ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްފި އެވެ.
ސަރުކާރުގެ މަސްކުންފުނި މިފްކޯ އަށް ބޮޑުކަންނެލި ގަންނަން ގޮވާލައި ބޮޑުކަންނެލީގެ މަސްވެރިން އިއްޔެ ކުރި އިހުތިޖާޖުގެ ތެރެއިން ހައްޔަރުކުރި ކެންދޫ ދާއިރާ އެމްޑީޕީގެ މެމްބަރު މައުރޫފް ޒާކިރުގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަސް އިތުރުކޮށްފި އެވެ.
މާލޭގެ ރަސްމީ ފާލަމާ ދިމާ ނެރު ބޭރުގައި ބޮޑުކަންނެލި ދޯނިތަކުގައި މަސްވެރިން މިދިޔަ ބުދަ ދުވަހުގެ މެންދުރުފަހުން ފެށިގެން ކުރި މުޒާހަރާގައި ބައިވެރިވި ބައެއް ދޯނިތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް މުޒާހަރާ ރޫޅާލި އިރު ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ މައުރޫފްގެ ބަންދަށް ކްރިމިނަލް ކޯޓުން ބަންދު އިތުރުކުރީ އޭނާގެ މައްޗަށް މައިގަނޑު ތިން ތުހުމަތަކާ އެކުގަ އެވެ. އޭގެ ތެރޭގައި ކަނޑުދަތުރުކުރުމަށް ހުރަސްއެޅުމާއި ކޯސްޓް ގާޑަށް ގެއްލުން ދިނުމާއި ފުލުހުންގެ ވާޖިބަށް ހުރަސްއެޅުން ހިމެނެ އެވެ.
މައުރޫފްގެ ފަރާތުން މިއަދުގެ ބަންދުގެ މަޖިލީހުގައި މި ހުރިހާ ތުހުމަތަކަށް ވެސް އިންކާރުކޮށްފައިވެ އެވެ.
މައުރޫފްގެ އިތުރުން މުޒާހަރާގެ އެހެން ދެ ބައިވެރިއެއް ވެސް މިއަދު ބަންދުގެ މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރި އެވެ. އެ މީހުންގެ ބަންދަށް ވެސް ދިނީ ފަސް ދުވަހެވެ.
މަސްވެރިންގެ މުޒާހަރާގެ ތެރެއިން ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް ކްރިމިނަލް ކޯޓު ކައިރިއަށް ހާޒިރުކުރި އިރު ކޯޓު ކައިރީ މުޒާހަރާކުރަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު
މަސްވެރިންގެ ޔޫނިއަންގެ އެއް ފައުންޑަރުގެ އިތުރުން އެ ޔޫނިއަންގެ ޖެނެރަލް ސެކްރެޓަރީ މައުރޫފް ކޯޓަށް ހާޒިރުކުރި އިރު، އޭނާ ނިސްބަތްވާ އިިދިކޮޅު އެމްޑީޕީގެ އިސް ބައެއް ބޭފުޅުންނާއި މަސްވެރިން ވެސް ކޯޓު ދޮށަށް އެއްވެ، އެންމެން މިނިވަންކުރަން ގޮވާލަމުން ދިޔަ އެވެ.
މައުރޫފް ހައްޔަރުކުރުން ކުށްވެެރިކޮށް އެމްޑީޕީން ނެރުނު ބަޔާނުގައި ބުނެފައިވަނީ ހިޔާލު ފާޅުކުރުމާއި އެއްވެ އުޅުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައިވާއިރު، މަސްވެރިންގެ ސުލްހަވެރި އިހުތިޖާޖު ބާރުގެ ބޭނުންކޮށްގެން ފުލުހުން ހުއްޓުވީ ގާނޫނުއަސާސީއާ ހިލާފަށް ކަމަށެވެ.
މައުރޫފް ހައްޔަރު ކޮށްފައި ވަނީ ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންނަށް ލިބިދީފައިވާ އިމްތިޔާޒުތަކާ ވެސް ހިލާފަށް ކަމަށާއި މަސްވެރިންގެ އިހުތިޖާޖު ރޫޅާލައި ބައެއް މީހުން ހައްޔަރުކޮށް، އެ އިހުތިޖާޖުގައި މަސްވެރިން ބޭނުންކުރި ބައެއް ދޯނިތައް ފުލުހުންގެ ބާރުގެ ދަށަށް ގެންދިޔައީ ސަރުކާރުގެ "ދޯހަޅި ސިޔާސަތުތަކަށް" ފާޑުކިޔާ މީހުންގެ އަޑު ކަނޑުވާލަން ކަމަށް އެމްޑީޕީން ތުހުމަތުކުރި އެވެ.
އިހުތިޖާޖާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ދޯނި ރޭގެ ވަގުތެއްގައި ވަނީ ދޫކޮށްލާފައި ކަމަށް ފުލުހުން ބުންޏެވެ.
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައިފި
މެމްބަރު މައުރޫފް ދޫކޮށްލަން އެމްޑީޕީން ގޮވާލައިފި
އިހްތިޖާޖުގައި އެހެން އުޅަނދުތަކަށް ހުރަސްއެޅި: ޕޮލިސް
ފުލުހުން ދޯނިތައް ގެންގޮސް، މުޒާހަރާ ރޫޅާލައިފި
އިހުތިޖާޖްގެ ތެރެއިން މެންބަރު މައުރޫފް ހައްޔަރުކޮށްފި
ޒުވާނުންގެ މުޒާހަރާއިން ހައްޔަރުކުރި ދެމީހުން ބަންދަށް
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް
ތިންމީހަކު ބަންދުން ދޫކޮށްލީ ރޭގަނޑު ގޭބަންދުވާ ގޮތަށް