އިންޑިއާގެ އެންމެ ބާރު އުކުންތެރިޔާ ޖަސްޕްރީތު ބުމްރާ އަށް އަނިޔާވެ، އަންނަ ހަފުތާގައި ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރާ ސްކޮޑުން ވަކިވާން ޖެހިއްޖެ އެވެ.
އިންޑިއާގެ އެންމެ ބާރު އުކުންތެރިޔާ ޖަސްޕްރީތު ބުމްރާ އަށް އަނިޔާވެ، އަންނަ ހަފުތާގައި ފަށާ ޗެމްޕިއަންސް ޓްރޮފީ ކްރިކެޓް މުބާރާތުގައި ވާދަކުރާ ސްކޮޑުން ވަކިވާން ޖެހިއްޖެ އެވެ.
މިދިޔަ އަހަރު ދުނިޔޭގެ އެންމެ މޮޅު ކްރިކެޓް ކުޅުންތެރިޔާގެ މަގާމު ހޯދި ބުމްރާގެ ބުރަކަށްޓަށް އަނިޔާވީ، މިދިޔަ ޖެނުއަރީ މަހު އޮސްޓްރޭލިއާގައި ކުޅުނު މެޗެއްގަ އެވެ. ކުރިން ބެލެވުނީ އޭނާ ޗެމްޕިއަންސް ޓްރޮފީ އަށް ފިޓްވާނެ ކަމަށެވެ.
ބުމްރާގެ ބަދަލުގައި ސްކޮޑުގައި ހިމަނާފައިވަނީ ހަރްޝިތު ރާނާ އެވެ.
ބުމްރާ އަކީ އިންޑިއާ އިން މިދިޔަ އަހަރުގެ ޓީޓްވެންޓީ ކްރިކެޓް ވޯލްޑް ކަޕް ކާމިޔާބުކުރިއިރު މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާ އެވެ. އޭނާ ނެތުމަކީ އިންޑިއާ ޓީމަށް ފޫބައްދަން އުނދަގޫވާނެ ވަރުގެ ގެއްލުމެކެވެ.
މި ފަހަރު ވެސް އިންޑިއާ ޓީމުގެ ކެޕްޓަނަކަށް ހަމަޖައްސާފައިވަނީ ރޯހިތު ޝަރްމާ އެވެ. ޓީމުގައި ޒުވާން ބެޓްސްމަން ޝުބްމަން ގިލް އާއި ތަޖުރިބާކާރު ކުޅުންތެރިޔާ ވިރާތު ކޯލީ ހިމެނެ އެވެ.
ޕާކިސްތާނާއި، ޔޫއޭއީގައި ފެބްރުއަރީ 19 އިން މާޗު 9 އަށް އޮންނަ މުބާރާތުގައި އިންޑިއާ ހިމެނެނީ ބަންގްލަދޭޝް، ޕާކިސްތާން އަދި ނިއުޒީލެންޑާ އެކު ގްރޫޕް އޭ ގަ އެވެ.
މުބާރާތުގައި އިންޑިއާ ކުޅޭ ހުރިހާ މެޗެއް އޮންނާނީ ދުބާއީގަ އެވެ. އެއީ ޕާކިސްތާނުގައި ކުޅެން އެ ގައުމަށް ސަލާމަތީ ގޮތުން ރައްކާތެރިނުވާނެތީވެ އެވެ. އިންޑިއާ ފައިނަލަށް ހިނގައްޖެ ނަމަ އެ މެޗު ވެސް ކުޅޭނީ ދުބާއީގަ އެވެ. އެ ނޫނީ ފައިނަލް އޮންނާނީ ޕާކިސްތާނުގެ ކަރާޗީގަ އެވެ.
އިންޑިއާ އިން ޗެމްޕިއަންސް ޓްރޮފީ ކާމިޔާބުކޮށްފި
އޮސްޓްރޭލިއާ ބަލިކޮށް އިންޑިއާ ފައިނަލަށް
އަފްގާނިސްތާނުން ޗެމްޕިއަންސް ޓްރޮފީން އިންގްލެންޑް ކަޓުވާލައިފި
20 އަހަރަށް ފަހު ފާއިޒް ތައުލީމީ ދާއިރާ ދުރަށް
އަޒްޔާން: މިލާންގެ ތިންވަނަ ޖީލުގެ ޒުވާން ތަރި
އެންމެ މޮޅު ބެޓްސްމަނަކަށް ރާއްޖޭގެ އަޒްޔާން
ވިއްސާރަވެ މެޗު ނުކުޅެވުނު، ތައިލެންޑަށް ތަށި
ބޫޓާން މުބާރާތުގެ ފައިނަލަށް ރާއްޖެ އާއި ތައިލެންޑް
ކްރިކެޓްގެ ރައީސް ފައިސަލް ދެވަނަ ދައުރަކަށް ހޮވައިފި
ކުޅިވަރުގައި ނާސިރު ވަރެއް ނެތް!