Roadha Mihaaru
ގޮވާމުން ޒަކާތް ބަލައިގަންނަން ފަށައިފި

ގޮވާމުން ޒަކާތް ބަލައިގަންނަން ފަށައިފި

20 ޖޫން 2017

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނަން އިސްލާމިކް މިނިސްޓްރީން ފަށައިފި އެވެ.

މިނިސްޓްރީން ބުނީ މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހާ ހަމަ އަށް ހެނދުނު 10:00 އިން 4:00 އަށް އަދި ރޭގަނޑު 9:00 އިން 10:30 އަށް އަރަބިއްޔާ ސްކޫލުގެ ހޯލުގައި ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.

އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވާ ގޮތުގައި ފިތުރު ޒަކާތުގެ މިންވަރަކީ މީހަކަށް 2.4 ކިލޯ ހަނޑުލުގެ މިންވަރެވެ. ޒަކާތް ނެރެންވާނީ އެ ބަޔަކު އަހަރު ތެރޭގައި އާއްމުކޮށް ކައި އުޅުނު ހަނޑުލުގެ ބާވަތަކުންނެވެ. ރަސްމީކޮށް ޒަކާތް ބަލައިގަންނަން ހަމަޖައްސާފައިވަނީ ކޮންމެ މީހަކަށް 2.4 ކިލޯގެ ހަނޑުލުގެ ނިސްބަތުންނެވެ.

މިދިޔަ ބުރާސްފަތި ދުވަހާ ހަމަ އަށް މާލެ ސަރަހައްދުން 50،000 އަށްވުރެ ގިނަ މީހުން ޒަކާތް ދައްކާފައިވާ އިރު 2.2 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ލިބިފަ އެވެ.