ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މި ހަފްތާ ތެރޭ 31 މީހުން މަރުވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.
ސްރީ ލަންކާއަށް ކުރަމުންދާ ވިއްސާރާގައި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި މި ހަފްތާ ތެރޭ 31 މީހުން މަރުވެފައިވާ ކަމަށް މިއަދު ބުނެފި އެވެ.
އެންމެ ގިނަ މީހުން މަރުވެފައިވަނީ ސައިފަތް ހައްދާ، ލަންކާގެ މެދުތެރޭގައި އޮންނަ ބަޑުއްލާ ޑިސްޓްރިކްޓުން ކަމަށް އޮފިޝަލުން ބުންޏެވެ. އުސް ހިސާބުތަކުގެ ތިރީގައި ހަދާފައިވާ ގެތަކުގެ މައްޗަށް، ބިންގަނޑު ކަނޑައިގެން ގޮސް ވެލި އެޅި ފޮރުވިގެން 16 މީހަކު އެ ސަރަހައްދުގައި މަރުވި ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ނެރުނު ބަޔާނުގައި ބުންޏެވެ.
ހަމަ މިފަދަ ހާދިސާއެއްގައި، އެ ސަރަހައްދާ އިންވެގެން އޮންނަ ނުވަރަ އެލިޔާ ޑިސްޓްރިކްޓުން ވެސް ހަތަރު މީހަކު ވަނީ މަރުވެފަ އެވެ. މި ނޫނަސް އެކި ހާދިސާތަކުގައި އެކި ސަރަހައްދުން ވަނީ މީހުން މަރުވެފަ އެވެ.
ޑީއެމްސީން ބުނީ ކިސަޑު ފޭބުމުގެ ސަބަބުން 400 ގެއެއް ހަލާކުވެފައިވާ ކަމަށާއި 1،100 އަށް ވުރެ ގިނަ އާއިލާއަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހުނު ކަމަށެވެ.
އެ އިދާރާއިން ބުނި ގޮތުގައި މުޅި ގައުމުގައި ވެސް ކޯރުތަކުގެ ފެންގަނޑުތައް ބޮޑުވެ ބަންޑުންވުމުގެ ބިރު ބޮޑުވަމުންދާ ކަމަށެވެ. އެހެންވެ، ބިން ތިރި ސަރަހައްދުތަކުގައި އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ދިއުމަށް ވަނީ އެދިފަ އެވެ.
ލަންކާއަށް މިހާރު ކުރަމުންދަނީ މޫސުމީ ވިއްސާރައެއް ނަމަވެސް އެ ގައުމުގެ އިރުމަތީ އުފެދިފައިވާ ޑިޕްރެޝަނެއްގެ ސަބަބުން މޫސުން އިތުރަށް ވަނީ ގޯސްވެފަ އެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ލަންކާގައި ވަނީ ސްކޫލްތަކުގެ ފަހު އިމްތިހާނު ދެ ދުވަހަށް ފަސްކޮށްފި އެވެ.
ސްރީ ލަންކާގެ އެކި ހިސާބުތަކަށް 100 މިލިމީޓަރަށް ވުރެ ގިނައިން ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވޭ އިރު، އުތުރުގެ ބައެއް ހިސާބުތަކަށް ބުރާސްފަތި ދުވަހު 250 މިލިމީޓަރުގެ ވާރޭ ވެހޭނެ ކަމަށް ލަފާ ކުރެވެ އެވެ.
މިއީ މިދިޔަ އަހަރުގެ ޖޫން މަހު ލަންކާއަށް ކުރި ވިއްސާރައިގައި 26 މީހުން މަރުވި ފަހުން އެންމެ ގިނަ މީހުން މަރުވި ފަހަރެވެ. މިދިޔަ ޑިސެމްބަރު މަހު ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާތަކުގައި ވެސް 17 މީހުން ވަނީ މަރުވެފަ އެވެ. -- އޭއެފްޕީ
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް
ތޫފާނު ހިނގައްޖެ، އެކަމަކު ކޮލަމްބޯގައި ފެން ބޮޑުވަނީ
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ