ސްރީ ލަންކާއަށް އެރި ތޫފާން ދީތުވާ އެ ގައުމާ ދުރަށް ގޮސް ވިއްސާރަ އަލިވުމުގެ އުންމީދު އާވެފައި ވިޔަސް ކެލާނީ ރިވަ ފުރިގެން ބަންޑުންވަމުން ދާތީ ވެރިރަށް ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވާން ފަށައިފި އެވެ.
ސްރީ ލަންކާއަށް އެރި ތޫފާން ދީތުވާ އެ ގައުމާ ދުރަށް ގޮސް ވިއްސާރަ އަލިވުމުގެ އުންމީދު އާވެފައި ވިޔަސް ކެލާނީ ރިވަ ފުރިގެން ބަންޑުންވަމުން ދާތީ ވެރިރަށް ކޮލަމްބޯގެ ބައެއް ހިސާބުތަކުގައި ފެން ބޮޑުވާން ފަށައިފި އެވެ.
ތޫފާނުގައި 159 މީހަކު މަރުވެ 203 މީހަކު ގެއްލިފައި ވާއިރު ކެލާނީ ރިވަގެ ފެންގަނޑު އަދިވެސް ދަނީ ބޮޑުވަމުން ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އިން ބުންޏެވެ.
"ތޫފާނު އަހަރެމެންނާ ދުރަށް ދިޔަ ނަމަވެސް ބޯކޮށް ވާރޭ ވެހިފައިވާތީ، ބިން ތިރި ހިސާބުތަކުގައި ފެން ބޮޑުވެ ކެލާނީ ރިވަގެ ފެންގަނޑު ދަނީ ބޮޑުވަމުން،" ޑީއެމްސީގެ އޮފިޝަލަކު ވިދާޅުވި އެވެ.
އެހެންވެ އޮފިޝަލުން ވަނީ ކެލާނީ ރިވަ އާއި އެހެން ކޯރުތަކުގެ ކައިރީ އުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް އަވަހަށް ދިއުމަށް އަންގައިފަ އެވެ.
ޑީއެމްސީން ބުނީ ވާރޭ ތުނިކޮށްފައި ވިޔަސް ވަރަށް ގިނަ މަގުތައް ހުރީ ދަތުރު ނުކުރެވޭ ވަރަށް ފެން ބޮޑުވެ ހަލާކުވެފައި ކަމަށާއި އެހެންވެ އެހީގެ މަސައްކަތަށް ވެސް ހުރަސްއެޅިފައިވާ ކަމަށެވެ.
ތޫފާނުގެ ސަބަބުން ކުރިމަތިވި ގެއްލުންތަކުން އަރައިގަތުމަށް ރައީސް އަނޫރާ ކުމާރަ ޑިސެނަޔަކަ ވަނީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާން ކުރައްވައި ބައިނަލްއަގުވާމީ އެހީތެރިކަމަށް އެދިވަޑައިގެންފަ އެވެ.
އެންމެ ފުރަތަމަ އެހީވި އިންޑިއާ އިން ވަނީ މީހުން ސަލާމަތްކުރުމަށް ދެ ހެލިކޮޕްޓަރު ފޮނުވައި އެހީގެ ސާމާނު ފޮނުވައިފަ އެވެ. ޖަޕާނުން ވެސް ވަނީ މިހާރުން މިހާރަށް ބޭނުންވާ ކަންކަން ދެނެގަތުމަށް ޓީމެއް ފޮނުވާނެ ކަމަށް ބުނެފަ އެވެ.
ތޫފާނުގެ ސަބަބުން ލަންކާއިން ވަނީ 20،000 އަށް ވުރެ ގިނަ ގެ ހަލާކުވެ 122،000 މީހުންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދޭން ޖެހިފަ އެވެ. އަދި އިތުރު 833،000 މީހަކަށް ވަނީ އެކި ކަންކަމުގައި އެހީތެރކަން ދޭންޖެހިފަ އެވެ.
އެހީ ފޯރުކޮށްދިނުމަށް ލަންކާގެ އަސްކަރިއްޔާ، ނޭވީ އަދި އެއާފޯސްގެ ސިފައިންނާއި، އާންމު މުވައްޒަފުންނާއި ވޮލަންޓިއަރުން އަންނަނީ ހަރަކާތްތެރިވަމުންނެވެ.
އޮފިޝަލުން ވިދާޅުވާ ގޮތުގައި ކަރަންޓް ކޭބަލްތައް ހަލާކުވެ، ފެން ޕްލާންޓްތަކުގައި ވެސް ފެންބޮޑުވުމުގެ ސަބަބުން ގައުމުގެ ތިން ބައިކުޅަ އެއްބަޔަށް އަދިވެސް ކަރަންޓާއި ފެނެއް ނުލިބެ އެވެ. އަދި އިންޓަނެޓްގެ ހިދުމަތަށް ވެސް ވަނީ ބުރޫ އަރައިފަ އެވެ.
ލަންކާއަށް އެރި މި ތޫފާނަކީ 2017 ވަނަ އަހަރު އެ ގައުމުގައި ފެންބޮޑުވެ ބިންގަނޑު ކަނޑައިގެން ދިޔުމުގެ ސަބަބުން 200 އަށް ވުރެ ގިނަ މީހުން މަރުވެ، އެތައް ހާސް ބަޔަކު ގެދޮރު ގެއްލުނު ފަހުން ކުރިމަތިވި އެންމެ ނުރައްކާތެރި ގުދުރަތީ ކާރިސާ އެވެ. އަދި ޖޫން 2003 ގައި ވަނީ ހަމަ މިފަދަ ހާދިސާތަކެއްގައި 254 މީހަކު މަރުވެފަ އެވެ.
ގެއްލުން ފޫބައްދަން 7 ބިލިއަން ބޭނުންވޭ: ލަންކާ
ވިއްސާރާގައި ލަންކާއިން މަރުވި އަދަދު 410 އަށް
ދިވެހިންގެ އެހީއަށް ލަންކާގެ ޝުކުރު ބަންޑުންކޮށްލައިފި
ޕާކިސްތާނުގެ އެހީގެ ފްލައިޓަށް އިންޑިއާއިން ހުއްދަ ދީފި
ސިފައިންނާއި ފުލުހުން ލަންކާއަށް 3 މިލިއަން ރުފިޔާ
ލަންކާއިން މަރުވި މީހުންގެ އަދަދު 330 އިން މައްޗަށް
ގަދަ ވިއްސާރާގައި ލަންކާއިން 31 މަރު
މަޑުމަޑުން ދަތުރުކުރާ ބާރުގަދަ ކޮޅިގަނޑެއް އިންޑިއާއަށް
ލަންކާގައި ފެންބޮޑުވެ ގިނަ ބަޔަކަށް ގެއްލުންވެއްޖެ
ލަންކާގައި ދިވެހިން އުޅޭ 11 ގެއަކަށް ގެއްލުންވެއްޖެ