Roadha Mihaaru
ފޭރުނު އަންހެންމީހާ އަނެއްކާވެސް ހައްޔަރުކޮށްފި

ފޭރުނު އަންހެންމީހާ ގޭ ބަންދުކޮށްފައި ހުއްޓާ މަގުމަތިން ހައްޔަރުކޮށްފި

17 ޖޫން 2017

މާލޭގައި އިއްޔެ ހެނދުނު ފޭރެމުންދަނިކޮށް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ގޭ ބަންދަށް ބަދަލުކުރި އަންހެންމީހާ ރޭ ފަތިހު މަގުމަތިން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

މާލޭގައި އިއްޔެ ހެނދުނު ފޭރެމުންދަނިކޮށް ހައްޔަރުކޮށް، ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ގެންދިއުމުން ގޭ ބަންދަށް ބަދަލުކުރި އަންހެންމީހާ ރޭ ފަތިހު މަގުމަތިން އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

އުމުރުން 38 އަހަރުގެ އަންހެންމީހާ ގޭބަންދުގައި ބަހައްޓަން ކޯޓުން ރޭ ނިންމީ އޭނާގެ ގާތުން ދޭ ކުއްޖަކު ހުންނާތީ ކަމަށް ވެ އެވެ.

ފުލުހުން ބުނިގޮތުގައި ފޭރުމުގެ ތުހުމަތުގައި އިއްޔެ އެ އަންހެންމީހާއާ އެކު އުމުރުން 28 އަހަރުގެ ފިރިހެނަކު ވެސް ހައްޔަރުކުރި އެވެ. ފިރިހެންމީހާގެ ބަންދަށް ކޯޓުން ވަނީ ފަސް ދުވަސް ޖަހައިފަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ މާލޭގައި ފޭރެމުންދަނިކޮށް އެ އަންހެންމީހާ ހައްޔަރުކުރީ އިއްޔެ ހެނދުނު 10 ޖަހާކަންހާއިރު ކަމަށެވެ. އަދި ކޯޓަށް ގެންދިއުމުން، ރޭ 10 ޖަހާކަން ހާއިރު އޭނާ ގޭބަންދަށް ބަދަލުކުރި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ނަމަވެސް އެ އަންހެންމީހާ ރޭ ފަތިހު ތިނެއް ޖަހާކަންހާއިރު، ފިރިހެނަކާ އެކު ގެއިން ބޭރުގައި އުޅެނިކޮށް އަލުން ހައްޔަރުކުރީ ކަމަށް ފުލުހުން ބުނެ އެވެ.

އިއްޔެ ހެނދުނު އޭނާ ހައްޔަރުކުރީ ތިން ސަރަހަދެއްގައި ފޭރެމުގެ އަމަލްތަކެއް ހިންގާފައި ވަނިކޮށް ކަމަށް ވެ އެވެ.

މި ރޯދަމަހު މާލޭގައި ފޭރުން އިތުރުވެފައިވާއިރު ވަރަށް ފަހުން ވެސް ވަނީ ގެސްޓް ހައުސް އަކަށް ވަދެ، އެތަނުގެ ކޮޓަރިއެއްގައި އުޅުނު އަންހެނެއްގެ އަތުން ފޭރިގެންފަ އެވެ.