މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖްގައި އިސްކޮށް އުޅުއްވާ ބޮޑުކަންނެލި ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށް، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
11 ޑިސެމްބަރ 2025
މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފަށަން ގޮވާލައި ކަންނެލި މަސްވެރިން ކުރަމުންދާ އިހުތިޖާޖްގައި އިސްކޮށް އުޅުއްވާ ބޮޑުކަންނެލި ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ އަދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ އެމްޑީޕީގެ މެންބަރު މައުރޫފް ޒާކިރު ހިމެނޭހެން ތިން މީހަކު ހައްޔަރުކޮށް، ދެ ދޯންޏެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އިހުތިޖާޖްގެ ތެރެއިން ތިން މީހަކު ހައްޔަރުކުރީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރަން ހުރަސް އެޅުމުގެ ތުހުމަތުގައި ކަމަށެވެ. އެހެން ނަމަވެސް ފުލުހުންގެ ބެލުމުގެ ދަށަށް ދެ ދޯނި ގެންދިޔަ ސަބަބެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ.
"މަސްވެރިން މިހާރު ކުރަމުންދާ އިހުތިޖާޖާ ގުޅިގެން 2 ދޯނި ފުލުހުންގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައި. އަދި ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތުގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައި،" އޮފިޝަލް ވިދާޅުވި އެވެ.
ކަންނެލި ދޯނިތަކަށް މިއަދު ފުރަތަމަ އެރިއިރު ފުލުހުން ބުނީ އެއީ އެ ދޯނިފަހަރުގައި ތިބި ބިދޭސީން މުޒާހަރާގައި ބައިވެރިވާތީ އެ މީހުން ހޯދަން އިމިގްރޭޝަނާ ގުޅިގެން ފެށި އޮޕަރޭޝަނެއް ކަމަށެެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް "މިހާރު" އަށް ވިދާޅުވީ މަސްވެރިންގެ އިހުތިޖާޖުގައި ބިދޭސީން ބައިވެރިވަމުންދާކަން ފާހަަގަކުރެވިގެން އެކަން އެގޮތަށް ނުކުރަން ނަސޭހަތްތެރިވުމަށް ފަހު، އެ މީހުންނާ ބެހޭ މައުލޫމާތު ހޯދަން މަސަައްކަތްކުރަމުން އަންނަ ކަމަށެވެ.
މައުރޫފް ޒާކިރު "ރާއްޖެޓީވީ"އަށް ރޭ ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ދޯނިފަހަރުގައި ތިބި ބިދޭސީންނަކީ އެ ދޯނިފަހަރުގައި ދިރިއުޅޭ މީހުން ކަމަށެވެ.
"މި ދޯނިތަކުގައި އެބަ އުޅޭ ބިދޭސީން، އެއީ ދޮގެއް ނޫން، ކޯޓާގެ ދަށުގައި އުޅޭ ބިދޭސީން އެބަ އުޅޭ. ގިނަވާނީ ހަމަ އަޅުގަނޑަށް ގަބޫލުކުރެވޭ ގޮތުގައި ސައްހަ ކޯޓާގައި ތިބި ބިދޭސީން. އެ ބޭފުޅުން ދިރިއުޅެނީ މި އޮޑީގައި[ ދޯނިތަކުގައި]. ކެއުމާއި ނިދުމާއި ފާހާނާކުރުން ހަމަޖެހިފައި އެބޭފުޅުންގެ ގެދޮރު މިއީ. ގެދޮރު ދާތަނަކަށް އެ ބޭފުޅުން އަންނާނެ،" މައުރޫފް ވިދާޅުވި އެވެ.
ހުޅުމާލެ ކަންނެލި ޖެޓީ ސަރަހައްދުގައި 49 ދޯންޏެއްގެ މަސްވެރިން އިހްތިޖާޖު ފެށީ އިއްޔެ ހެނދުނެވެ. އެކި ޝިއާރުތައް ލިޔެފައިވާ ބެނާތައް ދަމާފައިވާ ދޯނިތައް މެންދުރުފަހު މާލެއާ ދިމާއަށް އިއްޔެ މެންދުރުފަހު މިސްރާބު ޖެހި އެވެ. ނަމަވެސް އެމްއެންޑީއެފް ކޯސްޓްގާޑުން ވަނީ އެ މީހުން ވަކި ހިސާބަކުން ހުއްޓުވައިފަ އެވެ.
އެހެންވެ މަސްވެރިން، ދޯނިތައް އެޅީ އުތުރު ބަނދަރަށް ވަންނަ ނެރުމައްޗަށްވާ ކަހަލަ ގޮތަކަށް ކަނޑުތޮށިން ބޭރުގަ އެވެ.
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް
އިހްތިޖާޖުގައި އެހެން އުޅަނދުތަކަށް ހުރަސްއެޅި: ޕޮލިސް
ފުލުހުން ދޯނިތައް ގެންގޮސް، މުޒާހަރާ ރޫޅާލައިފި
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް
ޕީޕީއެމް މުޒާހަރާ: ބަންދުކުރި ނުވަ މީހަކު ދޫކޮށްލައިފި
މަސްވެރިން ފެލިވަރު ބޭރުގައި މުޒާހަރާ ކުރަނީ
އިހުތިޖާޖުރޫޅާލައި މީހުން ހައްޔަރުކުރުމުން އައިއެލްއޯއަށް
ހައްލެއް ލިބެންދެން މަސްވެރިންގެ އިހުތިޖާޖު ކުރިއަށް