Roadha Mihaaru
ޔާމީންގެ މަރަށް 24 ގަޑިއިރު: މީހަކު ހައްޔަރެއްނުކުރޭ

ޔާމީންގެ މަރަށް 24 ގަޑިއިރު: މީހަކު ހައްޔަރެއް ނުކުރޭ

24 އެޕްރީލް 2017

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރަށް 24 ގަޑިއިރު ވެއްޖެ އެވެ. އެކަމަކު އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހަށިގަނޑުގެ އެކި ތަންތަނަށް ހަމަލާދީ މަރާލި ސޯޝަލް މީޑިއާ އެކްޓިވިސްޓް އަދި ބްލޮގާ ޔާމީން ރަޝީދުގެ މަރަށް 24 ގަޑިއިރު ވެއްޖެ އެވެ. އެކަމަކު އެ މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކުރި ކަމަކަށް ފުލުހުން އަދި ނުބުނެ އެވެ.

މަރުގެ އެތައް އިންޒާރެއް ލިބުނު ފަހުން ޔާމީން މަރާލިއިރު އޭނާގެ ހަށިގަނޑުގެ 14 ތަނަކަށް ހަމަލާދީފައިވެ އެވެ. އޭނާ ފެނުނީ އޭނާ ދިރިއުޅެމުން އައި ގޭގެ ސިޑިކައިރިން، އިއްޔެ ރޭ ދަންވަރު އެވެ.

ޔާމީންގެ މަރާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވޭތޯ އެހުމުން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެ މައްސަލައާ ގުޅޭ ގޮތުން ވަރަށް އަވަހަށް ބަޔާނެއް ނެރޭނެ ކަމަށެވެ. އިތުރު ވާހަކައެއް ނުދައްކަވަ އެވެ.

އޭނާގެ ބްލޮގުގައި ލިޔާ ލިއުންތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ހިޔާލުތަކާ ގުޅިގެން ޔާމީނަށް އިންޒާރު ދިން މައްސަލަތައް ފުލުހުންނަށް ހުށަހެޅި އެވެ. އެ މައްސަލަތައް ބަލައި ތުހުމަތުކުރެވޭ ބަޔަކާ ސުވާލުކުރި ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ. އެކަމަކު އެޅީ ކޮން ފިޔަވަޅެއް ކަމެއް ނުބުނެ އެވެ.

ޔާމީން އެންމެ ފަހުން މީހަކާ ފޯނުން ވާހަކަ ދައްކާފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 2:34 ހާއިރެވެ. އޭނާ މަރުވެފައި އޮއްވައި ފެނިގެން ފުލުހުންނަށް ރިޕޯޓްކުރީ އެ ރޭ 2:59 ހާއިރު ކަމަށް އާއިލާ އިން ބުނެ އެވެ.