ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ބުނެ އެ ޕޯސްޓް ޑިލީޓްކުރި މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
06 ފެބުރުއަރީ 2025
ޖަމާލުއްދީން ސްކޫލް (ޖޭއެސް) އިން ކިޔަވައި ވިދާޅުވި، ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު މީކާއިލް އަހުމަދު ނަސީމަށް ތައުރީފުކޮށް، އެ ސްކޫލުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރުމަށް ފަހު، އެޑިއުކޭޝަން މިނިސްޓްރީން އަންގައިގެން ކަމަށް ބުނެ އެ ޕޯސްޓް ޑިލީޓްކުރި މައްސަލައެއް މިއަދު ފެންމަތިވެއްޖެ އެވެ.
ޖޭއެސްގެ 40 ވަނަ އަހަރީ ދުވަހާ ގުޅިގެން އެ ސްކޫލުން އަންނަނީ އެ ތަނުން ތައުލީމު ހާސިލްކޮށް، ސްކޫލަށް ރީތި ނަން ހޯދައި ދިން މީހުންގެ ޕޯސްޓުތައް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
އެހެންވެ، މިއަދު ހަވީރު ޖޭއެސް އިން ވަނީ މީކާއިލް އެ ސްކޫލްގައި ކިޔަވައި ވިދާޅުވި ދުވަސްވަރު ހޯއްދެވި ކާމިޔާބީތައް ފާހަގަކޮށް ޕޯސްޓެއް ކޮށްފަ އެވެ. ނަމަވެސް އޭގެ ގަޑިއެއްހާއިރު ފަހުން އެ ސްކޫލުން ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމްތަކުން އެ ޕޯސްޓް ފޮހެލި އެވެ.
While I am genuinely grateful to the management and teachers of Jamaluddeen School for choosing to honour me, I am disgusted that they have been pressured into deleting the post by the Ministry. Never seen this level of micro-management and pettiness under any other govt. pic.twitter.com/X23y01SRKF
— Meekail Naseem (@MickailNaseem) February 6, 2025
އެކަމާ ގުޅިގެން އެކްސްގައި މީކާއިލް ތުހުމަތު ކުރެއްވި ގޮތުގައި، ޖޭއެސް އިން އެ ޕޯސްޓު ޑިލީޓްކުރީ އެޑިއުކޭޝަން މިނިސްޓްރީގެ އެންގުމަކަށެވެ. އޭނާ ވަނީ ސަރުކާރުން ސިޔާސީ ކަންކަމުގެ ތެރެއަށް ސްކޫލުތައް ވައްދާ ކަމަށް ވިދާޅުވެ، ނުރުހުން ފާޅުކުރައްވައިފަ އެވެ.
ނަމަވެސް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ވިދާޅުވީ، ޖޭއެސް އިން ޕޯސްޓް ފޮހެލި މައްސަލާގައި މީކާއިލްގެ ކަންބޮޑުވުން ފެނިވަޑައިގަތީ ފޭސްބުކުން ކަމަށެވެ. އެއީ ގޯސްކޮށް ހިނގާފައިވާ ކަމެއް ކަމަށާއި އެންމެ ރަނގަޅު މައުލޫމާތު އެނގިވަޑައިގަންނަވާނީ ޖޭއެސްގެ ޕްރިންސިޕަލަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
މީކާއިލް ވަނީ ޖޭއެސް އިން އޭނާގެ ކުރިއެރުން ފާހަގަކޮށް ކުރި ޕޯސްޓު ވެސް ފަހުން އާންމު ކޮށްފަ އެވެ.
އެ ޕޯސްޓުގައި ވަނީ ރާއްޖޭގެ ތާރީހުގައި ވެސް ރައްޔިތުންގެ މަޖިލީހަށް ހޮވި އެންމެ ޒުވާން މެމްބަރުންގެ ތެރޭގައި މީކާއިލް ހިމެނޭކަން ފާހަގަކޮށްފަ އެވެ. އަދި 2015 ވަނަ އަހަރުން ފެށިގެން މިދިޔަ އަހަރުގެ ނިޔަލަށް އޭނާ ހާސިލް ކުރައްވާފައިވާ ކާމިޔާބީތައް ވެސް ޖޭއެސްގެ ޕޯސްޓުގައި ވެ އެވެ.
ޖޭއެސްގެ ޕްރިންސިޕަލަށް "މިހާރު" އިން ގުޅި ނަަމަވެސް ފޯނަށް ޖަވާބެއް ނުދެއްވަ އެވެ.
ޕޯސްޓު ފޮހެލީ ބެލެނިވެރިންގެ ކަންބޮޑުވުންތައް ލިބުމުން!
އިހުސާންގެ މައްސަލަ ހޫނުވެ މީކާއިލް ތަޅުމުން ނެރެފި
އަބްދުއްރަހީމްގެ ރައްދު: "މި އިނީ މިނިވަންކަމާ އެކު"
ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލަކަށް ޝީތާ
ހަސަން، 18 އަހަރަށް ފަހު ޖަމާލުއްދީން ސްކޫލާ ދުރަށް
ދެ ސްކޫލު އަޅަން އަރަބިއްޔާގެ ބެލެނިވެރިން ގަބޫލެއް ނޫން
ބޮޑު އިންޒާރެއް؛ ސްކޫލަށް އެހެން ވަދެވިގެންނުވާނެ!
ހަމަލަދޭން އުޅުނު މީހާ ހަޅޭއްލަވަން ފެށުމުން ދޮރުތަޅުލި
މިނިސްޓަރު ޝިދާތާ އިސްތިއުފާ ދީ: އެމްޑީޕީގެ މެމްބަރުން
ޖަމާލުއްދީން ސްކޫލުގައި ހިތްގައިމު އައުޓްޑޯ ކްލާސްރޫމެއް