Roadha Mihaaru
މައުމޫން ފެކްޝަނުުގެ އެކްޓިވިސްޓު ގޭބަންދަށް ދޫކޮށްލައިފި

މައުމޫން ފެކްޝަންގެ ސޯޝަލް މީޑިއާ އެކްޓިވިސްޓު ގޭބަންދަށް ދޫކޮށްލައިފި

06 ޖޫން 2017

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އިންޒާރު ދިން ކަމަށް ބުނެ ހައްޔަރު ކުރި، ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ އެކްޓިވިސްޓް ރަހުމާ އައްބާސް (ރަހޫ) މިއަދު ގޭބަންދަށް ދޫކޮށްލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، އިންޒާރު ދިން ކަމަށް ބުނެ ހައްޔަރު ކުރި، ޕީޕީއެމްގެ ކުރީގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަންގެ އެކްޓިވިސްޓް ރަހުމާ އައްބާސް (ރަހޫ) މިއަދު ގޭބަންދަށް ދޫކޮށްލައިފި އެވެ.

ރަހުމާ ރޭ ހައްޔަރުކުރީ މަސްތުވާތަކެތި ގެންގުޅޭ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ބަލައި ފާސްކުރަން ވަތް ގެއަކުންނެވެ.

އަތޮޅުވެހީގައި ބަންދުކޮށްފައި ބެހެއްޓުމަށް ފަހު މިއަދު ހަވީރު އޭނާ ދޫކޮށްލީ ދިހަ ދުވަހުގެ ގޭބަންދަށެވެ.

ފުލުސް އޮފީހުން ބުނިގޮތުގައި ރަހުމާ ހައްޔަރު ކުރީ ފުލުހުންގެ ވާޖިބަށް ހުރަސް އަޅައި، ބިރު ދައްކައި އިންޒާރު ދިނުމުންނެވެ.

މަސްތުވާތަކެއްޗާ އެކު ފުލުހުން އެ ގެއިން އިތުރު މީހަކު ވެސް ހައްޔަރުކުރި އެވެ.