Roadha Mihaaru
ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެ ތެރެއަށް

ޔާމީންގެ ހަނދާނުގައި ރަތް ފުއްޕާހަން ވައިގެ ތެރެއަށް ދޫކޮށްފި

24 އެޕްރީލް 2017

ރަހުމްކުޑަކޮށް މަރާލާފައި އޮއްވައި އިއްޔެ ރޭ ފެނުނު ބްލޮގާ، ޔާމީން ރަޝީދުގެ ހަނދާނުގައި ދިވެހި ނޫސްވެރިން މިއަދު ހަވީރު ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރަހުމްކުޑަކޮށް މަރާލާފައި އޮއްވައި އިއްޔެ ރޭ ފެނުނު ބްލޮގާ، ޔާމީން ރަޝީދުގެ ހަނދާނުގައި ދިވެހި ނޫސްވެރިން މިއަދު ހަވީރު ވައިގެ ތެރެއަށް ރަތް ފުއްޕާހަން ދޫކޮށްލައިފި އެވެ.

އެކި މައްސަލަަތަކަށް ލިޔާތީ މަރުގެ އިންޒާރު ދީފައިވާ ޔާމީން މަރާލުމުގެ ކުރިން އޭނާގެ އެންމެ ފަހު ޓުވީޓަކީ ރަތް ކުލައިގެ ފުއްޕާހަމެކެވެ. އާޓިފިޝަލްބީޗުގައި ބޭއްވި ހަރަކާތެއްގައި، ނޫސްވެރިން ރަތް ފުއްޕާހަންތަކެއް ވައިގެ ތެރެއަށް ދޫކޮށްލީ އެހެންވެ އެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާނަށް ވެސް އިންޒާރުތައް ދިނުމަށް ފަހު، އޭނާ ގެއްލުވާލާފައި ވަނިކޮށް، އެފަދަ ކަމެއް ތަކުރާރުވުމުން ނޫސްވެރިން ވަނީ ކަންބޮޑުވުމާއެކު އެކި ޝުއޫރުތައް ފާޅުކޮށްފަ އެވެ. ޔާމީން މަރުގައި ވެސް ޒިންމާވާ ފަރާތްތައް ވީހާވެސް އަވަހަކަށް އިންސާފުގެ ކުރިމައްޗަށް ގެންނަން ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ.

މި ދެ މައްސަލާގައި ހިމެނޭ މުޖުރިމުން އިންސާފުގެ ކުރިމައްޗަށް ނުގެނެސް ލަސްވާ ކޮންމެ ދުވަހަކީ ނޫސްވެރިންނަށް ނުރައްކާ އޮތް މިންވަރު އިތުރުވާ ކަމެއް ކަން ވެސް ގިނަ ނޫސްވެރިން މިއަދު ފާހަގަކުރި އެވެ.

ޔާމީން ރަޝީދު: އޭނާ މަރާލީ ފުލުފުލުގައި އިންޒާރުތައް ދިނުމަށް ފަހު.

ޔާމީން ރަޝީދު: އޭނާ މަރާލީ ފުލުފުލުގައި އިންޒާރުތައް ދިނުމަށް ފަހު.

ޔާމީންގެ މަރަށް 24 ގަޑިއިރުވިއިރު ވެފައިވާއިރު، އެ ގަތުލާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމެއް ނުވަތަ ނޫން ކަން ފުލުހުން އާއްމުކޮށްފައެއް ނުވެ އެވެ. ފުލުހުން ބުނެފައި ވަނީ، ހާއްސަ ތަހުގީގު ޓީމަކުން ސީރިިއަސް މައްސަލައެއްގެ ގޮތުގައި އެކަން ބަލަމުން އަންނަ ކަމަށެވެ.

ޔާމީނަށް ކުރިން ދިން އިންޒާރުތަކުގެ މައްސަލަ ތަހުގީގުކޮށް ބަޔަކާ ސުވާލުކުރި ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ޔާމީން މަރާލާފައި އޮއްވައި ފެނުނީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު އޭނާ ދިރިއުޅޭ ގޭގެ ސިޑި ކައިރިންނެވެ.