ބެލޮންޑިއޯ އެވޯޑް ހަފުލާއަށް ނުދިޔައީ ރެއާލް މެޑްރިޑުން އަންގައިގެން ކަމަށް، އެ ޓީމުގެ ބްރެޒިލްގެ ތަރި ވިނީޝީއުސް ޖޫނިއާ ބުނެފި އެވެ.
ބެލޮންޑިއޯ އެވޯޑް ހަފުލާއަށް ނުދިޔައީ ރެއާލް މެޑްރިޑުން އަންގައިގެން ކަމަށް، އެ ޓީމުގެ ބްރެޒިލްގެ ތަރި ވިނީޝީއުސް ޖޫނިއާ ބުނެފި އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި ރެއާލުން އެގޮތަށް ނިންމީ ވިނީ އަށް އެވޯޑް ނުލިބޭކަން އެނގުމުން، އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ.،
މެންޗެސްޓާ ސިޓީގެ ރޮޑްރީ އެވޯޑް ހޯދި ހަފްލާއަށް ރެއާލްގެ އެއްވެސް މީހަކު ނުދެ އެވެ.
"ކްލަބުން ނިންމީ ބޮލޮންޑިއޯ ހަފްލާއަށް ނުދާން. އަހަރެން އަބަދުވެސް ކަން ކުރާނީ ކުލަބުން އަންގާ ގޮތަށް. އެމީހުން ބުނީ މެޑްރިޑުގައި މަޑުކުރަން. އެގޮތަށް ކަން ކުރީ،" މިރޭ ޗެމްޕިއަންސް ލީގުގައި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށް ކުޅުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިނީ ބުންޏެވެ.
"އެ ބަޔަކު ވޯޓު ދޭނީ އެބަޔަކަށް ފެންނަ ގޮތަކަށް. އަހަރެންނާ ޓީމުގެ އެހެން ކުޅުންތެރިން ދެކޭ ގޮތް ވެސް ތަފާތު ވާނެ. އެކަމު ބެލޮންޑިއޯ ހޯދުމާ ގާތަށް އެޅޭ ކޮންމެ ފިޔަވަޅަކާ އެކު ހާސިލް ކުރަން މާ ބޮޑަށް ބޭނުންވޭ. އަހަރެންނަށް ކުރިއަށް އޮތް މުސްތަގުބަލުގައި އެފަދަ ގިނަ ފުރުސަތުތަކެއް ލިބުން އުންމީދަކީ."
ރެއާލާ އެކު 2027 ގެ ނިޔަލަށް ކޮންޓްރެކްޓް އޮތް ވިނީ ހޯދަން ސައުދީ އަރަބިއްޔާގެ ކްލަބްތަކުން މަސައްކަތް ކުރާ ކަމަށް ވާހަކަ ދެކެވެ އެވެ. އެކަމަކު ވިނީ ބުނީ އޭނާ ބޭނުންވަނީ ވީހާވެސް އަވަހަކަށް ރެއާލާ އެކު ކޮންޓްރެކްޓުގެ މުއްދަތު އިތުރުކުރުމުގެ އެއްބަސްވުމަކަށް ދާން ކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑުން އެތުލެޓިކޯއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގަށް ނުކުންނަ އިރު ކޯޗު ކާލޯ އަންޗެލޮޓީ އަށް އޮތް އެންމެ ބޮޑު ހިތްހަމަޖެހުމަކަށް ވާނީ ފެޑެރިކޯ ވެލްވާޑޭ އަނިޔާ އިން ސަލާމަތްވެގެން ވެގެން އަލުން ސްކޮޑުގައި ހިމެނިފައި ވުމެވެ.
އެކަމަކު ރެއާލްގެ މިޑްފީލްޑަރު ޖޫޑެ ބެލިންހަމް އާއި ޑެނީ ސެބާޔޯސް މި މެޗުގައި ވެސް ނުކުޅޭނެ އެވެ. އެހެންވިޔަސް ރެއާލް ކުޅޭ ސްޓައިލަށް ބަދަލެއް ނުގެންނާނެ ކަމަށް އަންޗެލޮޓީ ބުންޏެވެ.
"އަހަރެމެންގެ ޓީމަކީ މެޗުގެ ހާލަތާ ގުޅޭގޮތަށް ކުޅެވޭ ފެންވަރުގެ ޓީމެއް. ނަމަވެސް ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު މެޗުގައި އެކަން އެގޮތަށް ނުކުރެވުނު،" އަންޗެލޮޓީ ބުންޏެވެ.
"ނަމަވެސް އިދިކޮޅުން ނުކުންނަ ޓީމަށް ވެސް ވިސްނަން ޖެހޭ. އެތުލެޓިކޯ އަކީ މާ ޑިރެކްޓް ޓީމެއް، އެމީހުން ވަރުގަދަ ކައުންޓާ އެޓޭކްތައް އުފައްދާނެ. އެކަމަކު އަހަރެމެންގެ ސްޓައިލް ބަދަލުކުރަން އަހަރެން ބޭނުމެއް ނުވޭ. ވިސްނުން ވެސް."
އެތުލެޓިކޯގެ މައްޗަށް ރެއާލުން ހަނި އެޑްވާންޓޭޖެއް ނަގައިފި
އެމްބާޕޭގެ ހުވަފެނީ މޮޅުން ރެއާލް އަނެއް ބުރަށް
ރެއާލް އަތުން މޮޅުވާން ސިޓީ އަށް އޮތީ ހަނި ފުރުސަތެއް
ސިޓީގެ ބެނާއިން ރެއާލް އާއި ވިނީ ގުޑުވައެއް ނުލެވުނު
ޑިފެންސް ކުއްލި ހާލަތުގައި އޮވެ ރެއާލުން ކްލެސިކޯއަކަށް
ސިޓީއާ ދެކޮޅަށް ކުޅެން އަންޗެލޮޓީ ބިރުގަނޭ
ރެއާލް، ބެޔާން؛ ކޮންމެ ޓީމެއް ޖެހުނަސް ސިޓީއަށް ހެޔޮ
އެޓަލާންޓާ އަތުން މޮޅުވެ ރެއާލް މެޑްރިޑަށް ހަމަނޭވާއެއް
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
ރެއާލް މެޑްރިޑް އޮތީ ކަންބޮޑުވާން ޖެހޭ ފަދަ ހާލަތެއްގައި: އަންޗެލޮޓީ