ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގައި، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް ހުރަސްއެޅި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
11 ޑިސެމްބަރ 2025
ބޮޑުކަންނެލި މަސްވެރިން ކުރި އިހުތިޖާޖުގައި، މާލެ ކައިރިން ދަތުރުކުރި އުޅަނދުފަހަރަށް ހުރަސްއެޅި ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަނުން އިސްނަގައިގެން މަސްވެރިންގެ ދުވަހާ ދިމާކޮށް ކުރި އިހުތިޖާޖު ފެށީ އިއްޔެ ހެނދުނު ހުޅުމާލޭ ކަންނެލި ޖެޓީންނެވެ. އެ އިހުތިޖާޖްގައި ބައިވެރިވި މަސްވެރިން މަސްދޯނިތަކުގައި މާލެ އައީ އިއްޔެ މެންދުރު ފަހު އެވެ. ރަސްމީ ފަލާމާ ދިމާލުން މާލޭގެ އުތުރުފަރާތަށް އެ ދޯނިފަހަރު ވައްދަން މަސްވެރިން މަސައްކަތްކުރުުމުން ފުލުހުންނާއި ސިފައިން ގުޅިގެން އެކަން ހުއްޓުވި އެވެ.
އޭގެ ފަހުން މަސްވެރިން ތިބީ މާލޭގެ ފަޅު ބޭރުގައި ގާތްގާތުގައި ދޯނިތައް ހުންނާނެހެން ނަގިލިލައިގެންނެވެ. ފުލުހުން އެ ދޯނިތަކަށް އަރައި ބައެއް މީހުން ހައްޔަރުކޮށް އިހުތިޖާޖް ހުއްޓުވީ މިއަދު ހަވީރެވެ.
އިހުތިޖާޖްގައި ބައިވެރިވާ ބޮޑުކަންނެލި މަސްވެރިން ތިބި ދޯނިފަހަރުގެ ކައިރީގައި ފުލުހުން ހަރަކާތްތެރިވަނީ. ފޮޓޯ: ފަޔާޒް މޫސާ/މިހާރު
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލެ ކައިރިން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްތެރިވެފައިވާނެ ކަމަށެވެ. އެހެން ނަމަވެސް އެކަމަށް އިޖާބަނުދީ އުޅަނދުފަހަރަށް ހުރަސް އަޅައި، ސަލާމަތީ ބާރުތަކުން މަނާކޮށްފައިވާ ސަރަހައްދަށް ދޯނިފަހަރުގައި ވަންނަން މަސްވެރިން މަސައްކަތްކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"...ތަކުރާރުކޮށް ފުލުހުންގެ އަންގާފައިވާ މި އެންގުންތަކަށް އިޖާބަ ނުދީ، އެކަންކަމަށް ދެކޮޅު ހަދައި، މާލެ ކައިރިން ދަތުރުކުރާ އެހެން އުޅަނދުފަހަރު ދަތުރުކުރުމަށް ދަތިކޮށް، ހުރަސްއަޅަން މަސައްކަތްކޮށް މާލޭގެ އުތުރު ފަރާތު ފަޅަށް ނުވަދެވޭނެހެން ސަލާމަތީ ބާރުތަކުން ބަންދުކޮށްފައިވަނިކޮށް ފަޅަށް ވަންނަން މަސައްކަތްކުރުމާއި ފަޅަށް އެކި ބޭނުންތަކަށް ވަދެ ނުކުމެ ހަދާ އުޅަނދުތަކަށް ހުރަސްއަޅަން މަސައްކަތްކޮށްފައިވާކަން ވަނީ ފާހަގަކުރެވިފަ އެވެ،" ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މާލެކައިރިން ދަތުރުކުރާ އުޅަނދުތަކަށް ދަތިނުވާ ގޮތަށް އަމަލުކުރަން މަސްވެރިންނަށް ނަސޭހަތްދިނީ އެ ސަރަހައްދަކީ މާލެ ކައިރީގައި އެންމެ ކާރުބާރުބޮޑު ސަރަހައްދަކަށްވުމާ އެކު އެކަމުގެ ސަބަބުން އިއްޔެ އާއި މިއަދު ވެސް އެސަރަހައްދުން ދަތުރުކުރާ އުޅަނދުފަހަރަށް ދަތިތައް ދިމާވުމުންނެވެ.
އިހުތިޖާޖުގައި ބިދޭސީން ބައިވެރި ނުކުރަން ވެސް ފުލުހުން މަސްވެރިންނަށް ތަކުރާރުކޮށް ނަސޭހަތްދިން ކަމަށް އޭނާ ވިދާޅުވި އެވެ.
ހުއްޓުމެއް ނެތި އެ އިހުތިޖާޖު ކުރަމުންދާތާ 24 ގަޑިއިރު ވެސް ވީ ފަހުން ފުލުހުން ވަނީ ދޯނިތަކަށް އަރައި ފުލުހުން ބެލުމުގެ ދަށަށް ތިން ދޯނި ގެންގޮސްފަ އެވެ.
މެމްބަރު މައުރޫފް ފުލުހުންގެ ބަންދުން ދޫކޮށްލައިފި
ހަތަރު ބިދޭސީއަކު އިމިގްރޭޝަނާ ހަވާލުކުރި: ފުލުހުން
މެމްބަރު މައުރޫފްގެ ބަންދަށް ފަސް ދުވަސް
މުޒާހަރާއިން ހައްޔަރުކުރި މީހުން ދޫކޮށްލަން ގޮވާލައިފި
ފުލުހުން ދޯނިތައް ގެންގޮސް، މުޒާހަރާ ރޫޅާލައިފި
އިހުތިޖާޖްގެ ތެރެއިން މެންބަރު މައުރޫފް ހައްޔަރުކޮށްފި
ކަންނެލިދޯނިތަކަށް ފުލުހުން އަރައި ބިދޭސީން ހޯދަނީ
ބޮޑުކަންނެލީގެ މަސްވެރިން އަދިވެސް އިހުތިޖާޖުގައި
ބޮޑުކަންނެލީގެ މަސްވެރިން އިހުތިޖާޖަށް ނުކުމެއްޖެ
ގާނޫނާ ހިލާފުކަމެއް ނުކުރަން މަސްވެރިންނަށް އިލްތިމާސް