން އެންމެ ދިގު ކާގޯ ބޯޓު ތުރުކީގައި ބަނދެ ހުކުރު ދުވަހު މޫދަށް ބާލައިފި އެވެ.

ތުރުކީގެ ތުޒްލާ ބަނދަރަށް، 136 މީޓަރު (450 ފޫޓު) ގެ "ނިއޯލައިނާ އޮރިޖިން" ބާލާފައި ވާއިރު ބޯޓުގައި ދެން ކުރަން ހުރި މަސައްކަތްތައް ކުރާނީ މޫދުގައި ބާއްވައިގެންނެވެ. އެކަމަށް ހަ މަސް ހޭދަވާނެ ކަމަށް އެ މަސައްކަތްކުރާ ކުންފުނިން ބުންޏެވެ.

ފްރާންސްގެ ކުންފުންޏެއް ކަމަށްވާ ނިއޯލައިން އިން ޑިޒައިންކޮށް، ތުރުކީގެ ޝިޕްޔާޑް އާރްއެމްކޭ މެރިން އިން ބަނދެފައިވާ މި އުޅަނދުގައި 3،000 އަކަ މީޓަރުގެ ރިޔާ ނެގުމަށް ދެ ކުނބު ހުންނާނެ އެވެ. މިއީ 5،300 ޓަނުގެ މުދާ އުފުލޭ، ދިގު ދަތުރުތަކަށް ހާއްސަ އުޅަނދަކެވެ.

ރިޔަލުގައި ދުއްވާ ގޮތަށް ހެދި އެންމެ ދިގު ކާގޯ ބޯޓު ބަނުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ރިޔަލުގައި ދުއްވާ ގޮތަށް ހެދި އެންމެ ދިގު ކާގޯ ބޯޓު ބަނުމުގެ މަސައްކަތްކުރަނީ. -- ފޮޓޯ: އޭއެފްޕީ

ނިއޯލައިންގެ ރައީސް ޖީން ޒަނުއްޓީނީ އޭއެފްޕީއަށް ވިދާޅުވި ގޮތުގައި ވައިން ދުއްވަން، [ގަޑިއަކު] 15 ނޮޓްސް [ގާތްގަނޑަކަށް 30 ކިލޯ މީޓަރު] އިން 11 ނޮޓްސް އަށް ސްޕީޑް ދަށްކޮށްލުމުން ތެލުގެ ހަރަދާއި ޖައްވަށް ބޭރުވާ ވިހަ މާއްދާތައް އެހެން ބޯޓުތަކާ އަޅާބަލާއިރު އެތައް ގުނައެއް މަދުވާނެ އެވެ. އޭނާ ވިދާޅުވީ މީގެ ދެ ވަނަ ބޯޓުގެ މަސައްކަތް ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށެވެ.

ރިޔަލުގައި ދުއްވާ ގޮތަށް ހެދި އެންމެ ދިގު ކާގޯ ބޯޓު ބަނދެ ނިންމުމަށް ފަހު ބާލަނީ. -- ފޮޓޯ: އޭއެފްޕީ

ރިޔަލުގައި ދުއްވާ ގޮތަށް ހެދި އެންމެ ދިގު ކާގޯ ބޯޓު ބަނދެ ނިންމުމަށް ފަހު ބާލަނީ. -- ފޮޓޯ: އޭއެފްޕީ

މި އުޅަނދު މި އަހަރުގެ ހޫނު މޫސުމުގައި ތުރުކީން ފުރައިގެން ފްރާންސްގެ އެޓްލާންޓިކް ބަނދަރު، ސެއިންޓް-ނަޒަޔަ އަށް ދާނެ އެވެ. އަދި އުތުރު އެމެރިކާއަށް އެތަނުން ފުރަތަމަ ދަތުރު ފަށާނެ އެވެ. އެއީ ފްރާންސްގެ ރަށެއް ކަމަށްވާ ސެއިންޓް-ޕިއެރޭ އެޓް-މިކްލޯން، އެމެރިކާގެ ބަނދަރު ކަމަށްވާ ބަލްޓިމޯ އަދި ކެނެޑާގެ ހެލިފެކްސްއަށް މުދާ އުފުލުމަށެވެ.

ދުނިޔޭގެ ވިޔަފާރީގެ ގާތްގަނޑަކަށް 90 ޕަސެންޓަކީ ކަނޑުމަގުން އުފުލާ މުދަލަށް ވާއިރު، ގްރީންހައުސް ގޭސް ބޭރުކުރާ މިންވަރުގެ ގާތްގަނޑަކަށް ތިން ޕަސެންޓު ހިއްސާކުރަނީ މެރިޓައިމް ޓްރާންސްޕޯޓް ދާއިރާކަމަށް އިންޓަނޭޝަނަލް މެރިޓައިމް އޯގަނައިޒޭޝަނުން ބުނެ އެވެ. -- އޭއެފްޕީ