Roadha Mihaaru
ރައީސާ ދެކޮޅަށް ވިލިނގިލީގައި ދެމި ބެނާތައް ނަގައިފި

ރައީސާ ދެކޮޅަށް ވިލިނގިލީގައި ދެމި ބެނާތައް ނަގައިފި

26 ސެޕްޓެމްބަރ 2017

ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ އިހުތިތާޖު ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދަމާފައި ހުރި ބެނާތައް ޕީޕީއެމްގެ ސަޕޯޓަރުން ނަގައިފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ރައީސް އަބްދުﷲ ޔާމީން މިއަދު ގއ. ވިލިނގިއްޔަށް ވަޑައިގަންނަވާތީ އިހުތިތާޖު ކުރުމުގެ ގޮތުން އިދިކޮޅު ފަރާތްތަކުން ދަމާފައި ހުރި ބެނާތައް ޕީޕީއެމްގެ ސަޕޯޓަރުން ނަގައިފި އެވެ.

މިއަދު ހަވީރު ހަތަރެއް ޖަހާއިރު ރައީސް ޔާމީން އެ ރަށަށް ވަޑައިގަތުމަށް ނިންމާފައިވާ އިރު ސަރުކާރާ ދެކޮޅަށް ޝުއޫރު ފާޅުކޮށްފައިވާ ބެނާތައް އެ ރަށު ބަނދަރު ސަރަހައްދުގައާއި ދޯނިފަހަރުގައި ވަނީ ދަމާފަ އެވެ. އެ ބެނާތަކުގައި، އެ ދާއިރާގެ މެމްބަރަކީ އަދިވެސް ސައުދު ހުސައިން ކަމަށް ވެސްސ ބުނެފައިވެ އެވެ.

ވިލިނގިލީ ކައުންސިލް މެމްބަރެއް ކަމަށްވާ ހަބީބު ހަސަން މިއަދު ވިދާޅުވީ އިދިކޮޅު ފަރާތްތަކުން އެ ރަށުގައި ދެމި ބެނާތައް، ނެގުމުގައި ހަރަކާތްތެރިވީ ފެނަކަ ކޯޕަރޭޝަންގެ މުވައްޒަފުން ކަމަށާއި ބެނާތައް ނެގުމުގައި އަމަލީ ގޮތުން އުޅުނީ ބިދޭސީންނާއި ބައެއް ދިވެހިން ކަމަށެވެ.

ކައުންސިލްގެ އެހެން މެމްބަރަކު ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ދެމި ބެނާތައް ނެގުމުގައި ސަރުކާރަށް ތާއީދު ކުރާ ފަރާތްތަކުން ބައިވެރިވި އެވެ. އޭގެ ތެރޭގައި ކޯޑިނޭޓަރުންގެ މަގާމުގައި ތިއްބެވި ބައެއް ބޭފުޅުން ވެސް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ. އިދިކޮޅު ފަރާތްތަކުން ރަށުގެ ބަނދަރުމަތީގައި ދަމާފައި ހުރި ހުރިހާ ބެނާތައް ނަގާފައިވާ އިރު، ރަށުގެ ބައެއް މަގުތަކުގައި ހުރި ބައެއް ބެނާތައް ނެގުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް

އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް

"ޕީޕީއެމްގެ ދިދަފަތިތައް ބަހައްޓާފައި އިދިކޮޅު ފަރާތްތަކުން ދެމި އެއްޗެހިތައް ނެގީ. ނެގީ ފެނަކަ މުވައްޒަފުންތަކެއް އަންގައިގެން ބިދޭސީންތަކެއް،" ހަބީބް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެ ބެނާތަކަކީ އެ ރަށަށް ރައީސް ޔާމީން ވަޑައިގަންނަވާތީ އިދިކޮޅު ފަރާތްތަކުގެ ޝުއޫރު ރައީސަށް އަންގައިދިނުމަށް ހަރުކުރި ބެނާތަކެއް ކަމަށެވެ. އަދި އެ ރަށުގައި މިއަދު ސުލްހަވެރި އިހުތިޖާޖެއް ކުރުމަށް ނިންމާފައިވާކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް

އިދިކޮޅު ފަރާތްތަކުން ރައީސް އާއި ދެކޮޅަށް ވިލިނގިލީގައި ދަމާފައިވާ ބެނޭތައް-- ފޮޓޯ: ކިޔުންތެރިއެއް

ވިލިނގިއްޔަށް ރައީސް ޔާމީން ވަޑައިގަންނަވާ އިރު ޕީޕީއެމްގެ ފަރާތުން އެ ދާއިރާ އަށް އިންތިހާބުވެފައިވާ މެމްބަރު ސައުދު ހުސައިން އިދިކޮޅު ފަރާތްތަކާ ގުޅުމާ އެކު އެ މެމްބަރުގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަން ކޮމިޝަނުން ވަނީ ކަނޑައަޅާފަ އެވެ.

ބެލެވޭ ގޮތުގައި ރައީސް ވިލިނގިއްޔަށް ކުރައްވާ ދަތުރުފުޅަކީ އެ ދާއިރާގެ ބައި އިލެކްޝަންގެ ކެމްޕެއިނަށް ކުރައްވާ ދަތުރުފުޅެވެ. އެ ދާއިރާގެ ގޮނޑި ޕީޕީއެމަށް ލިބޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.