Roadha Mihaaru
އިސްތިއުފާ ދެއްވި ހަރީރީ ގައުމަށް ވަޑައިގެންފި

އިސްތިއުފާ ދެއްވި ހަރީރީ ގައުމަށް ވަޑައިގެންފި

22 ނޮވެމްބަރ 2017

ބޭރޫތު (ނޮވެމްބަރު 22) - ސައުދީ އަރަބިއާގައި ހުންނަވާ އިސްތިއުފާ އިއުލާން ކުރެއްވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އެންމެ ފަހުން ގައުމަށް މިއަދު ވަޑައިގެންފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ބޭރޫތު (ނޮވެމްބަރު 22) - ސައުދީ އަރަބިއާގައި ހުންނަވާ އިސްތިއުފާ އިއުލާން ކުރެއްވި ލުބުނާނުގެ ބޮޑު ވަޒީރު ސައުދުލް ހަރީރީ އެންމެ ފަހުން ގައުމަށް މިއަދު ވަޑައިގެންފި އެވެ.

ބޭރޫތު އެއާޕޯޓުން މަތިންދާ ބޯޓުން ފައިބައި ވަޑައިގަތުމާ އެކު އޭނާ އަށް މަރުހަބާ ކިޔާފައި ވަނީ ސަލާމަތީ ފަރާތްތަކުންނެވެ.

ބައެއް ފަރާތްތަކުން ބުނެފައިވާ ގޮތުގައި ހަރީރީ އިސްތިއުފާ ދެއްވީ ސައުދީ އަރަބިއާ އިން މަޖްބޫރުކޮށްގެންނެވެ. ނަމަވެސް އޭނާ ވަނީ އެކަން ދޮގުކޮށްފަ އެވެ. ލުބުނާނުގެ ރައީސް މިޝޭލް އަޔޫން ވިދާޅުވެފައި ވަނީ ހަރީރީ އަށް އިސްތިއުފާ ދޭން މަޖްބޫރު ކުރުމަށް ފަހު، ސައުދީގައި އޭނާ ބަންދުކޮށްފައިވާ ކަމަށެވެ. ނަމަވެސް ހަރީރީ ލުބުނާނަށް ވަޑައިގަތުމުގެ ކުރިން ވަނީ ޕެރިހަށް ވެސް ވަޑައިގެންފަ އެވެ. ހަރީރީ އާއި އަޔޫން މިއަދު ބައްދަލު ކުރައްވާނެ އެވެ.

ބޯޓުން ފައިބައިވަޑައިގަތުމާ އެކު ލުބުނާނުގެ ރައްޔިތުންނަށް ދޭން އޮތް މެސެޖަކީ ކޮބައިތޯ ސުވާލު ކުރުމުން ހަރީރީ ވިދާޅުވެފައި ވަނީ "ޝުކުރިއްޔާ" އެކަންޏެވެ.

ހަރީރީ އާއި ސައުދީ އަރަބިއާ ދެމެދު ގާތް ގުޅުންތަކެއް އޮވެ އެވެ. ލުބުނާނުގެ އިތުރުން ސައުދީގެ ރައްވެހިކަން ވެސް ހަރީރީގެ އަތުގައި އޮވެ އެވެ. ހަރީރީގެ ވިޔަފާރީ އާއި އަމިއްލަ ގެދޮރު ސައުދީގައި ހުރުމުގެ އިތުރުން އޭނާގެ ފިއުޗާ މޫވްމަންޓް ޕާޓީ އަށް ވެސް ސައުދީން މަދަދު ފޯރުކޮށްދެ އެވެ.