10 ޑިސެމްބަރ 2017
އެމްޓީސީސީން ދެމުން އަންނަ ހުޅުމާލެ ފެރީ ހިދުމަތުގައި ބޭނުންކުރާ "ދަތުރު ކާޑު" ބަހުގައި ވެސް ބޭނުންކުރޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެމްޓީސީސީން ދެމުން އަންނަ ހުޅުމާލެ ފެރީ ހިދުމަތުގައި ބޭނުންކުރާ "ދަތުރު ކާޑު" ބަހުގައި ވެސް ބޭނުންކުރޭ ގޮތަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.
އެ ކުންފުނީގެ ޓްރާންސްޕޯޓް ސާވިސް ޑިޕާޓްމަންޓްގެ އެގްޒެކްޓިވް މުހައްމަދު ނާޒިމް މިއަދު ވިދާޅުވީ ބަހުގެ ޚިދުމަތުގެ ތެރޭގައި ދަތުރު ކާޑު ހިމެނުމަށް، އެއާޕޯޓް ބަހުގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމް ހަރުކޮށް މިދިޔަ މަހުގެ ތެރޭގައި ޓެސްޓުކޮށްފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ކުރީކޮޅު ބަހުގައި އެ ޚިދުމަތް ބޭނުންކުރަން ފެށޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އޭރުން ހުޅުމާލޭގެ ފެރީގެ އިތުރުން ބަސްތަކާއި ވިލިމާލޭ ފެރީގައި ވެސް އެ ކާޑު ބޭނުންކުރެވޭނެ. މި މަސައްކަތްކުރަނީ ހުރިހާ ސާވިސްއެއްގައި ދަތުރު ކާޑު ބޭނުން ކުރެވޭނެ ގޮތް ހެދުމަށް،" ނާޒިމް ވިދާޅުވި އެވެ.
"ވިލިނގިލީ ފެރީ ޓާމިނަލްގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ގޭޓްތައް ހަރުކުރުމާއެކު ދަތުރު ކާޑުގެ ހިދުމަތް ދޭން ފެށުމަށް ވެސް ކުންފުނިން އަންނަނީ ތައްޔާރުވަމުން. އެމްޓީސީސީން ހުޅުމާލޭގައި ދެމުން އަންނަ އެއާޕޯޓް ބަހުގައި އޮޓޮމެޓިކް ފެއާ ކަލެކްޝަން ސިސްޓަމް ހަރުކުރެވި ޓެސްޓުކުރުމުގެ މަސައްކަތްތަކެއް ވަނީ ކާމިޔާބު ކަމާއި އެކީ ކުރިޔަށް ގެންގޮސްފައި،" އެ ކުންފުނިން ބުންޏެވެ.
އެމްޓީސީސީގެ ދަތުރު ކާޑު މިވަގުތު ބޭނުންކުރެވެނީ ހަމައެކަނި ހުޅުމާލޭ ފެރީ ހިދުމަތުގަ އެވެ.
ހިޔާ ފްލެޓް ސަރަހައްދަށް އިތުރު ބަސް ސްޓޮޕެއް
ހުޅުމާލޭގެ މީހުންގެ ޝަކުވާ އަޑުއަހާނަން: ރައީސް
ހުޅުމާލޭގެ ފޭސް ދެއަކަށް ހާއްސަ 15 ބަސް ގެނެސްފި
ފޭސް ދެއަކުން މާލެއަށް ސީދާ ބަސް ދަތުރުތައް ފަށަނީ
ހިޔާ ފްލެޓަށް ކޮންމެ 15 މިނިޓަކުން ބަހުގެ ހިދުމަތް
ހިޔާ ފްލެޓް ސަރަހައްދަށް މާދަމާ ބަހުގެ ހިދުމަތް ފަށަނީ
ބަސް ޑްރައިވަރާ މެދު އަޅާނެ ފިޔަވަޅެއް ބަލަނީ
ބަސް ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް
އެކްސިޑެންޓްވިކަން ބަހުގެ ފަސިންޖަރުންނަކަށް ވެސް ނޭނގޭ
ހުޅުމާލޭގައި އެކްސިޑެންޓެއް ހިނގައި ކުޑަކުއްޖަކު މަރު